ތޮއްޑޫ ދާގަބާ ސަރަހައްދު ސައިޓް މިއުޒިއަމެއްގެ ގޮތަށް ތަރައްގީ ކުރަން ނިންމައިފި

ރާއްޖޭގެ އާސާރީ ތަނެއްކަމަށްވާ އއ.ތޮއްޑޫ ދާގަބާ ސަރަހައްދު ސައިޓް މިއުޒިއަމެއްގެ ގޮތަށް ތަރައްގީ ކުރުމަށް ހެރިޓޭޖް މިނިސްޓްރީން ނިންމައިފިއެވެ.

ހެރިޓޭޖް މިނިސްޓްރީން ކުރި އިއްޔެ އިއުލާނެއްގައި ބުނީ ސަގާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒުން ދޭ މަޢުލޫމާތާއި އެއްގޮތަށް ތޮއްޑޫ ދާގަބާ ސަރަހައްދު ސައިޓް މިއުޒިއަމެއްގެ ގޮތަށް ތަރައްގީ ކުރުމަށް ބޭނުންވާ ކަމަށެވެ.

އެ ގޮތުން ކޮންސެޕްޓް ޑިޒައިނާއި ތަފްސީލީ ކުރެހުންތައް ތައްޔާރު ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވާ ކަމަށާއި, މި މަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވާ ކުދި އަދި މެދު ފަންތީގެ ވިޔަފާރި ދަފުތަރުގައި ރަޖިސްޓްރީ ކޮށްފައިވާ ހުރިހާ ފަރާތްތަކަށް ފުރުސަތު ހުޅުވާލައިފައިވާ ކަމަށެވެ.

މި މަސައްކަތުގެ މަޢުލޫމާތު ސާފުކުރުން އޮންނާނީ މި މަހު 25 ވަނަ ދުވަހުގައި ކަމަށާއި, ބިޑް ހުށަހެޅުން އޮންނާނީ އަންނަ އޮގަސްޓުމަހުގެ 08 ވަނަ ދުވަހުގައިކަމަށް ހެރިޓޭޖް މިނިސްޓްރީން ވަނީ ބުނެފައެވެ.

މަސްދަރު: ދިޑެއިލީ

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

އައްޑޫ ކްލަބަކުން ކޮވިޑް 19 ގެ ހާލަތުގައި ބޭނުން ކުރެވޭ ބައެއް ތަކެތި ހަނިމާދޫ ކައުންސިލަށް ހަދިޔާކޮށްފި

ކޯވިޑް-19 ހާލަތުގައި ބޭނުން ކުރެވޭނެ ބައެއް ތަކެތި  އައްޑު އަތޮޅުގެ ހިތަދޫއަށް ނިސްބަތްވާ ފުޓްބޯޅަ ކުލަބެއް ކަމުގައިވާ އެފްސީ ...

ކޮވިޑް-19: އައްޑޫސިޓީން އިތުރު 04 ކޭސް

އައްޑު ސިޓީގައި ކޮވިޑު ކޮންޓްރޯލު ނުކުރެވި، ދުވާލެއްގެ މައްޗަށް ޕޮޒިޓިވް ވާ މީހުންގެ އަދަދު އާއްމުކޮށް ވިހި މީހުންނަށްވުރެ ...

އިތުރު 11 މީހަކު ކޯވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ

އިތުރު 11 މީހަކު ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވެއްޖެއެވެ. މި 11 މީހުންގެ ތެރޭގައި ހިމެނެނީ 8 ދިވެހިންނާއި ބަންގްލަދޭޝްގެ ...