ރައީސްގެ ބޮޑުބޭބެ މޫސާ ޞާލިހު ބަރުލަމާނީ ޕެޓިޝަންގައި ސޮއިކުރައްވައިފި

ރައީސް ސޯލިހްގެ ބޭބޭފުޅު އަދި ރީޖަނަލް އެއާޕޯޓްސްގެ މެނޭޖިން ޑިރެކްޓަރ މޫސާ ސޯލިހް ބަރުލަމާނީ ޕެޓިޝަންގައި ސޮއިކުރައްވައިފިއެވެ.

ބަރުލަމާނީ ނިޒާމް ގެންނަން، ގާނޫނު އަސާސީ އިސްލާހު ކުރުމުގެ ކަންކަން އަވަސްކުރުމަށް ގޮވާލައި ރައީސުލްޖުމްހޫރިއްޔާއަށް ހުށައަޅާ ޕެޓިޝަނެއްގައި ސޮއިކުރުމުގެ މަސައްކަތް ދަނީ ވަރަށް ބާރަށް ކުރަމުންނެވެ. މިހާރުވެސް ގިނަ ބަޔަކު ޕެޓިޝަންގައި ސޮއި ކުރައްވާފައިވާއިރު، ޕެޓިޝަންގައި ގިނައިން ސޮއިކޮށްފައިވަނީ ރައީސް ނަޝީދަށް ތާއީދު ކުރައްވާ ބޭފުޅުންނެވެ.

ޕެޓިޝަންގައި ރައީސް ޞާލިހަށް ތާއީދު ކުރައްވާ މަޖިލިސް މެމްބަރުންނާއި، އާންމު މެމްބަރުން ސޮއި ކުރަނީ ވަރަށް މަދުންނެވެ. ޕެޓިޝަނާއި ގުޅިގެން ރައީސް ޞާލިހަށް ތާއީދު ކުރައްވާ މަޖިލިސް މެމްބަރުންނާއި، ރައީސް ނަޝީދަށް ތާއީދު ކުރައްވާ މަޖިލިސް މެމްބަރުންގެ މެދުގައި ބަހުގެ ހަމަލާތައްވެސް ދަނީ ބަދަލު ކުރެވެމުންނެވެ.

ބަރުލަމާނި ޕެޓިޝަނަކީ ސަރުކާރާއި ދެކޮޅު ޕެޓިޝަނެއްކަމަށް ބައެއް ފަރާތްތަކުން ބުނަމުން ދިޔަ ނަމަވެސް ޕެޓިޝަންގައި ރައީސް ޞާލިހުގެ ބޮޑުބޭބޭފުޅުް މޫސާ ޞާލިހުވެސް ވަނީ ސޮއި ކުރައްވާފައެވެ.

ޕެޓިޝަން ތައްޔާރު ކުރަމުން ދިޔަ ނަމަވެސް މިހާރު ވެރިކަން ކުރަމުންދާ ކޯލިޝަނުން އަމަލު ކުރަމުންދަނީ، ކޯލިޝަން މެނިފެސްޓޯއަށް ކަމަށާއި، އެކޯލިޝަންގައި އެއްވެސް ހިސާބެއްގައި ބަރުލަމާނީ ނިޒާމު ގެނައުމަށް ބުނެފައި ނުވާކަމަށް ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ ތަރުޖަމާން މުހައްމަދު މަބްރޫކް އަޒީޒް ވަނީ ވިދާޅުވެފައެވެ. ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކް ވިދާޅުވީ، ބަރުލަމާނީ ނިޒާމުގެ ވާހައަކީ ކޯލިޝަން މެނިފެސްޓޯގައި އޮތް ވާހަކައެއް ނޫންކަމަށެވެ. އަދި ނިޒާމު ބަދަލު ކުރެވޭނީ ރައްޔިތުންގެ ރެފަރެންޑަމަކަށް ގޮސްގެންކަމަށް ރައީސް ޞާލިހު ތަކުރާރުކޮށް ވިދާޅުވެފައިވާކަމަށް މަބްރޫކް ވިދާޅުވިއެވެ.

އޭނާ ވިދާޅުވެފައިވަނީ ބަރުލަމާނީ ޕެޓިޝަނަކީ ވަކި ބަޔަކަށް ފެނިގެން ކުރިއަށްދާ ކަމެއްކަމަށެވެ. ނަމަވެސް ބަރުލަމާނީ ނިޒާމު ގެންނަ ނަމަ އެކަން ކުރެވޭނެ ގޮތަކީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގިގެންކަމަށް މަބްރޫކް ވިދާޅުވިއެވެ.

ރައީސް ސޯލިހު ވިދާޅުވެފައިވަނީ، ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމުގެ ފުރުސަތު އޮންނާނީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކުން އެކަން ކުރުމަށް ނިންމައިފި ހާލަތެއްގައި ކަމުގައެވެ. އަދި އޭގެ ކުރިން ވިދާޅުވެފައިވަނީ، ވެރިމުގެ ނިޒާމު ބަދަލުކުރުމާ މެދު ވިސްނެވުމަށް ވުރެ، ވައްދުތައް ފުއްދެވޭތޯ މަސައްކަތް ކުރެއްވުން މިވަގުތަށް އެމަނިކްފާނަށް މާމުހިންމު ކަމުގައެވެ.

މަސްދަރު: ޚަބަރު އޮންލައިން

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ރައީސްގެ ކޮއްކޮ އަހްމަދު މުޙައްމަދު ޞާލިޙް އަވަހާރަވެއްޖެ

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ކޮއްކޯފުޅު އަހްމަދު މުޙައްމަދު ޞާލިޙް އަވަހާރަވެއްޖެއެވެ. އުމުރުފުޅުން 55 އަހަރުގައި އަޙްމަދު މުޙައްމަދު ...

އައްޑޫއަށް ކޮވިޑުގެ ބިރު ބޮޑު، ކޮންޓެކްޓު ޓްރޭސިންއަށް އެއްބާރުލުމެެއް ނުލިބޭ!

ހިތަދޫގައި ހޯމް ކަރަންޓީނުހުރި މީހަކު އުސޫލާއި ހިލާފަށް ބޭރަށް ނިކުމެ އުޅެފައިވަނިކޮށް އެމީހާ  ކޮވިޑު-19 އަށް ޕޮޒިޓިވްވެއްޖެކަމަށާ އެހެންނަމަވެސް ...

މިއަދު މީދުން ކޮވިޑް 19 އަށް 6 މީހަކު ޕޮޒިޓިވްވެއްޖެ

މީދުން ކޮވިޑް 19 އަށް 6 މީހަކު ޕޮޒިޓިވްވެއްޖެވެ.   މައުލޫމާތު ލިބިފައިވާގޮތުގައި މިއަދު މީދުން 6 މީހަކު ...