ބަރުލަމާނީ ގަރާރު އަވަސް ކުރަން އެމްޑީޕީން އެއްބަސް: ނަޝީދު

ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލު ކުރުމަށް ފެންނަ ނުފެންނަ ވޯޓެއް ނަގަން ދަ ޑިމޮކްރެޓްްސްގެ ފަރާތުން ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބު ހުށަހެޅުއްވި ގަރާރު އަވަސް ކުރަން އެމްޑީޕީ އިން އެއްބަސްވެފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ވާދަ ކުރެއްވި އިލްޔާސްގެ ފަރާތުން މި ގަރާރު މަޖިލީހަށް ހުށަހެޅުއްވީ މި މަހުގެ 12 ވަނަ ދުވަހު އެވެ. އެ ގަގާރުގައި ހުށަހަޅުއްވާފައި ވަނީ ފެންނަ ނުފެންނަ ވޯޓު އަންނަ ނޮވެންބަރު މަހުގެ 30 ވަަނަ ދުވަހުގެ ކުރިން ނެގުމަށެވެ.

މަޖިލީހުގެ އެޖެންޑާއާމެދު އެމްޑީޕީ މެމްބަރުން ހިތްހަމަ ނުޖެހި މިއަދު ތަޅުމަށް ވަޑައިނުގަތުމުން މިއަދުގެ އެޖެންޑާ ވިދާޅުވެދެއްވަމުން ނަޝީދު ވިދާޅުވީ އެ ގަރާރު އަވަސް ކޮށްދެއްވުމަށް ޑިމޮކްރެޓްސް ޕާލަމެންޓްރީ ގުރޫޕްގެ ލީޑަރު، މެދުހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް އެދިވަޑައިގެންފައިވާ ކަމަށެވެ. ގަރާރު އަވަސް ކުރަން ހުށަހެޅުމުން މައިނޯރިޓީ ލީޑަރާއި މެޖޯރިޓީ ލީޑަރު މަޝްވަރާ ކުރުމަށް ފަހު އެކަމަށް އެއްބަސްވެފައިވާ ކަމަށެވެ.

“މެޖޯރިޓީ ލީޑަރު [އަސްލަމް] ވަނީ މި މަސައްކަތް އަވަހަށް ކުރުމަށް އެއްބަސްވެވަޑައިގެންފައި ކަމަށް ޑިމޮކްރެޓުންގެ ޕާލިމެންޓަރީ ގުރޫޕުގެ ލީޑަރު ވަނީ ވިދާޅުވެފައި. އެހެންވީމާ އަޅުގަނޑުމެންނަށް އެ މަސައްކަތް ވީހާ ވެސް އަވަހަކަށް ކުރިއަށް ގެންދެވޭނެ،” 

ނަޝީދު ވިދާޅުވި އެވެ.

އެހެންކަމުން މާދަމާ ބާއްވާ މަޖިލީސް ޖަލްސާގައި އެ ގަރާރަށް ބަހުސް ކުރުން އޮންނާނެ ކަމަށް ނަޝީދު ވިދާޅުވެފައިވެ އެވެ.

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ތިން ވަނައަށް އެންމެ ގިނަ ވޯޓް ހޯދި ޑިމޮކްރެޓްސް އިން މިހާރު ވަނީ މި މަހުގެ 25 ވަނަ ދުވަހު ނިޒާމީ ވޯޓެއް ނެގުމަށް ދެވަނަ ބުރަށް ދިޔަ އެމްޑީޕީ އަދި ޕީޕީއެމް-ޕީއެންސީއަށް ހުށަހަޅާފަ އެވެ. އެކަމުގެ މަޝްވަރާއަށް ނަޝީދު ވަނީ އިދިކޮޅު ލީޑަރު، ކުރީގެ ރައީސް އަބްދުﷲ ޔާމީނާ ބައްދަލުކުރެއްވުމުގެ ހުއްދައަށް ވެސް އެދިވަޑައިގެންފަ އެވެ.


advertisement
  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ޝެއިޚް ސަމީރުގެ ޚާއްސަ ދަރުސް މިރޭ ހުޅުމީދޫގައި

ރާއްޖޭގެ މަޝްހޫރު ދީނީ އިލްމުވެރިޔާ އައްޝެއިޚް  އަޙްމަދު ސަމީރު ބިން އިބްރާހިމްގެ ޚާއްސަ ދަރުހެއް މިރޭ ހުޅުމީދޫ ގައި ...

ރައީސް ސޯލިހުގެ ސްޕޯކްސްޕަރސަންއަކަށް ހޫދު ހަމަޖައްސަވައިފި

ރައީސުލްޖުމްހޫރިއްޔާގެ ސްޕޯކްސްޕަރސަންގެ ދައުރު އަދާކުރައްވާނީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް ކޮމިއުނިކޭޝަން ސްޓްރެޓެޖިސްޓް އިބްރާހީމް ހޫދު ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް ...

ދަތުރުކުރާއިރު ރެޕިޑް ޓެސްޓު ބޭނުމެއް ނުކުރެވޭނެ: އެޗްޕީއޭ

އަތޮޅުތެރޭގެ ރަށް ރަށަށް ދަތުރުކުރާއިރު ރެޕިޑް އެންޓިޖެން ޓެސްޓްގެ ނަތީޖާ ބޭނުން ނުކުރެވޭނެ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ ...