އައްޑޫ ސިޓީން އިތުރު 27 މީހަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެ

އައްޑޫ ސިޓީން އިތުރު 27 މީހަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެވެ.  

އައްޑޫ އެމަޖެންސީ އޮޕްރޭޝަން ސެންޓަރުން ހާމަކޮށްފައިވާގޮތުގައި  އިއްޔެ އިރުއޮއްސި ހަޔަކުން މިއަދުގެ އިރު އޮއްސި ހަޔަކަށް އައްޑޫސިޓީން ކޮވިޑް 19 އަށް ޓެސްޓްކުރުމަށް ނެގުނު 162 ސާމްޕަލްގެ ތެރެއިން 27 ސާމްޕަލް ޕޮޒިޓިވްވެފައިވެއެވެ.  

 އައްޑޫސިޓީން އަލަށް ޕޮޒިޓިވްވި 27 މީހުންނާއެކު އައްޑޫސިޓީގެ  އެކްޓިވް ކޭސްގެ މިހާރުގެ އަދަދަކީ 385 އެވެ.

 އަލަށް ޕޮޒިޓިވްވި 27 މީހުންގެ ތެރެއިން 16 މީހުން ހިތަދުން ޕޮޒިޓިވްވެރފައިވާއިރު  މަރަދޫން ޕޮޒިޓިވްވެފައިވަނީ 5 މީހެކެވެ. އަދި ފޭދޫން އެކަކު ޕޮޒިޓިވްވެފައިވާއިރު  މަރަދޫފޭދުން ޕޮޒިޓިވްވެފައިވަނީ ދެމީހެކެވެ.  އަދި މީދުން ވެސް ޕޮޒިޓިވް ވެފައިވަނީ ދެމީހެކެވެ.

އިއްޔެ އައްޑޫއިން ކޮވިޑަށް ޕޮޒިޓިވްވި 27 މީހުންނާއެކު އައްޑޫއިން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަވަނީ 2410 އަރައިފައެވެ. އޭގެ ތެރެއިން 2015 މީހަކުވަނީ ބަލިން ފަސޭހަވެފައެވެ.

އައްޑޫގައި މިވަގުތު ތިބި ކޮވިޑް 19 ގެ އެކްޓިވް ކޭސްގެ ތަކަށް ބަލާއިރު  ހިތަދޫގައި ތިބީ  222 މީހެކެވެ. މަރަދޫގައި ތިބި 55 މީހަކެވެ.  މަރަދޫފޭދޫގައި 12 މީހުން ތިބިއިރު  ފޭދޫގައިތިބީ 55 މީހެކެވެ. އަދި  ހުޅުދޫގައި 5 މީހުން ތިބިއިރު  މީދޫގައި ތިބީ 31 މީހެކެވެ. .

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

މިއަދު މި ފެށެނީ ޖުމްހޫރީއްޔަތުގެ އަށްވަނަ ވެރިކަން

ރަސްކަމެއްގެ ދަށުގައި ދިވެހިރާއްޖޭގެ ވެރިކަމުގެ ނިޒާމް ހޭދަކުރަމުންދިޔަ ދުވަސްތައް ޖުމްހޫރީ ނިޒާމަކަށް ތައާރަފް ދިޔައީ 1953 ވަނަ އަހަރުގެ ...

މާފުށީ ޖަލުގެ ޑިއުޓީގައި ހުރި އޮފިސަރަކު ނިޔާވެއްޖެ

މާފުށީ ޖަލުގެ ޑިއުޓީގައި ހުރި އޮފިސަރަކު ކުއްލިގޮތަކަށް ނިޔާވެއްޖެ އެވެ. ޑިއުޓީގައި ހުއްޓާ ނިޔާވީ މާފުށްޓަށް އުފަން އެރަށު ...

ޒުވާނުންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ހަނިމާދޫގައި ގިނަ ހަރަކާތްތަކެއް

ބައިނަލްއަޤުވާމީ ޒުވާނުންގެ ދުވަހާއި ގުޅުވައިގެން ހދ. ހަނިމާދޫގައި ގިނަ ހަރަކާތްތަކެއް ހިންގައިފިއެވެ. 1999 ވަނަ އަހަރުން ފެށިގެން ކޮންމެ ...