ކޮރޯނާވައިރަސް އަށް ޝައްކުވެގެން ދިވެއްސަކު ކަރަންޓީނު ކޮށްފި

advertisement

ކޮރޯނާވައިރަސްއަށް ޝައްކުކުރެވޭ މީހަކު ރާއްޖެއިން ފެނިގެން ކަރަންޓީނުކޮށްފިކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ.

ކޮރޯނާ ވައިރަސްއާ ގުޅޭގޮތުން ރޭ ހެލްތު މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވީ ޗައިނާއިން އައި އުމުރުން 20 އަހަރުގެ ދިވެހި ފިރިހެނެއް ކޮރޯނާ ވައިރަސް އަށް ޝައްކުކުރެވޭ އަލާމާތް ފެނި އޭނާ ކ. ފުނަދޫގައި ކަރަންޓީނުކޮށްފައިވާ ކަމަށެވެ.

އެމީހާ ރާއްޖެ އައިސްފައިވަނީ ބުދަ ދުވަހުގެ ރޭގެ ވަގުތެއްގައި ކަމަށާއި އެމީހާ ރާއްޖެ އައިސް އެއާޕޯޓުން ބެލިއިރު ހުމުގެ އަސަރެއް ނެތް ކަމަށް އަމީން ވިދާޅުވިއެވެ. އެހެންނަމަވެސް ގެއަށް ދިޔަ ފަހުން ރޯގާގެ އަސަރު ހުރިކަން ފާހަގަކުރެވިގެން އޭނާ ގޮސް ޓެސްޓުކޮށްފައިވާ ކަމަށް އަމީން ފާހަގަކުރެއްވި އެވެ.

“އެހެންނަމަވެސް އޭނާގެ ސްކްރީނިންގެ ތެރޭގައި އޭނާގެ ޓްރެވެލް ހިސްޓްރީ އާއި އޭނާ ދިޔަ ތަންތަނުގެ މައުލޫމާތު ހޯދުމުގެ ތެރެއިން ފާހަގަކުރެވުނީ ވޭތުވެދިޔަ 14 ދުވަހުގެ ތެރޭގައި މީޓް މާކެޓަކަށް ގޮސްފައިވާކަން،” އަމީން ވިދާޅުވިއެވެ.

ޝައްކުކުރެވޭ މީހާގެ ހުރި ހަމައެކަނި އަލާމާތަކީ އަރިދަފުސް ރޯގާ ކަމަށާއި އޭނާގެ ހާލު ސީރިއަސް ނޫން ކަމަށް އައިޖީއެމްއެޗުން ބުނެއެވެ.

މިނިސްޓަރު އަމީން ވިދާޅުވީ ވައިރަސް އަށް ޝައްކު ކުރެވޭ މީހާ ފާއިތުވި 14 ދުވަހުގެ ތެރޭގައި ގޮސްހުރި ތަންތައް ބަލާނެ ކަމަށެވެ.

އެ ވައިރަސްއާ ގުޅިގެން އެމީހާގެ އާއިލާއަށް ދޭން ޖެހޭ މައުލޫމާތު ދީ، އިތުރަށް ކުރަން ޖެހޭ މަސައްކަތްތައް ކުރަމުންދާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

މީދުއަށް ސިޔާސީ ބާރުވެރިކަން ހޯދަން ލިބޭ  އެންމެ ފަހި ފުރުސަތު- ޝާހިދު

މީދޫގެ ސީޔާސީ ބާރުވެރިކަން ދެމެހެއްޓުމަށްޓަކައި މީދޫއަށް އުފަން މީދޫގެ ތައުލީމީ ގާބިލް ބޭފުޅަކު މަޖިލިހުގެ މީދޫ ދާއިރާގެ ގޮޑިއަށް ...

ކޮވިޑް-19 : ފުލޫ ކްލިނިކްތަކުން ޕޮޒިޓިވްވާ މީހުން އިތުރުވެ ނުރައްކާ ބޮޑުވަނީ!

ފުލޫ ކުލިނިކް ތަކުން ކޯވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު އިތުރުވެފައިވާކަމަށް ހެލްތް އެމަރޖެންސީ އޮޕަރޭޝަން ސެންޓަރ، އެޗްއީއޯސީން ...

އިވާ ސަލާމް ބުނީ ޑެންގޫއަށް ޕޮޒިޓިވް ވެގެން!

ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މިއަދަށް އެޖެންޑާ ކޮށްފައި ވަނިކޮށް މަޖިލިހުގެ ނައިބު ...