މާދަމާއިން ފެށިގެން މަޖިލީހުގެ ޖަލްސާ މަޖިލިސް ކުރާ ގޭގައި ބާއްވަން ނިންމައިފި

ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައި، މާދަމާ އިން ފެށިގެން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް، މަޖިލިސް ކުރާ ގޭގައި ބާއްވަން ނިންމައިފިއެވެ.

ރައްޔިތުން މަޖިލިހުގެ ޖަލްސާ އޮންލައިންކޮށް ބާއްވަމުން އައިއައުން ކުއްލިއަކަށް ހުއްޓަވާލައްވައި  މާދަމާ ބޭއްވުމަށް ހަމަޖެހިފައިވާ މަޖިލިހުގެ 2020 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ 40 ވަނަ ޖަލްސާ އިން ފެށިގެން ބާއްވާ ޖަލްސާތައް މަޖިލިހުގެ އިދާރާގައި ބޭއްވުމަށް މަޖިލިހުގެ އިދާރާއިން މިހާރުވަނީ ހަމަޖައްސަވާފައެވެ.

ކޮވިޑް-19 ބަލިމަޑުކަން ރާއްޖެއަށް ކުރިމަތިވުމާ ގުޅިގެން ރައްޔިތުން މަޖިލިހުގެ ޖަލްސާތައް އޮންލައިންކޮށް ވެބްސެމިނާ މެދުވެރިކޮށް އިންޓަނެޓުގެ ޒަރީޔާއިން ކުރިއަށް ގެންދާތާ ދުވަސްތަކެއް ފާއިތުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން މިއަދު ވަނީ މަޖިލިސް ކުރާ ގޭގައި ބާއްވާ ޖަލްސާތަކުގެ އެތެރޭގެ އިންތިޒާމްތައް ހަމަޖެހިފައިވާ ގޮތް އާންމުކޮށްފައެވެ.

އެގޮތުން ޖަލްސާ ކުރާ މާލަމުގައި އެއް ވަގުތެއްގައި އެންމެ ގިނަވެގެން ތިއްބަވާނީ 42 މެމްބަރުން ކަމަށާއި، މެމްބަރުން އިށީނދެވަޑައިގެން ތިއްބަވާނީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ އެކަށައަޅައި އަންގާފައިވާ ދުރުމިނުގައި އަދި އެއް ވަގުތެއްގައި އެއް މޭޒެއްގައި ދެ މެމްބަރުން ނުތިއްބަވާ ގޮތަށް ކަމަށްވެސް މަޖިލީހުން ބުނެއެވެ.

އަދި ވަކި އިންތިޒާމެއްގެ ދަށުން މެމްބަރުން ވަދެވަޑައިގެން ވޯޓުލުމުގަައި ބައިވެރިވެވަޑައިގަތުމަށް ފަހު މާލަމުން ނުކުމެވަޑައިގަތުމުން ބާކީ ތިއްބެވި މެމްބަރުން މާލަމަށް ވަދެވަޑައިގެން ވޯޓުގައި ބައިވެރިވެވޭނެ އިންތިޒާމު ވެސް ވަނީ ހަމަޖައްސާފައެވެ.

މީގެއިތުރުން މަޖިލިސް ކުރާ ގޭގެ މާލަމުގައި ތިބޭނީ ޖަލްސާއެއް ކުރިއަށް ގެންދަން ބޭނުންވާ އެންމެ މަދު އަދަދެއްގެ މުވައްޒަފުން ކަމަށާއި ޖަލްސާތައް ކުރިއަށްދާއިރު، މެމްބަރުންނާއި މުވައްޒަފުން ތިބޭނީ މާސްކް އަޅައިގެން ކަމަށްވެސް ބުނެފައިވެއެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ޕީސީއާރާ ނުލާ 28 ރަށަކަށް ދަތުރުކުރުމުގެ ހުއްދަ ދީފި

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ކަނޑައެޅި މިންގަނޑަށް ވެކްސިން ފުރިހަމަ ކުރި 28 ރަށުގެ ލިސްޓު އެ ...

ދިރާގުގެ ބިލްތަކަށް ފައިސާ ދެއްކުމުގެ ޚިދުމަތާއެކު ދިރާގު ޕާޓްނާ ފިހާރައެއް ހުޅުމީދޫގައި ހުޅުވައިފި

ދިރާގުގެ ބިލްތަކަށް ފައިސާ ދެއްކުމުގެ ޚިދުމަތާއެކު ދިރާގު ޕާޓްނާ ފިހާރައެއް ހުޅުމީދޫގައި ހުޅުވައިފިއެވެ. މިއީ ދިރާގުން އަމިއްލަ ފަރާތްތަކާއި ...

ކޮވިޑް-19: ރާއްޖެ އިން އިތުރު 27 މީހަކު ޕޮޒިޓިވް ވެއްޖެ

ރާއްޖެ އިން ކޮވިޑް-19 އަށް އިތުރު 27 މީހަކު ޕޮޒިޓިވް ވެއްޖެއެވެ. މީގެ ތެރޭގައި ހިމެނެނީ ބަގްލާދޭޝްގެ 18 ...