ދެކުނު ކޮރެއާއިން ޕޯޗުގަލް ބަލިކުރުމުން އުރުގުއޭ ކަޓައިފި، ކޮރެއާއާއި ޕޯޗުގަލް އަނެއް ބުރަށް

ފީފާ ވޯލްޑް ކަޕުގައި ރޭ ޕޯޗްގަލްއާއި ދެކުނު ކޮރެއާއި ބައްދަލުކުރި މެޗްގައި ދެކުނު ކޮރެއާއިން ފަހުވަގުތު ޖެހި ލަނޑުން ޕޯޗުގަލް ބަލިކޮށް ދެކުނު ކޮރެއާއިން މުބާރާތުގެ ދެވަނަ ބުރުން ޖާގައެއް ހޯދައިފި އެވެ.

ރޭ ޕޯޗުގަލްއާއި ދެކުނު ކޮރެއާ ބައްދަލުކުރި މެޗު 2 – 1 ން ކޮރެއާއިން ކާމިޔާބުކުރިއިރު ގްރޫޕުގެ އަނެއް މެޗުގައި ގާނާއާއި އުރުގުއޭ ބައްދަލުކުރި މެޗު ނިމުނީ 2 – 0 ން އުރުގުއޭ މޮޅުވެގެންނެވެ.

ޕޯޗުގަލް ދެވަނަ ބުރަށް ދަތުރުކުރީ ގްރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައި ޖުމްލަ 6 ޕޮއިންޓާއެކު އެވެ. އަދި ދެކުނު ކޮރެއާ ދެވަނަ ބުރަށް ދަތުރުކުރީ 4 ޕޮއިންޓާއެކު ދެވަނަ ޓީމުގެ ގޮތުގައި އެވެ. އުރުގުއޭއަށް ވެސް 4 ޕޮއިންޓް ލިބިފައިވާއިރު ފައިދާ ގޯލުން ބަލާއިރު ވެސް ދެޓީމު އެއްވަރެވެ. އެހެންކަމުން ކޮރެއާއަށް ކުރި ލިބެނީ ޖެހި ގޯލުގެ އަދަދަށް ބަލައިގެންނެވެ.

ގްރޫޕުގެ ފުލުގައި އޮތް ގާނާއަށް ލިބިފައިވަނީ 3 ޕޮއިންޓެވެ. ރޭ ޕޯޗްގަލްއާއި ދެކުނު ކޮރެއާ ބައްދަލުކުރި މެޗުގެ ވަރަށް ކުރީކޮޅު ޕޯޗުގަލުން ލީޑު ނެގި އެވެ. ރިކާޑޯ ހޯޓާގެ ލަނޑުން 5 ވަނަ މިނެޓުގައި ޕޯޗުގަލުން ލީޑު ނެގި އެވެ. ނަމަވެސް މެޗުގެ ފުރަތަމަ ހާފު ނިމުމުގެ ކުރިން ކޮރެެއާގެ ކިމް ޔަންގް ގްވޮން ވަނީ ކޮރެއާއަށް ލަނޑެއް ކާމިޔާބުކޮށްދީ ނަތީޖާ ހަމަހަމަކޮށްދީފަ އެވެ.

ރޭގެ މިގްރޫޕްގައި ކުޅެވުނު އަނެއް މެޗުގައި އުރުގުއޭއިން ގާނާގެ މައްޗަށް ކުރިހޯދީ 2 – 0 ންނެވެ. މިމެޗުގައި ވާދަވެރި ކުޅުމެއް ދެޓީމުގެ ފަރާތުން ވެސް ފެނިގެންދިޔައިރު އުރުގުއޭއިން ވަނީ ފުރަތަމަ ހާފުގައި ދެލަނޑު ޖަހާ ފަ އެވެ.

މެޗް ނިމުމުން އުރުގުއޭގެ ކުޅުންތެރީން ރެފްރީއާއިދިމާކުރުމަށް މަސައްކަތްކުރި

އުރުގުއޭގެ ދެލަނޑު ވެސް ޖަހައިދިނީ ޖިއޮޖިއާން ޑި އަރަސްކައޭޓާ އެވެ. އެލަނޑުތައް ޖެހުމުގެ ކުރިން އަދި ފަހުން ވެސް ގާނާއަށް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތައް ލިބުނު ނަމަވެސް ކާމިޔާބުވާ ގޮތެއް ނުވި އެވެ.

ސުއަރޭޒް: މުބާރާތުން ކެޓުމުން އެކަމާ ވަރަށް ބޮޑަށް ދެރަވެ ރޮވިފައި

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

މިއަދުވެސް ޝަމްސުއްދީން ސްކޫލްގެ ޓީމު ބޮޑުތަފާތަކުން ބަލިވެއްޖެ

އައްޑޫސިޓީގެ ސްކޫލްތަކުގެ މެދުގައި ބޭއްވޭ މައިލޯ އިންޓަރ ސްކޫލް ފުޓްބޯޅަ މުބާރާތުގައި މިއަދު މެންދުރު  ކުޅެވުނު 14 އަހަރުން ...

އިޓަލީން ފަހަތުން އަރާ ފްރާންސް ބަލިކޮށްފި

ޔުއެފާ ނޭޝަންސް ލީގުގެ ގްރޫޕް ދޭއްގައި ފްރާންސާއި އިޓަލީ ބައްދަލުކުރި މެޗު، އިޓަލީން ކާމިޔާބު ކޮށްފިއެވެ. އިޓަލީން މި ...

އޭއެފްސީ ކަޕުގެ ބައެއް މެޗުތައް އައްޑޫގައި

އޭއެފްސީ ކަޕް ފުޓްބޯޅަ މުބާރާތުގެ ގްރޫޕް ސްޓޭޖުގެ ބައެއް މެޗުތައް އައްޑޫގައި ކުޅެން ނިންމައިފިއެވެ. އޭއެފްސީ ކަޕްގެ ބައެއް ...