ވަކި ފިކުރެއް ދިފާޢު ނުކުރުމަށް މާމިނގިލީ ކައުންސިލަށް އެރަށުގެ ޖަމިއްޔާއަކުން ގޮވާލައިފި

އދ. މާމިނގިލީ ކައުންސިލުން ވަކި ފިކުރެއް ދިފާޢު ކުރަން މަސައްކަތް ނުކުރުމަށް އެރަށުގައި ހަރަކާތްތެރިވާ އަމިއްލަ ޖަމިއްޔާއަކުން ގޮވާލައިފިއެވެ.

ފެލްކަން ޔޫތް އެންޑް ރެކްރިއޭޝަން ކުލަބުން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ މާމިނގިލީ ކައުންސިލުން މަސައްކަތް ކުރަނީ ވަކި ފިކުރެއް ދިފާއުކުރުމަށްކަމަށާއި، ކައުންސިލަރުން މަސައްކަތް ކުރަނީ އަމިއްލަ ފައިދާ އިސްކޮށް ރައްޔިތުންގެ ރޫހާ ޚިލާފަށް ކަމަށެވެ. އެގޮތުން އެޖަމްއިއްޔާއިން ވަނީ ވިލާ ގްރޫޕުން ހިންގާ ރިސޯޓްތަކުގައި ކަސްޓަމްސް ސާވިސްއިން ހިންގާ އޮޕަރޭޝަނާއި ގުޅިގެން އެކަން ކުށްވެރިކޮށް މާމިނގިލީ ކައުންސިލުން ނެރުނު ބަޔާން ކުށްވެރިކޮށްފައެވެ.

ފެލްކަން ޖަމިއްޔާއިން ނެރުނު ބަޔާނުގައި ވަނީ އެމްޕީއެލްއިން މާމިގިލީގައި ތަރައްގީކުރާ ޓްރާންސްޝިޕްމެންޓް ބަނދަރުގެ މަސައްކަތްކުރާ ސަރަހައްދުގެ އިންފާރު ވައްޓައިލި މައްސަލައާއި ގުޅިގެން ކައުންސިލުން ހަނު އޮތުމުން އެކަމާ ކަންބޮޑުވުން ފާޅުކޮށް، އަދި މާމިނގިލީ އިރުމަތީ ފަރާތު ބަނދަރުގައި ތަރައްގީކުރަން މަސައްކަތް ކުރި ޕާކު ކައުންސިލުގެ ގަރާރަކުން ބާތިލް ކުރި މައްސަލަ ކުށްވެރިކޮށްފައެވެ.

މީގެ އިތުރުން މާމިގިލީ ޒުވާނުންނަށް މިވަގުތަށް އެންމެ ބޭނުންވަނީ ރަށުން ގޯތި ލިބުން ކަމަށާއި ޒުވާނުންނަށް ގޯތި ދޫކުރުމުގައި ކައުންސިލުން ހަރުދަނާގޮތެއްގައި މަސައްކަތް ނުކުރާ ކަމަށް ފާހަގަކޮށް ބަޔާނުގައި ބުނީ ސަރުކާރުން މާމިގިއްޔަށް ގެންނަ ތަރައްގީއަށް އެއްބާރުލުން ދިނުމަށް ކައުންސިލަށް ވަނީ ގޮވާލާފައެވެ. މާމިގިއްޔަށް ދިމާވެފައިވާ އިތުރު މައްސަލަތަކުގައި ކައުންސިލުން ބަހެއް ނުބުނެ އޮންނާތީ އެޖަމްއިއްޔާއިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

ރަށުގެ ރައްޔިތުންގެ ތަރައްގީއަށް ރަށުގައި ހިންގަމުންދާ މަޝްރޫޢުތަކަށް ހުރަސް އެޅޭ ގޮތައް ބަޔަކު އަމަލު ކުރަމުންދާއިރު ކައުންސިލުން ހަނު އޮތުމަށް ފަހު، ވިލާ ގްރޫޕުގެ މައްސަލައިގެ ދިފާޢުގައި ކައުންސިލުން ވާހަކަ ދެއްކުމަކީ ވަކި ފިކުރެއްގައި ތިބެގެން އަމިއްލަ މަސްލަހަތު އިސްކުރުން ކަމަށް ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

އައްޑޫސިޓީގެ ހިތަދޫން އިތުރު 7 މީހަކު މިއަދުވެސް ކޮވިޑަށް ޕޮޒިޓިވްވެއްޖެ

ކޮވިޑާއި ގުޅިގެން މިވަގުތު ކާފިއު ހިންގުމަށްފަހު  މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވާ  އައްޑޫ ސިޓީގެ ހިތަދޫން މިއަދުވެސް އިތުރު 7 ...

ބޯކޮށް ވާރޭ ވެހި ސ. އަތޮޅުމަދަރުސާގައި  ފެންބޮޑުވެއްޖެ

   ބޯކޮށް ވާރޭ ވެހި ސ. އަތޮޅުމަދަރުސާގައި  ފެންބޮޑުވެއްޖެއެވެ. ރޭ އިން ފެށިގެން މިއަދު ހެނދުނާއި ހަމައަށް  މެދު ...

ހިތަދޫ އެފްސީ ޖޫނިއާސް އަތުން މީދޫޓީމަށް ފަސޭހަ މޮޅެއް

މިހާރު މީދޫގައި ކުރިއަށްދާ 20 އަހަރުން ދަށުގެ ” އައްޑޫ ޔޫތު ޗެލެންޖް ކަޕް 2020 ” ފުޓްބޯޅަ ...