” ހުޅުދޫ ސްޓްރީޓް ސޮކަރ ޗެލެންޖް ” ފުޓްބޯޅަ މުބާރާތުގައި ރޭ ތިން މެޗް ކުޅެވުނެވެ.
މިގޮތުން ރޭ ކުޅެވުނު ފުރަތަމަމެޗް ކާމިޔާބުކުރީ ޖަންތާ ގަރާޖް އެވެ.
ޖަންތާ ގަރާޖް މިމެޗް ކާމިޔާބުކޮށްފައިވަނީ ކެނެރީފާއި ބައްދަލުކޮށް 1 ލަނޑު 0 ލަނޑުންނެވެ. މިމެޗްގައި ޖަންތާ ގަރާޖުން ކާމިޔާބުކުރި ލަނޑު ކާމިޔާބުކޮށްދިނީ އިސްމާއިލް ސިއާންއެވެ.
މިމެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ޖަންތާ ގަރާޖްގެ އިސްމާއީލް ސިއާންއެވެ.
” ހުޅުދޫ ސްޓްރީޓް ސޮކަރ ޗެލެންޖް ”ޖަންތާގަރާޖާއި ކެނެރީފް ބައްދަލުކުރިމެޗްގެ މޮޅު ކުޅުންތެރިޔާ – އިސްމާއީލް ސިއާން
މިމުބާރާތުގައި ރޭ ކުޅެވުނު ދެވަނަ މެޗް ކާމިޔާބުކުރީ ކްލަބް ލޮތާރިއެވެ.
ކްލަބް ލޮތާރި މިމެޗް ކާމިޔާބުކުރީ ވައިކިންގު އެފްސީއާއި ބައްދަކުކޮށް 3 ލަނޑު 0 ލަނޑުންނެވެ. މިމެޗްގައި ލޮތާރި ޓީމުން ކާމިޔާބުކުރި 3 ލަނޑުގެ ތެރެއިން 2 ލަނޑު ސަހާފް ކާމިޔާބުކޮށްދީފައިވާއިރު އެޓީމުގެ އަނެއް ލަނޑު ކާމިޔާބުކޮށްދިނީ ޓެރީއެވެ.
މިމެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ލޮތާރިޓީމްގެ ސަހާފެވެ.
” ހުޅުދޫ ސްޓްރީޓް ސޮކަރ ޗެލެންޖް ”ކްލަބް ލޮތާރި އާއި ވައިކިންގު އެފްސީ ބައްދަލުކުރިމެޗްގެ މޮޅު ކުޅުންތެރިޔާ – ސަހާފް
މިމުބާރާތުގައި ރޭ ކުޅެވުނު 3 ވަނަމެޗް ކާމިޔާބުކުރީ އެފްސީ ޒެފިޔާއެވެ.
ޒެފިޔާ މިމެޗް ކާމިޔާބުކުރީ ދެކުނު އެފްސީއާއި ބައްދަލުކޮށް 1 ލަނޑު 0 ލަނޑުންނެވެ. މިމެޗްގައ ޒެފިޔާއިން ކާމިޔާބުކުރި ލަނޑު ކާމިޔާބުކޮށްދިނީ މުހައްމަދު އައިމަންއެވެ.
މިމެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ޒެފިޔާގެ މުހައްމަދު އައިމަންއެވެ.
” ހުޅުދޫ ސްޓްރީޓް ސޮކަރ ޗެލެންޖް ”ޒެފިޔާއާއި ދެކުނު އެފްސީ ބައްދަލުކުރިމެޗްގެ މޮޅު ކުޅުންތެރިޔާ – މުހައްމަދު އައިމަން
މައުލޫމާތު ލިބިފައިވާގޮތުގައި މިމުބާރާތަކީ ހުޅުދޫ ޒުވާނުން އިންތިޒާމްކޮށް ހުވަގު ޖަމްއިއްޔާ މެދުވެރިކޮށް ބާއްވަމުންދާ މުބާރާތެކެވެ.
ޚަބަރާއި ގުޅޭ ފޮޓޯ: ފޭސްބުކްގެ ” ހުޅުދޫ ސްޓްރީޓް ސޮކަރ ޗެލެންޖް ” ޕޭޖުން އިން ނަގާފައި
ކޮމެންޓްސް (0)