އިޓަލީން ފަހަތުން އަރާ ފްރާންސް ބަލިކޮށްފި

ޔުއެފާ ނޭޝަންސް ލީގުގެ ގްރޫޕް ދޭއްގައި ފްރާންސާއި އިޓަލީ ބައްދަލުކުރި މެޗު، އިޓަލީން ކާމިޔާބު ކޮށްފިއެވެ. އިޓަލީން މި މެޗު ކާމިޔާބު ކޮށްފައި ވަނީ ފްރާންސުން ލަނޑެއް ޖަހާފައި ވަނިކޮށް ފަހަތުން އަރާ ތިން ލަނޑު ޖަހައިގެން 3 ލަނޑު 1 ލަނޑުންނެވެ.

ރޭ މެޗުގެ ފުރަތަމަ މިނެޓުގައި ލަނޑުޖަހައި ފްރާންސަށް ލީޑު ހޯދައިދިނީ ބާކޯލާއެވެ. އިޓަލީން މެޗުގެ ނަތީޖާ ހަމަހަމަ ކުރީ 30 ވަނަ މިނެޓުގައި ޓޮނާލީ ތަނަވަސް ކޮށްދިން ފުރުސަތެއްގައި ޑިމާކޯ ޖެހި ލަނޑުންނެވެ. ފުރަތަމަ ހާފު ނިމިގެން ދިޔައީ ދެ ޓީމް އެއްވަރު ވެގެންނެވެ.

މެޗުގެ ދެވަނަ ހާފު ފެށިތާ ފަސް މިނެޓްގެ ތެރޭ މަޓެއޯ ރެޓޭގީ ތަނަވަސް ކޮށްދިން ފުރުސަތެއްގައި ފްރަޓޭސީ ވަނީ ލަނޑުޖަހައި އިޓަލީއަށް ލީޑު ނަގައިދީފައެވެ. މެޗުގައި އިޓަލީގެ ތިންވަނަ ލަނޑު 74 ވަނަ މިނެޓުގައި ޖެހީ ރަސްޕަޑޯރީއެވެ.

މިމެޗު އިޓަލީވިލާތުން ކާމިޔާބު ކުރި ނަމަވެސް މެޗު ނިމެން ގާތްވެފައިވަނިކޮށް އެޓީމުގެ އެންމެ ފާހަގަ ކޮށްލެވޭ އެއް ޑިފެންޑާ ކަމުގައިވާ ރިކާޑޯ ކަލަފިއޯރީއަށް އަނިޔާވެގެން ވަނީ ބާލަން ޖެހިފައެވެ. ކަލަފިއޯރީއަށް އަނިޔާވެފައިވަނީ ފަރަންސޭސިވިލާތުގެ އުސްމާން ޑެންބެލޭ އަތުން ބޯޅަ ހޯދަން އުޅުމުގެ ތެރޭގައެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ފޭދޫސްކޫލްގެ މައްޗަށް ހުޅުދޫސްކޫލް ކާމިޔާބު ހޯދައިފި

މަމެން އައްޑޫ އިންޓަރ ސްކޫލް ފުޓްބޯޅަ މުބާރާތުގެ 12 އަހަރުން ދަށުގެ އުމުރުފުރާގައި ހުޅުދޫ ސްކޫލް ކުޅުނު ދެވަނަމެޗް ...

ރަސްރަނި ނެޓްބޯޅަ ޗެލެންޖް –ޝިފްނާގެ މޮޅު ކުޅުމާއެކު ހެލްތު ސެންޓަރުން މިފްކޯ ބަލިކޮށްފި

ހުޅުދޫގައި މިހާރު ފެށިގެން ކުރިއަށް ގެންދާ” އައްޑޫސިޓީ ރަސްރަނި ނެޓްބޯޅަ ޗެލެންޖް 2022″ ނެޓްބޯޅަ މުބާރާތުގައި އިއްޔެ ކުޅެވުނު ...

ޔުވެންޓަސް ބަލިކޮށް ރެއާލް މެޑްރިޑް ސެމީއާ ގާތަށް

ޔުވެންޓަސްގެ މައްޗަށް 3 ލަނޑު 0 ލަނޑުން ކުރި ހޯދާއިގެން ޗެމްޕިއަންސްލީގުގެ ސެމީ ފައިނަލާ ގާތަށް ރެއާލް މެޑްރިޑް ...