ގައުމީ އެއްބައިވަންތަކަމުގެ ދުވަސް މީދޫގައިި ފާހަގަ ކޮށްފި

ގައުމީ އެއްބައިވަންތަކަމުގެ ދުވަސް ފާހަގަ ކުރުމުގެގޮތުން މީދޫ  އަވަށު އޮފީހާއި މީދޫގެ ކްލަބް ޖަމްއިއްޔާތަކާއި މީދޫގައި މަސައްކަތްކުރާ ވޮލަންޓިއަރުންގެ ބައިވެރިވުމާއެކު މީދޫގައި އިއްޔެ ގިނަ ހަރަކާތްތަކެއް ބާވައިފިއެވެ.

 އިއްޔެ ފާހަގަކުރެވުނު އެއްބައިވަންތަކަމުގެ ދުވަސް މީދޫގައި ފާހަގަ ކުރުމަށް ބޭއްވުނުު ހަރަކާތްތައް ފެށިފައިވަނީ ޝަރީފީ ޕްރީ ސްކޫލްގައި  އަންހެނުންގެ ބޮޑު ޖަމާއަތުގައި ބޭއްވުނު  ފަތިސްނަމާދުންނެވެ. ނަމާދަށްފަހު ޚަތިމް ކުރުންވެސް ބޭއްވިފައިވެއެވެ.

 އެއަށްފަހު  ބައިވެރިން އަތޮޅު މަދަރުސާކައިރިއަށް  ގޮސް އެއްބައިވަންތަކަމުގެ ހިގާލުން ބާއްވާފައިވެއެވެ. ގައުމީ ދިދަ ހިފައިގެން ކުރިއަށް ގެންދެވުނު މިހިގާލުން ބާއްވާފައިވަނީ އަތޮޅު މަދަރުސާކައިރިން ފަށައިގެންގޮސް މީދޫ ކޯގަންނު ގަބުރުސްތާނު ކައިރީގައި ތައްޔާރުކޮށްފައިވާ  ފިނި މައިޒާން ކައިރިއަށެވެ.

މީދޫގައި އެއްބައިވަންތަކަމުގެ ދުވަސް ފާހަގަކުރުމަށް ބޭއްވުނު ހަރަކާތުގައި ބައިވެރިވި އަތޮޅުމަދަރުސާގެ ދަރިވަރުން

މިހިގާލުމުގައި ސީނު އަތޮޅު މަދަރުސާގެ ދަރިވަރުންވެސް ބައިވެރިވެފައިވާކަން ފާހަގަކޮށްލަންޖެހެއެވެ.

މީދޫގައި އިއްޔެ ފާހަގަ ކުރި ގައުމީ އެއްބައިވަންތަ ކަމުގެ އަތު ގުޅާލުމަކާއި ހަމަހިމޭންކަމުގެ ސުކޫތު ބޭއްވުނީ އިއްޔެ ހަވީރުއެވެ.

އިއްޔެ ހަވީރު މީދޫ ކޯގަންނު ރަފަޅާ ފިނިމައިޒާން ސަރަހައްދުގައި ބޭއްވުނު އަތުގުޅާލުމުގައި ސުކޫތުގައިވެސް  މީދޫގެ ގިނަ އަދަދެއްގެ ޒުވާނުންނާއި ކުދި ބޮޑު މީހުން ބައިވެރިވެފައިވާއިރު  އަތުގުޅާލުމާއި ސުކޫތަށްފަހު ކުޑަކުދީންނާއި ބޮޑެތި މީހުންގެ މެދުގައި ތަފާތު ކުޅިވަރުތައް ބޭއްވުނެވެ.

ގައުމީ އެއްބައިވަންތަ ކަމުގެ ދުވަސް ފާހަގަ ކުރުމަށް މީދޫގައި ކުރިއަށް ގެންދެވުނު ހަރަކާތްތައް ނިންމާމާލީ ރޭ ޓާފް ދަނޑުގައި ބޭއްވުނު ޚާއްސަ ފުޓްބޯޅަ މެޗަކަށްފަހުގައެވެ. މިމެޗްގައި ބައްދަލުކޮށްފައިވަނީ މީދޫ ޒުވާނުންގެ ތެރެއިން ނެގުނު ދެޓީމެކެވެ.

