އައްޑޫ ކޯޓް ކޮމްޕްލެސް އިމާރާތްކުރުމުގެ މަސައްކަތް އެސްޖޭ ކޮންސްޓްރެކްޝަނަށް

އައްޑޫގައި އިމާރާތް ކުރާ ކޯޓު ކޮމްޕްލެކްސްގެ މަސައްކަތް އެސްޖޭ ކޮންސްޓްރަކްޝަނާއި ހަވާލު ކުރައްވައިފިއެވެ.

އައްޑޫސިޓީގައި މިކަމަށްޓަކައި ބޭއްވި ރަސްމިއްޔާތުގައި ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ފަރާތުން ސޮއިކުރެއްވީ ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރ އައިޝަތު ރިޒްނާއެވެ. އެސްޖޭ ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ޑިރެކްޓަރ ޝިހާދު އިބްރާހިމްއެވެ.

އައްޑޫ ސިޓީގައި އިމާރާތް ކުރާ ކޯޓު ކޮމްޕްލެކްސް އެސްޖޭ ކޮންސްޓްރެކްޝަނާއި ހަވަލުކުރެއްވީ 360 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާގޮތަށެވެ. މިމަޝްރޫޢަކީ ސަރުކާރުގެ ޕީއެސްއައިޕީ ބަޖެޓުން 123 މިލިޔަން ރުފިޔާ ޚަރަދުކުރައްވައިގެން ހިންގާ މަޝްރޫއެކެވެ. މިމަޝްރޫޢާއެކު އައްޑޫ ސިޓީގައި ހިންގާ ކޯޓުތަކުގެ ޖާގައިގެ ދަތިކަމަށް ހައްލު ލިބިގެންދާނެއެވެ.

އައްޑޫގައި އިމާރާތް ކުރެވޭ ކޯޓު ކޮމްޕްލެކްސް އަކީ ރާއްޖޭގެ އެކި ސަރަހައްދު ތަކުގައި ޤާއިމް ކުރުމަށް ހަމަޖެހިފައިވާ ޑިސްޓްރިކްޓް ކޯޓުތަކުގެ ތެރެއިން އިމާރާތް ކުރެވޭ ފުރަތަމަ ކޯޓު ކޮމްޕްލެކްސްއެވެ. އައްޑޫ ސިޓީގައި ޤާއިމް ކުރެވޭ ޑިސްޓްރިކްޓް ކޯޓުގެ މަސައްކަތް ނިމި މަސައްކަތް ފެށުމުން އެސަރަހައްދުގައި ހިމެނޭ މައްސަލަތައް ދެން ބަލާނީ، އެކޯޓުންނެވެ.

މިއާއިއެކު އައްޑޫ ސިޓީގައި ހިންގާ ކޯޓުތަކުގެ ޚިދުމަތް އެއްފުރާޅެއްގެ ދަށުން ދެވޭނެ އިންތިޒާމު ހަމަޖެހިގެންދާނެއެވެ.

މަސްދަރު: ޕީއެސްއެމްނިއުސް

ޚަބަރާ ގުޅޭ ފޮޓޯ އައްޑޫ ލައިވް

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

އައްޑޫ އިން ކޮވިޑް ޖެހިގެން މަރުވި މީހެއްގެ ގައިން އަނިޔާގެ ނިޝާންތަކެއް، މައްސަލަ ޕޮލިހަށް

އައްޑޫ ސިޓީ އިން ކޮވިޑް ޖެހިގެން ރޭ މަރުވި މީހާގެ ހަށިގަނޑުން އަނިޔާގެ ނިޝާންތަކެއް ފެންނަން ހުރުމުން އެ ...

ރާއްޖޭގެ ރަސްމީ ބަހެއް ގޮތުގައި އިނގިރޭސި ބަސް ހަމަޖައްސައިފިނަމަ ތަރައްޤީ ހަލުވިވެ ލިބޭ ފައިދާ ބޮޑުވާނެ: އިކްރާމް

ދިވެހި ބަހަށް ކުރާ އިޚްތިރާމަށް ނިކަމެތިކަން ނާންނަ ގޮތައް ރާއްޖޭގެ ރަސްމީ ބަހެއް ގޮތުގައި އިނގިރޭސި ބަސް ހަމަޖައްސައިފިނަމަ ...

ލީގުކަޕް: ޕެނަލްޓީގައި ނިއުކާސަލް ޔުނައިޓެޑް ބަލިކޮށް ޗެލްސީ ސެމީއަށް

އިގިރޭސި ލީގުކަޕްގެ ކުއާޓާ ފައިނަލުގައި އަންގާރަދުވަހުގެ ރޭ އަމިއްލަ ދަނޑުގައި ނިއުކާސަލް ޔުނައިޓެޑާއި ދެކޮޅަށް ކުޅުނު މެޗު 1-1 ...