27 އަހަރުވީ ހައި ޖަމްޕުގެ ގައުމީ ރެކޯޑް ޝައިމް މުގުރާލައިފި

ފުވައްމުލަކުގައި ކުރިއަށްދާ އިންޓަރ ސްކޫލް އެތްލެޓިކްސް މީޓޫގައި އައްޑޫ ހައި ސްކޫލުގެ އައިޝަތު ޝައިމް އަޒީޒް 27 އަހަރުވީ ހައި ޖަމްޕުގެ އަންހެން ގައުމީ ރެކޯޑް މުގުރާލައިފި އެވެ.

19 އަހަރުން ދަށުގެ އަންހެން ހައި ޖަމްޕްގެ ގައުމީ ރެކޯޑް ޝައިމް މުގުރާލީ 1.50 މީޓަރު މަތިން ފުންމައިގެންނެވެ. މީގެކުރިން މިރެކޯޑް އޮންނަނީ 1996 ވަނަ އަހަރު މާލޭގައި އޮތް އިންޓަރ ސްކޫލް މުބާރާތުގައި ވާދަކޮށް ރެކޯޑް ހެދި ރަނާ އަހްމަދު ސޯދިގު އަތުގަ އެވެ.

އޮންލައިން ނޫސް “އަދަދު” އަށް މައުލޫމާތު ދެއްވަމުން ޝައިމްގެ ކޯޗު ޔަސްމާން ސޯލިހު ބުނީ މުބާރާތުގައި ބައިވެރިވިއިރު ވެސް ޝައިމް ރެކޯޑު ހަދާނެކަމުގެ ޔަގީންކަން އޮތްކަމަށާއި އެއީ ޕްރެކްޓިސްގައި ވެސް ޝައިމްގެ ޕާސަނަލް ބެސްޓަށްވުރެ މައްޗަށް އޭނާ ފުންމި ކަމަށެވެ. އަދި ޕާސަނަލް ބެސްޓް އުޅެނީ ރެކޯޑަށްވުރެ ކުޑަ ތަންކޮޅެއް ތިރީގައި ކަމަށްވުމުން ރެކޯޑު ހަދާނެކަމުގެ އިތުބާރު އޮތް ކަމަށެވެ.

ޝައިމް ވަނީ ހައި ޖަމްޕުގެ ރަން މެޑަލްގެ އިތުރުން 22.58 މީޓަރަށް އުކައިގެން ޖެވެލިން އުކުމުން ވެސް އެއްވަނަ ހޯދާފަ އެވެ. .

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ވައްކަން ކުރީ ކާކު ކަން އެނގޭ، އިބޫ ވައްކަން ކުރިކަމަށް ބުނުމުން ރައްޔިތުން ގަބޫލު ނުކުރާނެ: ރޮޒެއިނާ

ރައީސް އިބްރާހިމް މުހައްމަދު ސާލިހު ވައްކަން ކުރާކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ދައްކަމުންދާ ވާހަކަތައް ދިވެހި ރައްޔިތުން ގަބޫލުނުކުރާނެކަމަށް ...

އަދުހަމް 23 އަހަރަށް ޖަލަށް ލާން ހުކުމްކޮށްފި

މިދިޔަ މޭ މަހުގެ ހަ ވަނަ ދުވަހު ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ބޮން ގޮއްވާލި އަދުހަމް އަހުމަދު ...

ސިޔާސީ ޖަގަހައަކަށް ފެނަކަ ނުވާނެ

ސިޔާސީ ޖަގަހައަކަށް ފެނަކަ ނުވާނެ ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު  ވިދާޅުވެއްޖެއެވެ. އަހުމަދު ސައީދު ...