އައްޑޫގެ މަގުހެދުން ދަނީ ޕްލޭނާއި އެއްގޮތަށް- އަކްރަމް

އައްޑޫ ސިޓީގެ މަގުތަކުގެ މަސައްކަތް ކުރިއަށްދާގޮތް ބައްލަވަމުންގެންދަވާކަމަށާއި އެމަސައްކަތާއި މެދު ކަންބޮޑުވާންޖެހޭ އެއްވެސް ކަމެއް ނެތްކަމަށް ސަރުކާރުން ހާމަކޮށްފިއެވެ.

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން މިކަން ހާމަކޮށްފައި މިވަނީ އައްޑޫ މަގު ހެދުމުގެ މަޝްރޫޢާ ގުޅޭގޮތުން އައްޑޫ ސިޓީ ކައުންސިލުން ކަންބޮޑުވުން ފާޅުކޮށްފައިވާ ދަނޑިވަޅެއްގައެވެ.

އައްޑޫ ސިޓީގެ މަގުތައް ހަދަމުންދާގޮތާއި ބެހޭގޮތުން އައްޑޫސިޓީގެ މޭޔަރ ޢަލީ ނިޒާރުކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އައްޑޫސިޓީގެ މަގުތަކުގެ މަސައްކަތުގެ ކޮންޓްރެކްޓަރ އަދި ކޮންސަލްޓަންޓަކީ އެއް ޤައުމަކަށް ނިސްބަތްވާ ދެ ކުންފުނިކަމަށްވެފައި މަސައްކަތް މިހާރު ކުރިއަށްދާގޮތުން އެއީ ރައްޔިތުންނަށް ކުރިމަތިވެދާނެ ބޮޑު ތަކުލީފަކަށް ކުރިއަށް އޮތްތަނުގައި ވެދާނެކަމަށެވެ. އަދި މަސައްކަތް ކުރިއަށްދާގޮތާއި މަސައްކަތުގެ ފެންވަރާއި ގުޅޭގޮތުން ރައްޔިތުންގެ ގިނަ ޝަކުވާތަކެއް ކައުންސިލަށް ލިބެމުންދާކަމަށެވެ.

އައްޑޫ ސިޓީގެ މޭޔަރުގެ ވާހަކަތަކާއި ގުޅިގެން ދައުލަތުގެ މީޑިއާއަށް މައުލޫމާތު ދެއްވަމުން ހައުސިންގ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަކްރަމް ކަމާލުއްދީން ވިދާޅުވީ، އައްޑޫ ސިޓީގެ މަގުތަކުގެ މަސައްކަތް ކުރިއަށްދާގޮތް ބައްލަވަމުންގެންދަވާކަމަށާއި އެމަސައްކަތާއި މެދު ކަންބޮޑުވާންޖެހޭ އެއްވެސް ކަމެއް ނެތްކަމަށެވެ.
އަކްރަމް ވިދާޅުވީ މަސައްކަތް ޕްލޭނާއި އެއްގޮތަށް ކުރިއަށްދާއިރު ގުދުރަތީ ގޮތުން ދިމާވާ ކަމެއްގެ ސަބަބުން މަސައްކަތަށް ލަސްވުމެއް ކުރިމަތިވެދާނެކަމަށެވެ. އަދި މިގޮތުން މޫސުން ގޯސްވެގެން މަސައްކަތް މަޑު ޖައްސާލިނަމަވެސް މަސައްކަތް ނިންމުމަށް ލަފާކުރާ ތާރީޚަށް މަސައްކަތް ނިންމުމަށް މަސައްކަތްކުރަމުންދާކަމަށް އަކްރަމް ވިދާޅުވިއެވެ.

އައްޑޫގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ ޢަމަލީ މަސައްކަތް ސަރުކާރުން ފެއްޓެވީ މިއަހަރުގެ މާޗްމަހުގެ ތެރޭގައެވެ. އިންޑިއަން އެގްޒިމް ބޭންކްގެ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ތަރައްޤީކުރާ އައްޑޫ މަގު ހެދުމުގެ މަޝްރޫޢުގައި ޖުމްލަ 107 ކިލޯމީޓަރުގެ މަގުތަކުގައި ތާރުއަޅައިގެން ހެދުމަށް ވަނީ ހަމަޖެހިފައެވެ. މީގެތެރޭގައި ހިމެނެނީ އައްޑޫ ސިޓީ ހިތަދޫ، މަރަދޫ، މަރަދޫފޭދު، ފޭދޫ، ހުޅުދޫ އަދި މީދޫގެ މަގުތަކެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ހުއްދަ ނުހޯދައި ހަދާފައިވާ ބިނާތައް ނެގުމަށް ސިޓީ ކައުންސިލުން އަންގައިފި

ކައުންސިލްގެ ހުއްދަ ހޯދުމެއްނެތި ދާއިމީ ބިނާތައް އައްޑޫސިޓީގެ ބައެއް ރަށްރަށުގެ އެކިތަންތަނުގައި  ހަދާފައިވާކަމަށާ  އެކަމުގެސަބަބުން ޢާންމު ރައްޔިތުންނަށް ނުހަނު ...

ބޭންކުތައް ފުރަތަމަ ދެ ހަފްތާ ހުޅުވާލާނީ ހަފްތާއަކު ތިން ދުވަހު، ފަހު ދެ ހަފްތާ ހަފްތާއަކު ފަސް ދުވަހު

ކޮވިޑް-19 އާއި ގުޅިގެން ލޮކްޑައުން ކުރުމަށްފަހު، ލޮކްޑައުންގައި އަޅާފައިވާ ފިޔަވަޅުތަކަށް ލުއި ތަކެއް ދޭން ފަށާފައިވާއިރު ފުރަތަމަ ދެ ...

މޮނީޓަރިންގެ ހާލަތު ނެތް ރަށްރަށުގައި ކުޅިވަރު ކުޅުމުގެ ހުއްދަ ދެނީ

ކޮވިޑް-19 އާ ގުޅިގެން މޮނީޓަރިންގެ ހާލަތު ނެތް ރަށްރަށުގައި ކުޅިވަރު ކުޅުމުގެ ހުއްދަ ހެލްތް ޕްރޮޓެކްޝަން އެޖެންސީގެ ލަފާގެ ...