އަތޮޅުތެރޭގެ ގާއިމުކުރާ އިސްރަށްވެހިންގެ ފުރަތަމަ މަރުކަޒު އައްޑޫގައި އިމާރާތްކުރުމަށް ނިންމައިފިއެވެ
އަތޮޅުތެރޭގައި ގާއިމްކުރުމަށް ހަމަޖެހިފައިވާ އިސްރަށްވެހިންގެ ފުރަތަމަ މަރުކަޒު ގާއިމްކުރުމަށް ހަމަޖެހިފައިވަނީ އައްޑޫސިޓީ ފޭދޫގައެވެ.
ޖެންޑަރ ފެމެލީ އެންޑް ސޯޝަލް ސަރވިސަސްއިން އިމާރާތް ކުރުމަށް ހަމަޖެހިފައިވާ އިސްރަށްވެހިންގެ މިމަރުކަޒު ގާއިމްކުރުމަށް ހަމަޖެހިފައިވަނީ އައްޑޫސިޓީ ފޭދޫގައެވެ. އަދި މިމަރުކަޒު އިމާރާތް ކުރުމަށް ބޭނުންވާ ބިން މިހާރު ހަމަޖެހިފައިވާކަމަށާއި އެ މަސައްކަތް ކޮށްދޭނެ ބަޔަކު ހޯދުމުގެ މަސައްކަތްވެސް މިހާރު ކުރަމުންދާކަމަށްވެސް ޖެންޑަރ ފެމެލީ އެންޑް ސޯޝަލް ސަރވިސަސްއިން ވަނީ ހާމަކޮށްފައެވެ.
އިސްރަށްވެހިންގެ މަރުކަޒުތައް ތަރައްގީ ކުރުމުގެ މަސައްކަތުގެ ތެރެއިން ރާއްޖޭގައި ފުރަތަމަ ގާއިމްކުރެވުނު މަރުކަޒު ގާއިމްކުރެވިފައިވަނީ މާލޭގައެވެ.
އިސްރަށްވެހިންނަށް ހިދުމަތް ދިނުމަށް ހާއްސަކޮށްގެން މަރުކަޒުތަކެއް ގާއިމްކުރުމަކީ ސަރުކާރުގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭންގައި ހިމެނޭ މަސައްކަތަކެވެ.
ކޮމެންޓްސް (0)