“ބަލަ ދައްކާ ވާހަކަ އަޑު އަހާ. ނޫނީ ރަށުންވެސް ބާލާނެ” – ނަޝީދު

ރައީސް މުހައްމަދު ނަޝީދާއި ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދުއާއި ދެމެދު ބަހުގެ ހޫނު ހަމަލާތަކެއް ބަދަލު ނިހާދު ރަށުން ބާލާނެކަމަށް ރައީސް ނަޝީދު ވިދާޅުވެއްޖެވެ.

އެމްޑީޕީގެ މެމްބަރުން ތިއްބަވާ “ޕީޕަލްސް މަޖިލިސް” ވަޓްސްއަޕް ގުރޫޕުގައި ނަޝީދުވަނީ ނިހާދަށް އަމާޒުކޮށް “މާ ގަދައެއް ނުވާނެ” ކަމަށާއި އަދި “ނިހާދު މަތަ އެރު”މަށް ވިދާޅުވެފައިވެއެވެ.

އިތުރަށް ނަޝީދު ވިދާޅުވެފައިވަނީ ނިހާދަށް ވޯޓެއްވެސް ނުލިބޭނެ ކަމަށާއި، ނިހާދު ބޮޑާ ނުކެނޑުމަށެވެ.

މީގެ އިތުރުން އެމަނިކުފާނު ދައްކާ ވާހަކަ އަޑު ނާހައިފިއްޔާ ރަށުންވެސް ބާލާނެ ކަމަށް ވިދާޅުވެ ރައީސް ނަޝީދު ވަނީ ނިހާދަށް އިންޒާރުވެސް ދީފައިކަން ފާހަގަކޮށްލެވެއެވެ.

“ބަލަ ދައްކާ ވާހަކަ އަޑުއަހާ. ނޫނީ ރަށުންވެސް ބާލާނެ” ނަޝީދު ވިދާޅުވެފައިވެއެވެ.

ނަޝީދު މިގޮތައް ވިދާޅުވުމުން ނަޝީދުގެ މި ބަހުރުވަ ރަނގަޅު ކުރެއްވުމަށް އެމްޑީޕީގެ ކެލާ ދާއިރާގެ މަޖިލިސް މެމްބަރު ޝަރީފްވަނީ ވަރަށް އާދޭހާއެކު ދަންނަވާފައެވެ. ނަޝީދުގެ މެސެޖަށް ރިޕްލައި ކުރައްވާ ޝަރީފް ވިދާޅުވީނަޝީދަކީ ރޯލް މޮޑެލްއެއް ކަމަށް ބަލާ އެތައް ބަޔަކު ތިބިކަމަށާ ބަސްމަގު ރަގަޅުކޮށް ދެއްވުމަށް އާދޭސް ދަންނަވާކަމަށް ކަމަށެވެ.

އެމްޑީޕީގެ ތެރޭގައި ދެ ފެކްޝަނެއް އުފެދި، ރައީސް ނަޝީދު މަސައްކަތް ކުރައްވަނީ “ފިކުރެއްގެ ދިރުން” ގޮފިތައް ހަދައި، ރައީސް ޞާލިޙާ ވަކިން، އެމްޑީޕީގެ ތެރޭގައި ހަަރަކާތްތައް ހިންގެވުމަށެވެ. މިދިޔަ މަހު ބޭއްވި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީން ލިބިވަޑައިގެންނެވި ނާކާމިޔާބަށްފަހުގައިވެސް، ރައީސް ނަޝީދުގެ ފެކްޝަނުން ނިންމީ، ސަރުކާރާއެކުގައި މަސައްކަތް ނުކުރުމަށެވެ. ރައީސް ނަޝީދު ވިދާޅުވާ ގޮތުން، ރައީސް ޞާލިޙާއެކުގައި، އެމްޑީޕީ އަށް މި އަހަރުގެ ރިޔާސީ އިންތިޚާބު ކާމިޔާބެއް ނުކުރެވޭނެއެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ޔޫރޯ އަންޑަރ ޓުވެންޓީވަން ފުޓްބޯޅަ މުބާރާތް: މިރޭ ފައިނަލްމެޗް ކުޅެވޭނެ

ޔޫރޯ އަންޑަރ ޓުވެންޓީވަން ފުޓްބޯޅަ މުބާރާތުގެ ފައިނަލްމެޗް މިރޭ ކުޅެވޭނެއެވެ. މިރޭ ރާއްޖޭގެ ގަޑިން 12 ޖަހާއިރު ކުޅުމަށް ...

ޝިމާއުގެ މައްސަލާގައި ކްލަބް ވޮލީބޯޅަ މުބާރާތް ހުއްޓުމަކަށް

ސަން ސްޕޯޓްސް އިން އިންތިޒާމް ކޮށްގެން ފޭދޫގައި ފެށި ވޮލީ މުބާރާތް ހުއްޓުމަކަށް އައިސްފިއެވެ. މިމުބާރާތް ހުއްޓުވުމަކަށް އައިސްފައިވަނީ ...

ކަރަންޓީން ނުވެ މިހާރު ރާއްޖެއިން ޔޫކޭ އަށް ދަތުރުކުރެވޭނެ

ކޯވިޑާ ގުޅިގެން އިނގިރޭސި ވިލާތަށް އެތެރެވުން މަނާ ޤައުމުތައް ކަނޑައަޅާފައިވާ ރަތް ލިސްޓުން ކަރަންޓީނު ނުވެ ދަތުރުކުރެވޭ ޤައުމުތަކުގެ ...