ރައީސް ސޯލިހުގެ ސްޕޯކްސްޕަރސަންއަކަށް ހޫދު ހަމަޖައްސަވައިފި

ރައީސުލްޖުމްހޫރިއްޔާގެ ސްޕޯކްސްޕަރސަންގެ ދައުރު އަދާކުރައްވާނީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް ކޮމިއުނިކޭޝަން ސްޓްރެޓެޖިސްޓް އިބްރާހީމް ހޫދު ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ހަމަޖައްސަވައިފިއެވެ.

އިބްރާހީމް ހޫދަކީ އިންޓަރނޭޝަނަލް ރިލޭޝަންސްގެ ދާއިރާއިން މާސްޓަރސް ޑިގްރީ ހާސިލުކުރައްވައި، އަދި ޕޮލިޓިކަލް ސައިންސް އެންޑް އިންގްލިޝް ލިޓްރޭޗަރއިން ބެޗްލަރސް ޑިގްރީ ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ.

ސ. ހިތަދޫ  އާސިނުގޭ ހޫދަކީ  ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީގެ މަގާމު ފުރުއްވާފައި ބޭފުޅެކެވެ. އޭރު ހޫދު ހުންނެވީ ނައިބު ރައީސް މުހައްމަދު ވަހީދުގެ ސެކްރެޓޭރިއޭޓުގެ އެންމެ އިސްބޭފުޅެއްގެ ގޮތުގަ އެވެ. އެކަމަކު ނަޝީދުގެ ވެރިކަން ބަދަލުވުމަށް ފަހު، ސަރުކާރުން ވަކިވެވަޑައިގެން އޭނާ ވަނީ ދިރާގާއި ބޭންކް އޮފް މޯލްޑިވްސްގައި މަސައްކަތް ކުރައްވައިފަ އެވެ. އެންމެ ފަހުން ހުންނެވީ ބޭންކް އޮފް މޯލްޑިވްސްގެ ހެޑް އޮފް ކޯޕަރޭޓް ކޮމިއުނިކޭޝަންސްގެ މަގާމުގަ އެވެ. އަދި ހޫދު ވަނީ ފޮރިން މިނިސްޓްރީގައި ވެސް ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރައްވައިފަ އެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

އައްޑޫ ސިޓީން އިތުރު 12 މީހުން ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ

އައްޑޫ ސިޓީން އިތުރު 12 މީހުން ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ އައްޑޫ ހޮސްޕިޓަލުން ހާމަކޮށްފައިވާގޮތުން އިއްޔެ އައްޑޫސިޓީން ...

ބަދަހިކަޕް : ޕޮލިސްޓީމު ކުޅުނދެވަނަމެޗްވެސް ތަފާތު ބޮޑު ނަޖީއަކުން ކާމިޔާބުކޮށްފި

” ބަދަހިކަޕް ”  ނެޓްބޯޅަ މުބާރާތުގައި ޕޮލިސްޓީމް ކުޅުނު ދެވަނަމެމެޗްވެސް  ތަފާތު ބޮޑު ނަތީޖާއަކުން ކާމިޔާބުކޮށްފިއެވެ. ރޭ ކުޅެވުނު ...

ކޮރޯނާ ވައިރަސް އަދި ހިމަބިއްސާ ގުޅިގެން ރާއްޖޭގެ ހުރިހާ ރަށެއްގެ މިސްކިތްތަކުގައި ޤުނޫތު ކިޔަން އަންގައިފި

މުޅި ދުނިޔޭގައި މިހާރު ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާ ވައިރަސް އާއި ރާއްޖޭއިން ފެންނަމުންދާ ހިމަބިހި ފަދަ ނުރައްކާތެރި ބަލިތައް ...