ރާއްޖޭގައި 8700 އަށް ވުރެ ގިނަ ފަގީރުން އެބަތިބި

މިއަހަރުގެ ފިތުރު ޒަކާތް ބެހުމަށް ހަމަޖެހިފައިވާ ލިސްޓު އަޕްޑޭޓްކޮށްފައިވާ ކަމަށާއި ފަގީރުންގެ ގޮތުގައި މުޅި ރާއްޖޭގައި އަށްހާސް ހަތްސަތޭކައަށްވުރެ ގިނަ މީހުން ތިބި ކަމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ވިދާޅުވެއްޖެއެވެ.

ޕީއެސްއެމްނިއުސްއަށް މައުލޫމާތު ދެއްވަމުން އިސްލާމިކް މިނިސްޓްރީގެ މީޑިއާ އޮފިޝަލް އިސްމާޢިލް އަފްރާހް ވިދާޅުވީ މުޅި ރާއްޖޭގައި ފަގީރުންގެ ގޮތުގައި އަށްހާސް ހަތްސަތޭކަ ފަސްދޮޅަސް ހަތަރު މީހުން ރަޖިސްޓްރީ ކޮށްފައިވާކަމަށެވެ. އަދި މާލޭގައި ފަގީރުންގެ ގޮތުން އެއްހާސް ހަތްސަތޭކަ ސަތާރަ މީހަކު ރަޖިސްޓްރީ ވެފައިވާކަމަސް އެމިނިސްޓްރީން ވިދާޅުވެއެވެ. އިސްލާމިކް މިނިސްޓްރީން ވިދާޅުވީ މިދިޔަ އަހަރުގެ ފިތުރު ޒަކާތް ބެހުމުގެ ކަންކަން ކުރިއަށް ގެންދިޔަ ލިސްޓު މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެތެރޭގައި މުރާޖަޢަކޮށްފައިވާކަމަށެވެ. އެގޮތުން އަލަށް ނޯޓުކުރަން ބޭނުންވާ މީހުންނަށް އެފުރުސަތު ދީފައިވާއިރު ފަގީރުންގެ ލިސްޓުން އުނިކުރަން ބޭނުންވާ މީހުންގެ ނަން އުނިކޮށް އާލިސްޓެއް އެކުލަވާލާފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއެވެ.

ކޯވިޑް 19 އާއި ގުޅިގެން އިސްލާމިކް މިނިސްޓްރީން މިއަހަރުގެ ޒަކާތް ބލައިގަތުމުގެ ކަންކަން ކުރިއަށްގެންދަނީ އޮންލައިންކޮށެވެ. އެގޮތުން ޒަކާތް ބަލައިގަތުމުގެ ކަންކަން އެހެން އަހަރުތަކެކޭ އެއްފަދައިން މިހާރު ކުރިއަށްދާކަމަށް އެމިނިސްޓްރީން ވިދާޅުވެއެވެ. އަދި ވައިރަހާއި ގުޅިގެން އޮފީސްތައް ބަންދުކޮށްފައިވާ ލޮކްޑައުންގެ ހާލަތުގައި ޒަކާތް ބެހުމުގެ ކަންކަން ކުރިއަށް ގެންދާނީ މިނިސްޓްރީއަށް ދީފައިވާ ބޭންކް އެކައުންޓްތަކަށް ކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއެވެ.

މިއަހަރު ފިތުރު ޒަކާތް ނެގުމުގެ ކަންކަން ހަމަޖައްސާފައިވަނީ ދިރާގު ޕޭ އެންޑް ލައިފްސްޓައިލް އެޕްލިކޭޝަނާއި އެސްއެމްއެސް އާއި އުރީދޫ އެމްފައިސާއާއި އެސްއެމްއެސް މެދުވެރިކޮށެވެ. އަދި އެމްއައިބީ ފައިސާ ނެޓާއި އެބޭންކްގެ މޯބައިލް ބޭންކިން މެދުވެރިކޮށްވެސް ޒަކާތްދެއްކޭނެއެވެ. އަދި ބީއެމްއެލްގެ ވެބްސައިޓް މެދުވެރިކޮށްވެސް ފިތުރު ޒަކާތް ދެއްކޭނެ އިންތިޒާމުވަނީ ހަމަޖައްސާފައެވެ.

މަސްދަރު: ޕީއެސްއެމް ނިއުސް

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

އައްޑޫ-ފުވައްމުލަށް ފެރީ ދަތުރުތައް މެދުކަނޑާލައިފި

އައްޑޫ ސިޓީ އާއި ފުވައްމުލަކާއި ދެމެދު ކުރަމުން އައި ފެރީ ދަތުރުތައް މެދުކަނޑާލަން ސަދަން ޓްރާންސްޕޯޓު ލިންކުން ނިންމައިފިއެވެ. ...

އަރަބި ކަނޑުގައި އުފެދުނު ތޫފާން މެކުނުގެ ބާރު ގަދަވެއްޖެ

އަރަބި ކަނޑުގައި އުފެދުނު ތޫފާން މެކުނުގެ ބާރުގަދަވެ، ކެޓަގަރީ 2ގެ ތޫފާނަކަށް ބަދަލުވެއްޖެއެވެ. މި ތޫފާން ބުރާސްފަތި ދުވަހު ...

ފުލުހުންގެ އިސް އޮފިސަރުންތަކެއް ވަކިކުރަން ނިންމައިފި

ފުލުހުންގެ އިސް އޮފިސަރުންތަކެއް މަގާމުން ވަކި ކުރުމަށް ފުލުހުންގެ ބޯޑުން ނިންމައިފިއެވެ. ހަތާވީސް” އޮންލައިންހައި ހާމަކޮށްފައިވާ ގޮތުގައި ފުލުހުންގެ ބޯޑުން ...