ރިޔާސީ އިންތިޚާބާ ގުޅުވައިގެން އެއްފަހަރާ ހުރިހާ ރަށެއްގައި އެމްޑީޕީގެ ދިދަ ނަގައިފި

ރިޔާސީ އިންތިހާބަށް ތައްޔާރުވުމަށް އެމްޑީޕީގެ މެމްބަރުން ރަށްތަކަށް ކުރާ ދަތުރުތަކާ ގުޅުވައިގެން ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އެއް ވަގުތެއްގައި، އެމްޑީޕީން ދިދަ ނެގުމުގެ ހަރަކާތެއް އިއްޔެ ކުރިއަށް ގެންގޮސްފިއެވެ.

އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މި ހަރަކާތަކީ އެމްޑީޕީގެ ހަރަކާތްތައް އިތުރު ގިޔަރެއްގައި ކުރިޔަށް ގެންދިއުމަށް ފެށުނު ހަރަކާތެއް ކަމަށެވެ.

“އެމްޑީޕީއިން މުޅި ރާއްޖެއަށް މިކުރާ ‘ރާއްޖެދަތުރު’ގައި ޕާޓީގެ ދިދަ ހުރިހާ ރަށެއްގައި ނަގާ ކެމްޕޭން ޓީމުތައް ރުކުރުވާލުމުގެ މަސައްކަތް ފެށިއްޖެ. އިރާދަކުރެއްވިއްޔާ އިންތިހާބު އެމްޑީޕީ އެއްބުރުން ކާމިޔާބު ކުރާނެ،”

ފައްޔާޒު ވިދާޅުވިއެވެ.

އެމްޑީޕީގެ ދިދަ ރާއްޖޭގެ ހުރިހާ ރަށެއްގައި އިއްޔެ ނެގިއިރު އެ ޕާޓީގެ އެކި ޓީމުތައް ވަނީ ރާއްޖޭގެ އެކި ރަށްތަކަށް ގޮސްފައެވެ. އެމްޑީޕީގެ ޑެޕިއުޓީ ޗެއާޕާސަންގެ ނާއިބު އިބްރާހީމް ވަހީދު (އިބްރޭ) ވިދާޅުވީ ބުރާސްފަތި ދުވަހުން ފެށިގެން ކުރިއަށް އޮތް ތިން ދުވަހު ރާއްޖޭގެ ހުރިހާ ރަށެއްގައި އެމްޑީޕީގެ 1000 މީހުން ހަރަކާތްތެރިވަމުން ދާނެކަމަށެވެ.

މި ދަތުރުތަކުގައި ޕާޓީގެ ލީޑާޝިޕްގެ ބޭފުޅުންނާއި ރައްޔިތުން މަޖިލީހުގެ މެންބަރުންނާއި ގައުމީ މަޖިލީހުގެ މެންބަރުން ވެސް ބައިވެރިވެވަޑައިގަންނަވާނެކަމަށް އިބުރޭ ވިދާޅުވިއެވެ.

އެމްޑީޕީ ހުޅުދޫ ޖަގަހަ- 19-5- 2023 – ހުޅުދޫގައި ބޭއްވުނު ދިދަ ނެގުމުގެ ރަސްމިއްޔާތުގެ ތެރެއިން

 ދިދަ ނެގުމުގެ ހަރަކާތުގެ އިތުރުން ޕޯސްޓަރު ހަރު ކުރުމުގެ ހަރަކާތްތަކެއް ވެސް ރާއްޖޭގެ ހުރިހާ ރަށެއްގައި އެމްޑީޕީން ކުރިޔަށް ގެންދިއުމަށް ވަނީ ނިންމައިފައެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް އެމްޑީޕީން މަސައްކަތް ފެށިއިރު ޕާޓީގެ ރައީސް، އަދި ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ތާއީދު ކުރާ ރައްޔިތުން މަޖިލީހުގެ މެންބަރުންނާއި ނަޝީދަށް ތާއީދުކުރާ ބައެއް އާއްމު މެންބަރުންތައް އަންނަނީ އެމްޑީޕީން ވަކިވަމުންނެވެ. ނަމަވެސް އަދިވެސް ނަޝީދު ހުންނެވީ އެމްޑީޕީގެ މެންބަރެއްގެ ގޮތުގައެވެ.

އެމްޑީޕީ މީދޫ ޖަގަހަ- 19-5- 2023 – މީދޫގައި ބޭއްވުނު ދިދަ ނެގުމުގެ ރަސްމިއްޔާތުގެ ތެރެއިން

އެމްޑީޕީން ވަކިވި މެންބަރުން އަންނަނީ މުޅިން އާ ސިޔާސީ ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ކުރަމުންނެވެ.

އެ މެންބަރުން ވިދާޅުވާ ގޮތުގައި ޕާޓީގެ ނަމަކީ ނަޝީދު އިސްވެ ހުންނަވައިގެން ފެއްޓެވި ހަރަކާތުގެ ނަން ކަމަށްވާ “ފިކުރެއްގެ ދިރުން” އެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ހަތް ކުންފުންޏަކަށް މެނޭޖިންގ ޑިރެކްޓަރުން އައްޔަންކުރަން ޕީސީބީއަށް

ހަތް ކުންފުންޏަކަށް މެނޭޖިންގ ޑިރެކްޓަރުން އައްޔަން ކުރުމަށް ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން (ޕީސީބީ) އަށް ފޮނުވައިފިއެވެ. އެގޮތުން ވެމްކޯގެ ...

މަޖިލީހުގެ މެޖޯރިޓީ އަޅުގަނޑު ހިފަހައްޓާނަން: ރައީސް

މަޖިލީހުގެ މެޖޯރިޓީ އޮތީ ރައީސް ޞާލިހުގެ އަތްޕުޅުގައިކަމަށް އެމަނިކުފާނު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހާރު ކުރިއަށް ގެންދަވާ ނޫސްވެރިންގެ ބައްދަލުވުމުގައި ...

ބެއާ ގްރިލްސްގެ ޝޯ ”އިން ޓު ދަ ވައިލްޑް“ގެ އެޕިސޯޑުތަކެއް ނަގަން އަޖޭ ރާއްޖެއަށް

ތިމާވެއްޓާ ގުޅުން ހުރި އެކި މައްސަލަތަކަށް ހޭލުންތެރިކަން އުފެއްދުމުގެ ގޮތުން ޑިސްކަވަރީ ޗެނެލުން ގެނެސްދޭ ބެއާ ގްރިލްސްގެ ”އިން ...