އައްޑޫ ސިޓީގެ މަގުތަކުގެ މަސައްކަތް ކުރިއަށްދާގޮތް ބައްލަވަމުންގެންދަވާކަމަށާއި އެމަސައްކަތާއި މެދު ކަންބޮޑުވާންޖެހޭ އެއްވެސް ކަމެއް ނެތްކަމަށް ސަރުކާރުން ހާމަކޮށްފިއެވެ.

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން މިކަން ހާމަކޮށްފައި މިވަނީ އައްޑޫ މަގު ހެދުމުގެ މަޝްރޫޢާ ގުޅޭގޮތުން އައްޑޫ ސިޓީ ކައުންސިލުން ކަންބޮޑުވުން ފާޅުކޮށްފައިވާ ދަނޑިވަޅެއްގައެވެ.

އައްޑޫ ސިޓީގެ މަގުތައް ހަދަމުންދާގޮތާއި ބެހޭގޮތުން އައްޑޫސިޓީގެ މޭޔަރ ޢަލީ ނިޒާރުކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އައްޑޫސިޓީގެ މަގުތަކުގެ މަސައްކަތުގެ ކޮންޓްރެކްޓަރ އަދި ކޮންސަލްޓަންޓަކީ އެއް ޤައުމަކަށް ނިސްބަތްވާ ދެ ކުންފުނިކަމަށްވެފައި މަސައްކަތް މިހާރު ކުރިއަށްދާގޮތުން އެއީ ރައްޔިތުންނަށް ކުރިމަތިވެދާނެ ބޮޑު ތަކުލީފަކަށް ކުރިއަށް އޮތްތަނުގައި ވެދާނެކަމަށެވެ. އަދި މަސައްކަތް ކުރިއަށްދާގޮތާއި މަސައްކަތުގެ ފެންވަރާއި ގުޅޭގޮތުން ރައްޔިތުންގެ ގިނަ ޝަކުވާތަކެއް ކައުންސިލަށް ލިބެމުންދާކަމަށެވެ.

އައްޑޫ ސިޓީގެ މޭޔަރުގެ ވާހަކަތަކާއި ގުޅިގެން ދައުލަތުގެ މީޑިއާއަށް މައުލޫމާތު ދެއްވަމުން ހައުސިންގ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަކްރަމް ކަމާލުއްދީން ވިދާޅުވީ، އައްޑޫ ސިޓީގެ މަގުތަކުގެ މަސައްކަތް ކުރިއަށްދާގޮތް ބައްލަވަމުންގެންދަވާކަމަށާއި އެމަސައްކަތާއި މެދު ކަންބޮޑުވާންޖެހޭ އެއްވެސް ކަމެއް ނެތްކަމަށެވެ.
އަކްރަމް ވިދާޅުވީ މަސައްކަތް ޕްލޭނާއި އެއްގޮތަށް ކުރިއަށްދާއިރު ގުދުރަތީ ގޮތުން ދިމާވާ ކަމެއްގެ ސަބަބުން މަސައްކަތަށް ލަސްވުމެއް ކުރިމަތިވެދާނެކަމަށެވެ. އަދި މިގޮތުން މޫސުން ގޯސްވެގެން މަސައްކަތް މަޑު ޖައްސާލިނަމަވެސް މަސައްކަތް ނިންމުމަށް ލަފާކުރާ ތާރީޚަށް މަސައްކަތް ނިންމުމަށް މަސައްކަތްކުރަމުންދާކަމަށް އަކްރަމް ވިދާޅުވިއެވެ.

އައްޑޫގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ ޢަމަލީ މަސައްކަތް ސަރުކާރުން ފެއްޓެވީ މިއަހަރުގެ މާޗްމަހުގެ ތެރޭގައެވެ. އިންޑިއަން އެގްޒިމް ބޭންކްގެ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ތަރައްޤީކުރާ އައްޑޫ މަގު ހެދުމުގެ މަޝްރޫޢުގައި ޖުމްލަ 107 ކިލޯމީޓަރުގެ މަގުތަކުގައި ތާރުއަޅައިގެން ހެދުމަށް ވަނީ ހަމަޖެހިފައެވެ. މީގެތެރޭގައި ހިމެނެނީ އައްޑޫ ސިޓީ ހިތަދޫ، މަރަދޫ، މަރަދޫފޭދު، ފޭދޫ، ހުޅުދޫ އަދި މީދޫގެ މަގުތަކެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

އައްޑޫގައި އިތުރު ފަސް ދުވަހަށް ކާފިއު ހިންގަން ނިންމައިފި

އައްޑޫ ސިޓީގައި އިއުލާންކޮށްފައިވާ ކާފިއު އިތުރު ފަސްދުވަހަށް ދަންމާލައިފިއެވެ. މައުލޫމާތު ލިބިފައިވާގޮތުގައި އައްޑޫގައި އިތުރުފަސް ދުވަހަށް ކާފިއު ހިންގުމަށް ...

އައްޑޫ ސިޓީން އިތުރު 10 މީހަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެ

އައްޑޫ ސިޓީން އިތުރު 10 މީހަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެވެ.   އައްޑޫ ހޮސްޕިޓަލުން ހާމަކޮށްފައިވާގޮތުގައި އާދީއްތަ ދުވަހުގެ އިރުއޮއްސި ...

އެންސްޕާގެ އޮފީހެއް އައްޑޫ ސިޓީގައި ޤާއިމުކުރަނީ

ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ، އެންސްޕާގެ އޮފީހެއް އައްޑޫ ސިޓީގައި ޤާއިމުކުރުމަށް މަސައްކަތްކުރަމުންދާކަމަށް އެންސްޕާގެ ސީއީއޯ ހީނާ ވަލީދު ...