ކަރަންޓީން ނުވެ މިހާރު ރާއްޖެއިން ޔޫކޭ އަށް ދަތުރުކުރެވޭނެ

ކޯވިޑާ ގުޅިގެން އިނގިރޭސި ވިލާތަށް އެތެރެވުން މަނާ ޤައުމުތައް ކަނޑައަޅާފައިވާ ރަތް ލިސްޓުން ކަރަންޓީނު ނުވެ ދަތުރުކުރެވޭ ޤައުމުތަކުގެ ލިސްޓަށް ރާއްޖެ ބަދަލުކުރަން އެޤައުމުން ނިންމައިފިއެވެ.

އިނގިރޭސި ސަރުކާރުން ހާމަކޮށްފައިވާގޮތުން ރަތް ލިސްޓުން ނަގާ 8 ޤައުމުގެ ތެރެއިން ރާއްޖެއާ ޕާކިސްތާން އަދި ތުރުކީ ހިމެނެއެވެ. މިޤައުމުތައް މިލިސްޓުން އުނިކުރާނީ މިމަހުގެ 22ވަނަ ދުވަހުގެ ފަތިހު 04:00 އިން ފެށިގެންނެވެ.

އަދި މި ޤައުމުތަކުގެ ތެރެއިން އަންނަ މަހުގެ 4ގެ ފަހުން ވެކްސިން ފުރިހަމަކޮށްފައިވާ ފަރާތްތަކުން އިނގިރޭސިވިލާތަށް ދަތުރުކުރާނަމަ، ދަތުރުކުރުމުގެ ކުރިން ކޮވިޑްގެ ޕީސީއާރު ޓެސްޓެއް ފުރިހަމަކުރާކަށް ނުޖެހޭނެއެވެ.

އިނގިރޭސިވިލާތުގެ ކޯވިޑް ރަތް ލިސްޓަށް ރާއްޖެ ހިމަނުމުގެ ސަބަބުން ރާއްޖެއަށް އިނގިރޭސި ފަތުުވެރިން އައުމަށް ވަނީ ދަތިތަކެއް ކުރިމަތިވެފައެވެ. އަދި އެލިސްޓުގައި ރާއްޖެ ހިމަނާފައި އޮތް ސަބަބަކީ، ރާއްޖޭގެ ޖީނޯމް ސީކުއެންސިންގ ޑޭޓާ އެއްކުރެވިފައި ނުވާތީކަމަށްވެސް ބައެއް ފަރާތްތަކުން ދިޔައީ ބުނަމުންނެވެ.

އިނގިރޭސިވިލާތަކީ ރާއްޖެއަށް ގިނަ އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކުރާ ޤައުމެކެވެ. މިއަހަރުގެ މެއިމަހުގެ ނިޔަލަށް އިނގިރޭސިވިލާތް ވެފައިވަނީ ރާއްޖެއަށް 8ވަނައަށް އެންމެ ގިނަ ފަތުރުވެރިން އައި ޤައުމުގެ ގޮތުގައެވެ. އެއީ އެހިސާބަށް ރާއްޖެ އައި ފަތުރުވެރިންގެ %2.8އެވެ. ކޯވިޑްގެ ކުރިން އިނގިރޭސިވިލާތަކީ ރާއްޖެއަށް 5 ވަނައަށް އެންމެ ގިނަ ފަތުރުވެރިން އަންނަ ޤައުމުކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ދޮށީ އުމުރުގެ 105 މީހެއްގެ ރެންޑަމް ސާމްޕަލް ނަގައިފި، 99 މީހުން ނެގެޓިވް

އުމުރުން ދުވަސްވީ 105 މީހެއްގެ ރެންޑަމް ސާމްޕަލް ނަގާފައިވާ ކަމަށާއި އޭގެ ތެރެއިން 99 މީހެއްގެ ނަތީޖާ ނެގެޓިވް ...

ހުޅުމީދުން އިތުރު14 މީ ހަކު ކޮވިޑް 19އަށް ޕޮޒިޓިވް ވެއްޖެ

ހުޅުމީދުން އިތުރު14 މީ ހަކު ކޮވިޑް 19އަށް ޕޮޒިޓިވް ވެއްޖެ މިއަދު ޕޮޒިޓިވްވި 14 މީހުންގެ ތެރޭގައި ހިމެނެނީ ...

ޒުބޭރުގެ މަރާއިބެހޭ މައުލޫމާތުތަކުގެ ޞައްޙަކަންދަނީ ކަށަވަރުކުރަމުން – އެން.ސީ.ޓީ.ސީ

ސީރިޔާގައި ހިންގަމުންދާ ދާޚިލީ ހަނގުރާމައިގެ ތެރޭގައި ބޯބުރިކޮށްލައި އަނިޔާވެރި ގޮތަކަށް މަރާލާފައިވާ ކަމަށް ބުނެ ބައެއް މީޑިއާތަކުން ޚަބަރު ...