މިމަހުގެ މިހާތަނަށް ރާއްޖެއަށް ލައްކައަކަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފި

މި މަހުގެ މިހާތަނަށް ރާއްޖެއަށް ލައްކައަކަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާކަމަށް ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާބަލާއިރު އިތުރު ޢަދަދެކެވެ.

ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތައް ދައްކާގޮތުން މިއަހަރުގެ ޖަނަވަރީ 1 އިން ސެޕްޓެމްބަރ 24 ގެ ނިޔަލަށް ރާއްޖެއަށް 1.4 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދުކަމަށްވާ 1.3 މިލިއަނާއި އަޅާބަލާއިރު %9.9 އިތުރު ޢަދަދެކެވެ.

ސެޕްޓެމްބަރ މަހުގެ 1 އިން 24 ގެ ނިޔަލަށް ރާއްޖެއަށް 104،275 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. މިއީ މިދިޔަ އަހަރުގެ ސެޕްޓެމްބަރ މަހުގެ މި މުއްދަތާއި އަޅާބަލާއިރު%3 އިތުރުވުމެކެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެ ޒިޔާރަތްކޮށްފައިވަނީ 101،233 ފަތުރުވެރިންނެވެ.

ފަތުރުވެރިން އެންމެ ގިނައިން އަންނަ 5 ޤައުމު:

* ޗައިނާ – 214،102 ފަތުރުވެރިން
* ރަޝިއާ – 159،129 ފަތުރުވެރިން
* އިނގިރޭސިވިލާތް – 124،662 ފަތުރުވެރިން
* އިޓަލީވިލާތް – 105،839 ފަތުރުވެރިން
* ޖަރުމަނުވިލާތް – 104،196 ފަތުރުވެރިން

ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތައް ދައްކާގޮތުން ރާއްޖޭގައި މިވަގުތު ފަތުރުވެރިންނަށް ޚިދުމަތް ދިނުމަށް 1228 ތަނެއް ވަނީ ހުޅުވާފައެވެ. މި ތަންތަނާއިއެކު ބެޑް ކެޕޭސިޓީގެ ޢަދަދު ހުރީ 62،908 ގައެވެ.

ރާއްޖެއަށް މިހާރު އެވްރެޖްކޮށް ދުވާލެއްގެ މައްޗަށް 5000 އަށްވުރެ ގިނަ ފަތުރުވެރިން އާދެއެވެ. އަދި އެވްރެޖްކޮށް ރާއްޖޭގައި 7.7 ދުވަސް މަޑުކުރެއެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ކޮވިޑަށް ފަރުވާ ހޯދަމުން ދަނިކޮށް ޒުވާން އަންހެނަކު މަރުވެއްޖެ

ކޮވިޑް-19 އަށް ފަރުވާ ހޯދަމުން ދަނިކޮށް އުމުރުން 25 އަހަރުގެ ޒުވާނަކު މަރުވެއްޖެއެވެ. ކޮވިޑު ޖެހިގެން މަރުވެފައިވަނީ ގއ. ...

ޤައުމަށް ހެޔޮއެދޭބަޔަކު މިހާލަތުގައި މަގުތަކަށް އެއްވެ މުޒާހަރާ ނުކުރާނެ – ރައީސް

ދިވެހި ރައްޔިތުންނާއި ޤައުމަށް ހެޔޮއެދޭ ބަޔަކު ކޯވިޑް-19ގެ ނުރައްކާ ބޮޑު މިޙާލަތުގައި އެއްވެ މުޒާހަރާ ނުކުރާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް ...

އައްޑޫ މެރަތަންގެ ރަން އެމްބެސެޑަރ އައްޑޫއަށް

އެމެރިކާގެ މަޝްހޫރު މެރަަތަނާ އަދި ވަރލްޑް ރިކޯރޑް ހޯލްޑަރ މައިކަލް ވޯޑިއަން މިއަދު އާއިލާއާއެކު އައްޑުއަތޮޅަށް އައިސްފިއެވެ. ދުވެގެން ...