ވިލާ ގްރޫޕުން ދައްކަންޖެހޭ ފައިސާގެ އަދަދަކީ މިއަހަރަށް ލިބޭނޭކަމަށް ލަފާކުރި އާމްދަނީގެ 13.3 އިންސައްތަ- އާޒިމާ

ވިލާ ގްރޫޕުން މިހާތަނަށް ދައުލަތައް ދައްކަންޖެހޭ ފައިސާގެ ޖުމްލަ އަދަދު، މިއަހަރު ދައުލަތަށް ލިބޭނޭކަމަށް އަންދާޒާކޮށްފައިވާ އާމްދަނީގެ %13.3 އަށް އަރާކަމަށް ސަރުކާރުން ހާމަކޮށްފިއެވެ

ޕީއެސްއެމް ނިއުސްގެ “އުއްމީދާ ކުރިއެރުން” ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ ލީގަލް އެފެއާޒް މިނިސްޓަރު އަލްއުސްތާޛާ އާއިޝަތު އާޒިމާ ޝަކޫރު ވިދާޅުވީ، ވިލާ ގްރޫޕަށް ކުއްޔަށްދޫކޮށްފައިވާ ތަންތަނުން ދައުލަތައް ދައްކަންޖެހޭ ޖުމްލަ ފައިސާގެ އަދަދު 2.9 ބިލިއަން ރުފިޔާއަށް އަރާކަމަށް ސަރުކާރުގެ ކަމާއިބެހޭ އިދާރާތަކުގެ ތަފާސްހިސާބުތަކުން ފެންނަން އެބައޮތްކަމަށެވެ

އާޒިމާ ވިދާޅުވީ މިއީ 2007 ވަނަ އަހަރުން ފެށިގެން ދައުލަތުން ވިލާ ގްރޫޕްގެ ކުންފުނިތަކަށް ދޫކޮށްފައިވާ ރަށްރަށާއި އެނޫންވެސް ތަންތަނުން ދައުލަތަށް ދައްކަންޖެހޭ ފައިސާކަމަށެވެ

ވަކި މީހަކު ދައުލަތަށް ދައްކަންޖެހޭ ފައިސާ ނުދައްކައި އޮތުމަކީ، ދައުލަތުން އެކަމާމެދު ފިޔަވަޅު ނާޅައި އޮންނަންވީ ސަބަބެއް ނޫންކަން ފާހަގަކުރައްވަމުން، މީގެ ކުރިން ދައުލަތުގެ ބަންޑާރަ ނައިބުކަންވެސް ކުރައްވާފައިވާ އާޒިމާ ވަނީ، އެފަދަ މީހަކާމެދު ފިޔަވަޅު ނާޅައި އިތުރުވާހަކައެއް ދައްކަން އޮންނާނެތޯ ސުވާލު ކުރައްވާފައެވެ

ވިލާގެ ކުންފުނިތަކުން ހިންގަމުންދާ ބައެއް ރިސޯޓްތަކާމެދު ޤާނޫނާ ޚިލާފަށް ސަރުކާރުން ފިޔަވަޅު އަޅަމުންދާކަމަށް ބައެއް ފަރާތްތަކުން ދަނީ ތުހުމަތުކުރަމުންނެވެ

މިކަމާއި ގުޅޭގޮތުން މޯލްޑިވްސް ކަސްޓަމްސް ސަރވިސްއާއި، ޓޫރިޒަމް މިނިސްޓްރީއާއި، ދައުލަތުގެ ޓެކްސް އިދާރާއިން ބުނެފައިވަނީ، ވިލާ ގްރޫޕްގެ ބައެއް ކުންފުނިތަކާ ދެކޮޅަށް ފިޔަވަޅު އަޅާފައިވާނީ ޤާނޫނާ ޚިލާފުވާ ފަރާތްތަކާމެދު އަމަލުކުރަން ހަމަޖެހިފައިވާ އުސޫލުގެ ދަށުންކަމަށެވެ.

އެގޮތުން ވިލާ ޝިޕިންގ އެންޑް ޓްރޭޑާއި އެކުންފުންޏާއި ގުޅުންހުރި ކުންފުނިތަކުން ހިންގާ ބައެއް ރިސޯޓްތަކުން ޤާނޫނާއި ޤަވާއިދުތަކާ ޚިލާފްވެފައިވާކަމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ބުނެއެވެ. އަދި 2017 ވަނަ އަހަރުގެ މާރޗް މަހުން ފެށިގެން ވިލާ ޝިޕިންގ ގެ 4 ރިސޯޓަކުން ގްރީން ޓެކްސް އާއި ޓީޖީއެސްޓީ ނުދައްކާކަމަށް ދައުލަތުގެ ޓެކްސް އިދާރާ، މީރާއިން ބުނެއެވެ

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

މާލެ ސިޓީ 24 ގަޑިއިރަށް “ލޮކްޑައުން” ހާލަތަކަށް ގެނެސްފި

މާލޭގައި ދިރިއުޅޭ ދިވެއްސަކު ކޯވިޑް-19އަށް ޕޮޒިޓިވް ވުމާއި ގުޅިގެން، މާލެ ސިޓީ 24 ގަޑިއިރަށް “ލޮކްޑައުން” ކޮށްފިއެވެ. އެޗްޕީއޭއިން ...

ރައީސް ސޯލިހާއި ރައީސް ނަޝީދުގެ ބައްދަލުވުން –ރައީސް އެދިވަޑައިގެންނެވީ ނަޝީދުގެ ތާއީދަށް

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ދަ ޑިމޮކްރެޓްސްގެ މެމްބަރު ރައީސް މުޙައްމަދު ނަޝީދާއެކު މިއަދު ބޭއްވި ބައްދަލުކުރެއްވުމުގައި، ރިޔާސީ ...

އައްޑޫގައި ޔޮޓް މެރީނާއަކާއި ކްރޫޒް ޓާމިނަލެއް

އައްޑޫގައި ޔޮޓް މެރީނާ އަކާއި ކުރޫޒް ޓާމިނަލެއް އެޅުމަށް ނިންމާފައި ވާކަމަށް އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު ...