ބޯކޮށް ވާރޭ ވެހި ސ. އަތޮޅުމަދަރުސާގައި  ފެންބޮޑުވެއްޖެ

   ބޯކޮށް ވާރޭ ވެހި ސ. އަތޮޅުމަދަރުސާގައި  ފެންބޮޑުވެއްޖެއެވެ.

ރޭ އިން ފެށިގެން މިއަދު ހެނދުނާއި ހަމައަށް  މެދު ނުކެޑި މީދޫއާއި ހުޅުދުއަށް  ބޯކޮށް ވާރޭ ވެހި އަތޮޅުމަދަރުސާގައި ފެންބޮޑުވުމާއި ގުޅިގެން ފެން ހިންދުމުގެ މަސައްކަތް ހެދުން ފެށިގެން މިހާރުވެސް ދަނީ ކުރަމުންނެވެ.

އަތޮޅުމަދަރުސާގައި ފެންބޮޑުވުމާއި ގުޅިގެން ކްލާސްރޫމްތަކަށް ފެންވަދެ ބައެއް ޓީޗަރުންގެ ކަބަޑުތަކަށާއި ދަރިވަރުންގެ ކަބަޑުތަކަށް  ގެއްލުން ލިބިފައިވާކަމަށްވެސް މައުލޫމާތު ލިބިފައިވެއެވެ.

މީދޫއާއި ހުޅުދުއަށް  ބޯކޮށް ވާރޭ ވެހި އަތޮޅުމަދަރުސާގައި ފެން ބޮޑުވުމާއި ގުޅިގެން އަތޮޅުމަދަރުސާއިން ފެންހިންދުމުގެ މަސައްކަތް ހެނދުނު ފެށިގެން ކުރަމުންދާއިރު ފެންހިންދުމުގެ މަސައްކަތުގައި ހުޅުމީދޫ ފަޔަރސްޓޭޝަނާއި މީދޫ އަވަށު އޮފީހުގެ އެހީތެރިކަން ލިބުނުކަމަށް އަތޮޅުމަދަރުސާއިން މައުލޫމާތު ލިބިފައިވެއެވެ. މީގެ އިތުރަށް ފެން ހިންދުމުގެ މަސައްކަތުގައި  އެސްކޫލްގެ ކެޑޭޓް ކުދިން ހަރަކާތްތެރިވިކަމަށްވެސް މައުލޫމާތު ލިބިފައިވެއެވެ.  

މީދޫއާއި ހުޅުދޫގައި ފެން ބޮޑުވި އިރު، މޫސުމާ ބެހޭ ގައުމީ އިދާރާއިން ވަނީ ރޭ އައްޑޫ ސިޓީ ހިމެނޭހެން ބޮޑު ސަރަހައްދަކަށް ރީދޫ ސަމާލުކަމާ ހުދު ސަމާލު ނެރެފައެވެ.

 ރީދޫ ސަމާލު ނެރެފައި ވަނީ  ރޭ 3:15 އިން ފެށިގެން ހެނދުނު 7:00 އާ ހަމައަށެވެ. އަދި ހުދު ސަމާލު ނެރެފައިވަނީ 7:00 އިން 13:00 އަށެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

އައްޑޫސިޓީން އިތުރު 3 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

އައްޑޫސިޓީން އިތުރު 3 މީހަކު މިއަދު ކޮވިޑަށް ޕޮޒިޓިވް ވެއްޖެވެ. އައްޑޫ ސިޓީން އަލަށް ނެގުނު 331 ސާމްޕަލްތަލުގެ ...

ނިއުލައިން ބޯޓްގެ ފަޅުވެރީންގެ ސާމްޕަލްތައް ނެގެޓިވް

ހުޅުދޫ ނިއުލައިން ބޯޓްގެ 11 ފަޅުވެރިއެއްގެ ގައިން  ކޮވިޑް-19 އަށް ޓެސްޓް ހެދުމަށް ނެގި ސާމްޕަލްތައް ނެގެޓިވް ވެއްޖެވެ. ...

60 އަހަރުން މަތީގެ މީހުންނަށާއި ދިފާއީ ނިޒާމު ބަލިކަށި މީހުންނަށް ކޮވިޑުގެ ތިންވަނަ ޑޯޒެއް ދެނީ

އުމުރުން 60 އަހަރުން މަތީގެ މީހުންނަށާއި ދިފާއީ ނިޒާމު ބަލިކަށި މީހުންނަށް ކޮވިޑް-19 އިން ދިފާއުވުމަށް ޖަހާ ވެކްސިންގެ ...