އައްޑޫސިޓީން އިތުރު 23 މީހަކު ކޮވިޑް 19 އަށް ޕޮޒިޓިވްވެއްޖެ

އައްޑޫ ސިޓީން އިތުރު 23 މީހަކު ކޮވިޑަށް ޕޮޒިޓިވްވެ އައްޑޫސިޓީގެ އެކްޓިވް ކޭސްގެ އަދަދު 227 އަށް އަރައިފިއެވެ.

އައްޑޫ ހޮސްޕިޓަލުން ހާމަކޮށްފައިވާގޮތުގައި އަންގާރަ ދުވަހުގެ އިރުއޮއްސި ހަޔަކުން ބުދަދުވަހުގެ އިރުއޮއްސި ހަޔަކަށް އައްޑޫސިޓީން ކޮވިޑް 19 އަށް ޓެސްޓް ކުރުމަށް ނެގުނު 206 ސާމްޕަލްތަކުގެ ތެރެއިން ޕޮޒިޓިވްވި 23 މީހުންގެ ތެރޭގައި ހިމެނެނީ 22 ދިވެހީންނާއި 1 ބިދޭސީއެކެވެ.

އައްޑޫސިޓީން އަލަށް ޕޮޒިޓިވްވި 23 މީހުންގެ ތެރޭގައި ހިމެނެނީ ހިތަދުން ޕޮޒިޓިވް ވެފައިވާ 7 މީހަކާއި  މަރަދޫން  ޕޮޒިޓިވްވި  3 މީހުން އަދި މަރަދޫފޭދުން ޕޮޒިޓިވްވި  2 މީހެއްގެ އިތުރަށް  ފޭދޫ އިން ޕޮޒިޓިވްވި 11 މީހެކެވެ. މި އެންމެންނަކީވެސް ޑައިރެކްޓް ކޮންޓެކްޓުން ކަމަށް އައްޑޫ ހޮސްޕިޓަލުން (އޭއީއެޗު) އިން ހާމަކޮށްފައިވެއެވެ.

އައްޑޫ ހޮސްޕިޓަލުން އިތުރަށް ހާމަކޮށްފައިވާގޮތުގައި  ޑައިރެކްޓު ކޮންޓެކްޓުންގެ ގޮތުގައި އައްޑޫސިޓީގައި މިހާރު ތިބީ 424 މީހެކެވެ.

 އައްޑޫސިޓީން ކޮވިޑްޖެހުނު މީހުންގެ ތެރެއިން އަންގާރަ ދުވަހުގެ އިރުއޮއްސި ހަޔަކުން ބުދަދުވަހުގެ އިރުއޮއްސި ހަޔަކަށް 23 މީހަކު ބަލިން ފަސޭހަވެގެން ދޫކޮށްލާފައިވާކަމަށްވެސް އައްޑޫ ހޮސްޕިޓަލުން ހާމަކޮށްފައިވެއެވެ.

 23 މީހުން ބަލިން ފަސޭހަވަގެން  ދޫކޮށްލުމުން އައްޑޫސިޓީގެ  އެކްޓިވް ކޭސްގެ މިހާރުގެ އަދަދަކީ 227 އެވެ. އެއީ ހިތަދޫގައި ތިބި 84 މީހަކާއި މަރަދޫގައި ތިބި 26 މީހަކާއި މަރަދޫފޭދޫގައި ތިބި 23 މީހަކާއި ފޭދޫގައި ތިބި 92 މީހަކާއި މީދޫގައި ތިބި 2 މީހެކެވެ.

އައްޑޫއިން މިހާތަނަށް ކޮވިޑް-19 އަށް ޓެސްޓްކުތުމަށް 24245 ސާމްޕަލް ނަގާފައިވާއިރު އޭގެތެރެއިން ޕޮޒިޓިވްވެފައިވަނީ 1576 މީކެވެ. އަދި އޭގެތެރެއިން ބަލިން ފަސޭހަވެގެން  1346 މީހަކު ވަނީ ދޫކޮށްލެވިފައެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

މިސަރުކާރުގެ ސްލޯ ވާހަކަދައްކާއިރު, މިދިޔަ ސަރުކާރު މާބޮޑަށް ސްލޯ: މަބްރޫކް

މަޝްރޫއުތައް ހިންގުމުގައި މި ސަރުކާރަށްވުރެ، މިދިޔަ ސަރުކާރުގެ ސްޕީޑް ލަސް ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް ...

އައްޑޫގެ ސްކޫލްތައް ބަންދުކޮށްފި

އައްޑޫ ސިޓީގެ ސްކޫލްތައް ދެހަފްތާގެ މުއްދަތައް ބަންދުކުރަން ނިންމައިފިއެވެ. ކޮވިޑް 19 އާއި ގުޅިގެން އައްޑޫ އިމަޖެންސީ އޮޕްރޭޝަން ...

އައްޑޫ މަސް ފެކްޓްރީގައި ޖާގަ ނެތުމުން، ބޮޑެތި ދޯނި ފަހަރުތަކުން މަސް ކިރުވަން ކޫއްޑޫއަށް ދިޔުމަށް މިފްކޯއިން އެދިއްޖެ

އައްޑޫ ފިޝަރީޒް ކޮމްޕްލެކްސްގެ ބްރައިން ޓޭންކު މަރާމާތު ކުރުމުގެ މަސައްކަތެއް ކުރެވެމުންދާތީ، ބޮޑެތި ދޯނި ފަހަރުތަކުން މަސް ކިރުވުމަށް ...