މޫސާ ސިއްދީގުގެ މައްސަލައެއް ތަހުގީގުކުރަމުން އެބަދޭ- ހުޅުދޫ ވޮއިސް

ހުޅުދޫ އޮފީހުގެ ރަސްމީ ލިޔެކިއުންތަކަކަށް އުނިއިިތުރު ގެނައުމާ ގުޅިގެން، ހުޅުދޫ އޮފީހުގެ ޑިރެކްޓަރ މޫސާ ސިއްދީގުގެ މައްސަލައެއް ސިވިލް ސާވިސް ކޮމިޝަނުން ބަލަމުންދާކަމަށް އޮންލައިން ނޫސް ” ވޮއިސްއޮފް ހުޅުދޫއިން ހާމަކޮށްފިއެވެ.  

ވޮއިސްއޮފްހުޅުދޫ އިން ހާމަކޮށްފައިވާގޮތުގައި އެހެން ފަރާތަކަށް ނާޖާއިޒް މަންފާއެއް ހޯދާދިނުމުގެ  ބޭނުމުގައި ޑިރެކްޓަރ މޫސާ ސިއްދީގު ބަދަލުތަކެއް ގެނެސްފައިވަނީ ހުޅުދޫ އޮފީހުގެ އެޑްމިން އޮފިސަރ މަގާމަށް ކުރިމަތިލި ފަރާތްތަކާއި އިންޓަވިއުކޮށް ތައްޔާރު ކުރެވުނު މާކްސް ޝީޓެވެ.

” އިންޓަވިއުއިން އެންމެ ކުރި ހޯދި ފަރާތުގެ މާކުސް އިން 19 ޕޮއިންޓް އުނިކޮށް އަލުން އެހެން ޝީޓެއް ތައްޔާރުކޮށް އޮފީހުގެ އެެހެން ދެ މުވައްޒަފަކަށް ބިރުދައްކާ އޭގައި ސޮއި ކުރުވާފައިވޭ.  ބެލެވޭ ގޮތުގައި މި މައްސަލަ ސިވިލް ސާވިސް ކަމިޝަނަށް ހުށައެޅީ މި ވަޒީފާއަށް ކުރިމަތި ފަރާތްތަކުގެ ތެރެއިން ފަރާތެއް”

ހުޅުދޫވޮއިސް ގައި ހާމަކޮށްފައިވެއެވެ.

ހުޅުދޫ ވޮއިސް އިން އިތުރަށް ހާމަކޮށްފައިވާގޮތުގައި އެ ނޫހުން މިޚަބަރު ގެނެސްދީފައިވަނީ އެނޫހަށް  ލިބިފައިވާ ލިޔުންތަކަށް ބަލައި ދިރާސާކުރުމަށްފަހުގައެވެ.
މޫސާ ސިއްދީގުގެ ފަރާތުން މީގެ ކުރިންވެސް މިކަލަ ކަންތައްތަކެއް ފެނިފައިވާކަމަށާ  އެގޮތުން މިއަހަރު ކުރީކޮޅު އިއުލާން ކުރެވުނު މިސްކިތުގެ މަސައްކަތު ވަޒީފާއަށް ކުރިމަތިލި ކަނބަލުންގެ މާކްސް ޝީޓަށްވެސް ބަދަލުތަކެއް ގެނެސް އޭގެ މައުލޫމާތު ލީކު ކޮއްލި މައްސަލައެއްގައިވެސް މޫސާ ސިއްދީގުގެ މައްސަލައެއް އައްޑޫ ސިޓީ ކައުސިލުން ބަލާފިޔަވަޅު އަޅާފައިވާކަމަށްވެސް ހުޅުދޫ ވޮއިސްއިން ހާމަކޮށްފައިވެއެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ސިއްޚީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރުމުގެ ބާރު ރައީސަށް ދެނީ

ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ގޮތަށް ގާނޫނުއަސާސީގައި ބުނާ ކުއްލި ނުރައްކަލުގެ ހާލަތާ ...

ސިޔާސީ މަގުސަދުތައް ހާސިލްކުރުމަށް އަންހެނުންވެސް އަންހެނުންނަށް ފުރައްސާރަކުރޭ: ރޮޒައިނާ

ސިޔާސީ މަގުސަތުތައް ހާސިލްކުރުމަށް އަންހެނުންވެސް އަންހެނުންނަށް ފުރައްސާރަކުރާކަމަށް އެމްޑީޕީގެ އަންހެނުންގެ ރޫހުގެ ރައީސް އަދި ރައްޔިތުންގެ މަޖިލިހުގެ އައްޑޫ ...

ޔޫރޯ 2020: ގްރޫޕް އޭ- ދެވަނަ ބުރަށް އިޓަލީ އާއި ވޭލްސް

ޔޫރޯ 2020 ގެ ގްރޫޕް އޭ އިން އިޓަލީ އާއި ވޭލްސް އިން މުބާރާތުގެ ދެވަނަ ބުރުން ޖާގަ ...