ޑރ މުއިއްޒުގެ ކެބިނެޓަށް ނޯ ޖަހަން ނިންމީ ރައީސް ސާލިހުގެ މަޝްވަރާގެ މަތިންނެއް ނޫން: އަސްލަމް

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ނުގެންގޮސްފިނަމަ އިންތިހާބީ ރައީސް ޑރ މުހައްމަދު މުއިއްޒު ހުށައަޅުއްވާ ކެބިނެޓަށް “ނޯ” ޖެހުމަށް ނިންމެވީ ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސާލިހާއި މަޝްވަރާގެ މަތިން ނޫން ކަމަށް އެމްޑީޕީގެ ޕާލިމަންޓް ގުރޫޕުގެ ލީޑަރ މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މީގެ ކުރިންވެސް މަޖިލީހަށް ހުށައެޅިއެވެ. ނަމަވެސް މި މައްސަލައިގެ ސަބަބުން މުޅި މަޖިލީސްވެސް ހުއްޓުމަކަށް އައެވެ. އެ މައްސަލަ ކުރިއަށް ނުގެންދެވި އޮއްވާ، އެމްޑީޕީއިން ވަނީ ރައީސް ނަޝީދަށް އިތުބާރު އޮތްކަމަށް ނިންމާ މައްސަލަ އަނބުރާ ގެންގޮސްފައެވެ.

އެހެންކަމުން ދެވަނަ ފަހަރަށް މި މައްސަލަ މަޖިލީހަށް ހުށައެޅުމަށްފަހު، އެމްޑީޕީއިން ބުނީ މައްސަލަ ކުރިއަށް ނުގެންގޮސްފިނަމަނަމަ މަޖިލީހުގެ އެއްވެސް މަސައްކަތަކަށް އެއްބާރުލުން ނުދެއްވާނެކަމަށެވެ. މިގޮތުން ޑރ މުއިއްޒުގެ ކެބިނެޓަށް ނޯ ޖަހާނެކަމަށްވެސް ވިދާޅުވިއެވެ.

ނަމަވެސް ރައީސް ސާލިހު ވަނީ އަލަށް އުފެދޭ ސަރުކާރުގެ ހުރިހާކަމަކަށް އެމްޑީޕީ އަދި ސަރުކާރުގެ ފަރާތުން ދޭންޖެހޭ އެއްބާރުލުން ދެއްވާނެކަމަށް ވިދާޅުވެފައެވެ.

އަސްލަމް ވިދާޅުވީ ރައީސް ނަޝީދުގެެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހުގައި ކުރިއަސް ނުގެންދާނަމަ މަޖިލީހުގެ އެއްވެސް ކަމެއްގައި އެއްބާރުލުން ނުދޭން ނިންމީ ނިންމުމަކީ ރައީސް ސާލިޙާއި މަޝްވަރާކޮށްގެ ނިންމި ނިންމުމެއް ނޫން ކަމަށާއި އެއީ ސިދާ ޕީޖީ ގުރޫޕްގެ ނިންމެވުމެއް ކަމަށް އަސްލަމް ވިދާޅުވިއެވެ.

ޑރ މުއިއްޒުގެ ސަރުކާރަށް އެއްބާރުލުން ދެއްވާނެކަމަށް ރައީސް ސާލިހު ވިދާޅުވެފައިވަނިކޮށް، ރައީސް ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ނުގެންގޮސްފިނަމަ ޑރ މުއިއްޒުގެ ކެބިނެޓަށް ނޯ ޖެހުމަށް ނިންމާފައިވާ ނިންމުން ރައީސް ސާލިހުގެ ވާހަކައާއި ފުށުއަރާކަމަށް ގަބޫލު ނުކުރައްވަނީ މިއީ ގާނޫނީ ތަރަހައިގެ ތެރެއިން އެމްޑީޕީއިން ނިންމާފައިވާ ނިންމުމެއްކަމަށް ވާތީކަމަށްވެސް އަސްލަމް ވިދާޅުވިއެވެ. އަސްލަމް ވިދާޅުވީ އެއްބާރުލުން ދެވޭނީ ގާނޫނީ ތަރަހައިގެ ތެރެއިންކަމަށެވެ. ބަޖެޓު ފާސްކުރުމާއި އެހެން ކަންކަން ކުރުމުގެ މަސައްކަތް މަޖިލީހަށް ކުރިއަށް ގެންދެވޭނެކަމަށާއި، ނަމަވެސް އެމްޑީޕީގެ އެއްބާރުލުން ނުލިބޭނެކަމަށް އޭނާ ވިދާޅުވިއެވެ.

އިތުބާރު ނެތްކަމަށް މަޖިލީހުގެ މެންބަރުން ކަނޑައަޅާފައިވާ ރައީސަކު ރިޔާސަތުގައި އިންނަވާ މިފަދަ މަސައްކަތްތަކެއް ނުކުރެވޭނެކަމަށް އެމްޑީޕީއިން ގަބޫލުކުރެއެވެ. އަދި ރައީސް ނަޝީދު ހުންވާ ޑރ މުއިއްޒުގެ ވެރިކަމުގެ ހުވާ ކުރައްވައިފިނަމަ، ހުވާ ސައްހަ ނުވާނެކަމަށްވެސް އެމްޑީޕީއިން ބުނެފައިވާއިރު، މިކަމާއި ގުޅޭ ގޮތުން ރަސްމީ ކޮމެންޓެއް ޑރ މުއިއްޒުގެ ފަރާތުން ކުރައްވާފައެއް ނުވެއެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

މާބައިދޫގައި 25 ޓަނުގެ އައިސް ޕްލާންޓެއް ގާއިމުކޮށް ހިންގުން ފެނަކަ އަށް

ލ. މާބައިދޫގައި 25 ޓަނުގެ އައިސް ޕްލާންޓެއް ގާއިމުކޮށް ހިންގުމަށް ފެނަކަ ކޯޕަރޭޝަން ލިމިޓެޑާ ހަވާލުކޮށްފި އެވެ. މި ...

މީދޫއާއި ހުޅުދޫގައި އެމްއެންޑީއެފްގެ އަސްކަރީ ތަމްރީނު ތަކެއް ބާއްވަނީ

އައްޑޫ ސިޓީ މީދޫއާއި ހުޅުދޫގައި  އަސްކަރީ ތަމްރީނުތަކެއް ކުރިޔަށް ދާކަމަށް، މޯލްޑިވްސް ޑިފެންސް ފޯސް (އެމްއެންޑީއެފް) އެމްއެންޑީއެފް އިން ...

އިޔާޟް، ޙުސައިން ރަޝީދަށް: މުސްކުޅިވީ ދުވަހު ކޮސްނުގޮވާ ހިމޭނުން ހުންނަވާ

މުސްކުޅިވީ ދުވަހު ކޮސްނުގޮވާ ހިމޭނުން ހުންނެވުމަށް ވިދާޅުވެ ޑރ.މުޙައްމަދު އިޔާޟް، ޝައިޚް ޙުސައިން ރަޝީދަށް ރައްދު ދެއްވައިފިއެވެ. ޔޯގާއަކީ ...