އެއް ރަށުން އަނެއް ރަށަށް ދަތުރުކުރުމުގެ ހުއްދަ ދީފި

ކާފިއުގެ ވަގުތު ހަވީރު 6:00 އިން ފަތިހު 4:00 އަށް ކުޑަކޮށްފި

އެއް ރަށުން އަނެއް ރަށަށް ދަތުރުކުރުމުގެ ހުއްދަ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ދީފި އެވެ.

އަތޮޅުތަކުގެ ރަށްރަށުގައި ބަލި ފެތުރުން ކޮންޓްރޯލް ކުރުމުގެ ގޮތުން ހުސްވި މެއި މަހުގެ 2 ވަނަ ދުވަހުން ފެށިގެން ޒަރޫރީ ބޭނުންތަކަށާއި ސިއްހީ ފަރުވާ ހޯދުމަށް ފިޔަވައި، މީހުން ދިރިއުޅޭ އެއް ރަށުން އަނެއް ރަށަށް ދަތުރުކުރުން ހުއްޓާލަން އޮތީ އަންގައިފަ އެވެ.

އެ އެންގުމުގައި ރައްޔިތުންނަށް ބޭނުންވާ ކާބޯތަކެއްޗާއި އެނޫންވެސް ޒަރޫރީ ތަކެތި ފޯރުކޮށް ދިނުމަށް ކުރާ ދަތުރުތަކާއި މަސައްކަތްތަކަށް ލޯކަލް ކައުންސިލްތަކުން މަގުފަހިކޮށްދޭން ޖެހޭނެ ކަމަށް ބުނެފައިވެ އެވެ.

ރައީސް އޮފީހުގައި ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮވިޑާ ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކަށް ދޭން ނިންމާފައިވާ ލުއިތައް އިއުލާން ކުރައްވަމުން އެ އޮފީހުގެ ތަރުޖަމާން މުހައްމަދު މަބްރޫކު އަޒީޒު ވިދާޅުވީ، މީހުން ދިރިއުޅޭ އެއް ރަށުން އަނެއް ރަށަށް ދަތުރުކުރުމަށް ހުޅުވާލަން ނިންމާފައިވާ ކަމަށެވެ. އަދި އެކަން ބަލަހައްޓާނީ ކައުންސިލްތަކުން ކަމަށް މަބުރޫކުރު ވިދާޅުވިއެވެ.

މަބްރޫކު ވިދާޅުވީ، މި ލުއި ދިން ނަމަވެސް ގެސްޓްހައުސް ހުންނަ ރަށަކުން ގެސްޓްހައުސް ނުހުންނަ ރަށަކަށް ނުދެވޭނެ ކަމަށާއި އަދި މޮނީޓަރިންގެ ހާލަތުގައި އޮންނަ ރަށަކުން އެހެން ރަށަކަށްވެސް ނުދެވޭނެ ކަމަށެވެ.

މީގެ އިތުރަށް ފަތިހު 5:00 އިން ހަވީރު 6:00 އަށް ޖިމްތައް ހުޅުވާލުމުގެ ހުއްދަ ދޭން ވަނީ ނިންމައިފަ އެވެ. އެ ހުއްދަ ދޭނީ އެޕޮއިންޓްމަންޓް އުސޫލުން، ގުރޫޕް ސެޝަންތައް ނުހިންގާ ގޮތަށެވެ. އޭގެ އިތުރުން މާލެ ސަރަހައްދުގައި އިއުލާން ކޮށްފައިވާ ކާފިއު ވަގުތު ހަވީރު 6:00 އިން ފަތިހު 4:00 އަކަށް ވަނީ ކުޑަކޮށްފަ އެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

މާދަމާއިން ފެށިގެން މަޖިލީހުގެ ޖަލްސާ މަޖިލިސް ކުރާ ގޭގައި ބާއްވަން ނިންމައިފި

ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައި، މާދަމާ އިން ފެށިގެން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް، މަޖިލިސް ކުރާ ގޭގައި ބާއްވަން ނިންމައިފިއެވެ. ...

ކޮވިޑް ޖެހުނު ބަނގްލާދޭޝް މީހަކު މިއަދު ރާއްޖޭގައި ނިޔާވެއްޖެ

ކޯވިޑް-19 ޖެހުނު ބަނގްލާދޭޝް މީހަކު މިއަދު ރާއްޖޭގައި ނިޔާވެއްޖެ ކަމަށް އެޗްޕީއޭއިން ހާމަކޮށްފިއެވެ.. ކޯވިޑް-19 އަށް ފަރުވާދެމުންދަނިކޮށް މަރުވެފައިވަނީ ...

އައިސީޔޫގައި ތިބި 35 އިންސައްތައަކީ 40 އަހަރުން ދަށުގެ މީހުން: ޑރ. ނަޒްލާ

މިވަގުތު ކޮވިޑަށް ޕޮޒިޓިވްވެ އައިސީޔޫގައި ފަރުވާ ދެމުން ދާ 35 އިންސައްތައަކީ 40 އަހަރުން ދަށުގެ މީހުން ކަމަށް ...