2004ގެ ސުނާމީގަިއ މީދޫއަށް ގެއްލުމެއް ނުވިކަމުގައި ވިޔަސް އަވަށްޓެރި ހުޅުދޫއާއި ރާއްޖޭގެ ރަށްތަކަށް ލިބުނު ގެއްލުމާއި އާއިލާތަކަށް ލިބުނު ހިތާމާގައި މީދޫގެ ރައްޔިތުން ވެސް ބައިވެރިވާކަން ހާމަކޮށްދިނުމުގެ ގޮތުން ކޮންމެ އަހަރަކުވެސް މީދޫގައި ގައުމީ އެއްބައިވަންތަ ކަމުގެ ދުވަސް ފާހަގަ ކުރެއެވެ.

އިއްޔެ ހަވީރު މީދޫ ރާފަޅާ ފިނިމައިޒާންގައި އެއްބަައިވަންތަ ކަމުގެ ދުވަސް ފާހަގަކުރުމަށް ބޭއްވުނު ހަރަކާތުގެ ތެރެއިން ނެގިފައިވާ ބައެއް ފޮޓޯތައް ތިރީގައި

އެއްބައިވަންތަކަމުގެ ދުވަސް ފާހަގަކުރުމަށް ރާފަޅާ ފިނިމައިޒާނުގައިބޭއްވުނު ބައްދަލުވުގެ ތެރެއެިން

އެއްބައިވަންތަކަމުގެ ދުވަސް ފާހަގަކުރުމަށް ރާފަޅާ ފިނިމައިޒާނުގައިބޭއްވުނު ބައްދަލުވުގެ ތެރެއެިން

އެއްބައިވަންތަ ކަމުގެ ދުވަސް ފާހަގަކުރުމަށް ބޭއްވުނު އަތުގުޅާލުން

އެއްބައިވަންތަކަމުގެ ދުވަސް ފާހަގަކުރުމަށް ބޭއްވުނު ރަސްމިއްޔާތުގައި ބައިވެރިވި ބޭރުގެ ދެމެހުމާނަކާ މީދޫ އޮފީހުގެ ޑިރެކްޓަރ ބައްދަލުކުރައްވަނީ

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ފަތުރުވެރިކަމުގެ ދާއިރާ: ދިވެހީންނަށް ލިބޭ އިނާޔަތްތައް ބޮޑުކުރުމަށް މަޖިލިހުގެ ގިނަމެމްބަރުން ގޮވާލައްވައިފި

ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ ދިވެހީންނަށް ލިބޭ އިނާޔަތްތައް ބޮޑުކުރުމަށް މަޖިލިހުގެ ގިނަމެމްބަރުން ގޮވާލައްވައިފިއެވެ. މެމްބަރުން މިގޮތައް ގޮވާލެއްވީ ޓުއަރިޒަމް ...

ގެއްލިގެން ހޯދަމުން ދިޔަ މީހާ ފެނިއްޖެ : ފުލުހުން

ހުޅުމާލޭ ފޭސް ދޭކުން ގެއްލިގެން ހޯދަމުން ދިޔަ މީހާ ފެނިފައިވާ ކަމަށް ފުލުހުން ބުނެފިއެވެ. ގެއްލިގެން ހޯދަމުން ދިޔައީ ...

ކޮވިޑާ ގުޅިގެން ދިން އާސަންދަ ލުއިތައް އުވާލައިފި

ކޮވިޑް-19 އާއި ގުޅިގެން އާސަންދަ ސްކީމްގެ ހިދުމަތް ދިނުމުގައި ދިން ލުއިތައް އުވާލައިފިއެވެ. އާސަންދައިން ބުނީ ކޮވިޑް-19 އާ ...