ޝިމާއުގެ މައްސަލާގައި ކްލަބް ވޮލީބޯޅަ މުބާރާތް ހުއްޓުމަކަށް

ސަން ސްޕޯޓްސް އިން އިންތިޒާމް ކޮށްގެން ފޭދޫގައި ފެށި ވޮލީ މުބާރާތް ހުއްޓުމަކަށް އައިސްފިއެވެ. މިމުބާރާތް ހުއްޓުވުމަކަށް އައިސްފައިވަނީ މިމުބާރާތް އިންތިޒާމްކުރާ ސަން ސްޕޯޓްސްއިން މުބާރާތުގައި ބައިވެރިކުރި ޓީމްވޯރިއަސް ގައި މުބާރާތުގެ ގަވާއިދާއި ޚިލާފަށް ކުޅުންތެރިއަކު ހިމަނާފައިވާތީއެވެ.

 އެޓީމްގައި މުބާރާތުގެ ގަވާއިދާއި ޚިލާފަށް ހިމަނާފައިވަނީ ގދ. ފަރެސްމާތޮޑާއަށް ނިސްބަތްވާ އަހުމަދު ޝިމާއު ( މާންކޭ ) އެވެ.

ޝިމާއު  ޓީމްގައި ހިމަނާފައިވަނީ ގަވާއިދާއި ޚިލާފަށް އެގުނު ހިސާބުން ފެށިގެން މުބާރާތުގައި ބައިވެރިވި ބައެއް ޓީމްތަކުން އެމައްސަލަ އޮގަނައިޒިން ކޮމިޓީއަށް ހުށަހެޅުމުން އޮގަނައިޒިން ކޮމިޓީން ވަނީ މުބާރާތުގެ ގަވާއިދަށް ބަދަލުގެނެސް ޝިމާއުއަށް ކުޅެވޭނެ ގޮތައް މުބާރާތުގެ ގަވާއިދު ބަދަލުކޮށްފައެވެ.

ވޯރިއަސް ޓީމުގައި ހިމެނޭ ޝިމާއުއާއި ބައެއް އެހެން ކުޅުންތެރީން

މިގޮތައް ގަވާއިދަށް ބަދަލުގެނައުމުން ފޭދޫ ވޮލީޓީމާއި މީދޫ ވޮލީޓީމުވަނީ މުބާރާތުން ވަކިވެފައެވެ.

މިދެޓީމް މުބާރާތުން ވަކިވުމާއި ގުޅިގެން ޖޫން 29 ވަނަ ދުވަހުގެރޭ ކުޅުމަށް ހަމަޖެހިފައިވާ މެޗަށް ފޭދޫ ވޮލީޓީމް ހާޒިރުވެފައިނުވެއެވެ. އަދި ޖޫން 30 ވަނަ ދުވަހު ހަވީރު ކުޅުމަށް ހަމަޖެހިފައިވާ ސެމީފައިނަލްގެ ފުރަތަމަމެޗަށް މީދޫ ވޮލީޓީމުންވެސް ހާޒިރު ނުވެއެވެ. އަދި މީގެ އިތުރަށް ޖޫން 30 ވަނަ ދުވަހުގެރޭ ކުޅުމަށް ހަމަޖެއްސި ސެމީފައިނަލްގެ ދެވަނަ މެޗަށް ޕޮލިސް ޓީމް ހާޒިރުވެފައިނުވާތީ މުބާރާތް ހުއްޓުމަކަށް އައިސްފައިވާކަމަށް ބެެލެވެއެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ޑރ.ޝީނާގެ އަންދާޒާ : 6މަސްދުވަހުގެ ތެރޭގައި 13000އަށްވުރެ ގިނަ މީހުން ޕޮޒިޓިވްވެދާނެ

ކޯވީޑް-19އާ ގުޅިގެން މިހާރު އަޅާފައިވާ ފިޔަވަޅުތައް ރަނގަޅަށް ތަންފިޒް ނުކުރެވިއްޖެނަމަ ކުރިއަށް އޮތް 6 މަސްދުވަހުގެ ތެރޭގައި ތޭރަ ...

އިންޑިއާ-އައުޓް ކެމްޕެއިންގައި އުޅެނީ އަތުން ގުނާލެވޭހާ މަދު މީހުންކޮޅެއް- މާރިޔާ

އިންޑިއާ-އައުޓް ކެމްޕެއިންގައި އުޅެނީ އަތުން ގުނާލެވޭހާ މަދު މީހުންކޮޅަކާއި، ސޯޝަލްމީޑިއާގެ ބޮޓުންތަކެއް ކަމަށް ޑިފެންސް މިނިސްޓަރ މާރިޔާ އަހުމަދު ...

ގަން އެއަރޕޯޓް ތަރައްޤީކުރަން ރެނާޓަސްއަށް، މިމަހު އަމަލީ މަސައްކަތް ފަށާނެ

ގަން އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރުމުގެ މަޝްރޫޢު އިންޑިއާގެ ރެނާޓަސް ކުންފުންޏާއި ހަވާލުކުރުމަށް ނިންމައިފިއެވެ. ގަން އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރުމުގެ ...