ޔޫރޯ އަންޑަރ ޓުވެންޓީވަން ފުޓްބޯޅަ މުބާރާތް: މިރޭ ފައިނަލްމެޗް ކުޅެވޭނެ

advertisement

ޔޫރޯ އަންޑަރ ޓުވެންޓީވަން ފުޓްބޯޅަ މުބާރާތުގެ ފައިނަލްމެޗް މިރޭ ކުޅެވޭނެއެވެ.

މިރޭ ރާއްޖޭގެ ގަޑިން 12 ޖަހާއިރު ކުޅުމަށް ހަމަޖެހިފައިވާ ފައިނަލްމެޗްގައި ބައްދަލުކުރާނީ ޕޯޗްގަލްއާއި ޖަރުމަނެވެ.  

މިއީ ޖަރުމަނުވިލާތުގެ ޓީމް މިމުބާރާތުގެ ފައިނަލްގައި ޖެހިޖެހިގެން ދާވަކުރާ ތިންވަނަ ފަހަރެވެ. 2017 ވަނަ އަހަރު މިމުބާރާތް ކާމިޔާބުކުރި ޖަރުމަނު ޓީމްވަނީ 2019 ވަނައަހަރުގެ ފައިނަލްގައިވެސް ވާދަކޮށްފައިވެއެވެ. ނަމަވެސް އެފަހަރު ސްޕެއިން އަތުން ޖަރުމަންވަނީ ބަލިވެފައެވެ

ޕޯޗްގަލްޓީމް

މިރޭ ފައިނަލްގައިވާކުރާ ޕޯޗްގަލްޓީމްގައި  2016 ވަނަ އަހަރު ޔޫރޯ އަންޑަރ ސެވަންޓީން މުބާރާތް ޕޯޗުގަލް ކާމިޔާބުކުރި ޓީމްގައި ހިމެނޭ ޑިއޮގޯ ޑަލޮޓް، ޑިއޮގޯ ލެއިޓެ، ގެޑްސަން ފެނާންޑޭޒް، ޑިއޮގޯ ކޯސްޓަރ، ޑިއޮގޯ ކުއިރޯސް، ޖޮޓާ، ޕްލޮރެންޓީނޯ އަދި ރަފައެލް ލިއާއޮ ޓީމްގައި ހިމެނެއެވެ.

އަދި އޭގެ ދެ އަހަރުފަހުން އަންޑަރ ނައިންޓީން ފައިނަލްގައި އިޓަލީ ބަލިކޮށް ތަށި އުފުލާލި ޕޯޗުގަލް ޓީމްގައި ހިމެނުނު ޖާއޮ ވަރޖީނިއާ، ފްލޮރެންޓީނޯ އަދި ޖޮޓާ ވަނީ ހިމެނިފައިވެއެވެ. އެހެންކަމުން ޕޯޗްގަލްޓީމަކީ ވަރުގަދަ ޓީމެއްގެ ގޮތުގައި ވަނީ ބަލިވެފައެވެ.  

ޕޯޗްގަލް މިމުބާރާތުގެ ފައިނަލުން ޖާގަހޯދީ ކްއާޓާފައިނަލްގައި އިޓަލީ ބަލިކޮށް ސެމީފައިނަލްގައި އެންމެފަހުގެ ޗެމްޕިއަން ސްޕެއިން ބަލިކުރުމަށްފަހުގައެވެ.

މިމުބާރާތުގެ ފައިނަލުން ޖަރުމނު ޓީމް ޖާގަހޯދީ ކްއާޓަރ ފައިނަލްގައި ޑެންމާކް އާއި ބައްދަލުކުރިމެޗް ޕެނަލްޓީ ޖަހައިގެން ކާމިޔާބުކޮށް ސެމިފައިނަލްގައި ނެދަލަންޑްސް އާއި ބައްދަލުކުރިމެޗް ކާމިޔާބުކޮށްގެންނެވެ.

ސެމީފައިނަލްގައި ސްޕެއިން ޕޯޗްގަލް ބައްދަލުކުރިމެޗްގެ އުސްއަލިތައް
advertisement
  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

އައްޑޫ ސިޓީގައި 25 މިލިޔަން ރުފިޔާގެ މަޝްރޫޢުވަނީ ހިންގާފައި – މިނިސްޓަރ

މިދިޔަ ދޮޅު އަހަރު ދުވަހުގެ ތެރޭގައި ޒުވާނުންނާއި ކުޅިވަރާއި މުޖުތަމަޢު ބާރުވެރިކުރުވުމުގެ ދާއިރާއިން އައްޑޫ ސިޓީގައި 25 މިލިޔަން ...

ރައީސް ނަޝީދުގެ ފެކްޝަނުގެ ނަމަކީ ވެރިކަމަށް ދަންޖެހޭ ފެކްޝަން: ރޮޒެއިނާ

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ ފެކްޝަނަކީ ވެރިކަމަށް ދަންޖެހޭ ފެކްޝަނެއް ކަމަށް އައްޑޫ ...