ޝެއިޚް ސަމީރުގެ ޚާއްސަ ދަރުސް މިރޭ ހުޅުމީދޫގައި

ރާއްޖޭގެ މަޝްހޫރު ދީނީ އިލްމުވެރިޔާ އައްޝެއިޚް  އަޙްމަދު ސަމީރު ބިން އިބްރާހިމްގެ ޚާއްސަ ދަރުހެއް މިރޭ ހުޅުމީދޫ ގައި  ބާއްވާ ގޮތަށް ހަމަޖެހިއްޖެ އެވެ.

މިރޭ 20:30 ގައި ހުޅުމީދޫ ޕޮލިސް ދަނޑުގައި ފެށުމަށް ހަމަޖެހިފައިވާ މި ދަރުސްގެ މައުޟޫއަކީ ” ހަޔާތުގެ މަގްސަދު ” އެވެ.

މިދަރުސް އަޑު އެއްސެވުމަށް ހުޅުދޫއާއި މީދޫގެ ވީހާގިނަ ފަރާތްތަކަކުން ވަޑައިގެން ދެއްވުމަކީ މިދަރުސް އިންތިޒާމްކުރާ ފަރާތުގެ ވަރަށް ބޮޑު އެދުމެކެވެ.

މިރޭ ޕޮލިސް ދަނޑުގައި ޝެއިޚް ސަމީރުގެ ޚާއްސަ ދަރުސްއެއް ބޭއްވުމަށް ހަމަޖެހިފައިވާއިރު ސްކޫލްތަކުގެ ބެލެނިވެރީންނަށް ޚާއްސަކޮށްގެން ރޭވެސް ޚާއްސަ ދަރުސެއް މީދޫގައި ހުންނަ ހުޅުމީދޫ އެސްޓީއޯގައި ވަނީ ބާއްވާފައި ވެއެވެ.

މައުލޫމާތު ލިބިފައިވާގޮތުގައި މިއަދު މީދޫ މަސްޖިދުލް އިބްރާހިމް މަޖުދުއްދީންގައި އިމާމުވެ ހުކުރު ކުރެއްވުމަށް ހަމަޖެހިފައިވަނީވެސް އައްޝެއިޚް  އަޙްމަދު ސަމީރު ބިން އިބްރާހިމްއެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ކޯވިޑް-19 : އެންމެފަހުން ނިޔާވި 10 މީހުންގެ ތެރެއިން 7 މީހުން ވެކްސިން ނުޖަހާ – ޑރ. ޝަހީދު

ކޮވިޑް-19 ޖެހިގެން މިދިޔަ 3 ދުވަހުގެތެރޭގައި ނިޔާވި 10 މީހުންގެ ތެރެއިން 7 މީހުން ވެކްސިންގެ އެއްވެސް ޑޯޒްއެއް ...

ސުވާލު އުފެދުނު 12 ގޮނޑި އާއި މެދު ސުޕްރީމް ކޯޓުން ޙުކުމްއިއްވައިފި

ސުވާލު އުފެދި ގޮތެއް ނުނިންމި އޮތް ރައްޔިތުން މަޖްލީހުގެ 12 ގޮނޑި އާއި މެދު ގޮތެއް ކަނޑައަޅާ އިއްޔެ ...

ސަރުކާރުގެ އިދާރާތަކަށް މެސެޖަކުން ކަންކަން ހުށަހަޅަން ހުޅުވާލައިފި

ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޯލޮޖީން ގާއިމުކޮށްފައިވާ، އޮންލައިން ޕްލެޓްފޯމް gov.mv މެސެޖުގެ ޚިދުމަތް ބޭނުންކޮށްގެން ސަރުކާރުގެ އިދާރާތަކަށް ...