ޔޫއެސް އެއިޑުން ރާއްޖެއަށް ތިން ލައްކަ ޑޮލަރުގެ ހިލޭ އެހީ

ޔޫއެސް އެޖެންސީ ފޯ އިންޓަރނޭޝަނަލް ޑިވެލޮޕްމެންޓް (ޔޫއެސްއެއިޑް)އިން ރާއްޖެއަށް 300،000 ޑޮލަރުގެ (4.6 މިލިއަން ރުފިޔާ) ގރ ހިލޭ އެހީ ދީފިއެވެ.

މިއީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ލިބޭ ގެއްލުންތަކުން އަރައިގަތުމާ ކުރާ މަސައްކަތްތަކަށް އެހީވުމުގެ ގޮތުން ދިން އެހީއެކެވެ. މި ހިލޭ އެހީގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ އެފްޖޭއެސް ކޮންސަލްޓިން ކޯޕަރޭޝަނާއި، އެސްޑީއެފްސީ އިންނެވެ.

ޔޫއެސް އެއިޑުން ބުނީ މި އެހީއާއެކު މޫސުމީ ބަދަލުތަކުން އަރައިގަތުމަށް ފަސޭހައިން ކުރެވެންހުރި ކަންކަން ދެނެގަނެ، މިކަމުން ފަތުރުވެރިކަމަށާއި، މަސްވެރިކަމަށާއި، ދަނޑުވެރިކަމުގެ އިންވެސްޓްމެންޓްތަކަށް ކުރާ އަސަރު ކުޑަކުރުމަށް އެހީތެރިކަން ފޯރުކޮށްދެވިގެންދާނެ ކަމަށެވެ.

މީގެ އިތުރުން މޫސުމީ ބަދަލުތަކުގެ ސަބަބުން ލިބޭ ގެއްލުންތަކަށް ހައްލު ހޯދުމަށް މަސައްކަތްކުރުމުގެ ތެރެއިން ޕްރައިވެޓް ސެކްޓަރާއި، ސަރުކާރާއި، މުޖުތަމައުގެ މެދުގައި ކެޕޭސިޓީ ބިލްޑުކުރުމަށް މަސައްކަތްތަކެއް ކުރެވި، ދެމެހެއްޓެނިވި ގޮތެއްގައި މުސުމީ ބަދަލުތަކުން އަރައިގަތުމަށް މަސައްކަތްކުރެވޭނެ ގޮތްތަކެއް ހޯދައި މަސައްކަތްތަކެއް ކުރެވިގެންދާނެ ކަމަށް ވެސް ޔޫއެސް އެއިޑުން ބުންޏެވެ.

މި ޕްރޮގްރާމުގެ ތެރެއިން ކްލައިމެޓް ރިސްކު އެސެސްމެންޓުތައް ހެދުމާއި، ޕްރައިވެޓް ސެކްޓަރާއި، ސަރުކާރާ ގުޅިގެން މޫސުމީ ބަދަލުތަކުން ލިބޭ ގެއްލުންތަކުން އަރައިގަތުމަށް މަސައްކަތްކުރުމާއި، މި ދާއިރާއިން ޕްރައިވެޓް ސެކްޓަރުގެ ކެޕޭސިޓީ ބިލްޑުކޮށް، ހޭލުންތެރިކަން އިތުރުކުރުމުގެ މަސައްކަތްތަކެއް ކުރާނެއެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

އުމުރުން ދުވަސްވީ މީހުންނަށް 5000 ރުފިޔާ ލިބޭގޮތަށް ޤާނޫނު އިސްލާހު ކުރަނީ

އުމުރުން 65 އަހަރުން މަތީގެ ކޮންމެ މީހަކަށް 5000 ރުފިޔާ ލިބޭގޮތަށް ފެންޝަނާ ބެހޭ ޤާނޫނަށް ހުށައެޅި އިސްލާހަށް ...

މިއަދު  މީދޫގެ މިސްކިތްތަކުގައި  އިމާމުވެ ހުކުރު ކުރެއްވުމަށް ހަމަޖެހިފައިވާ ބޭފުޅުން

މިއަދު ( 26 އޮގަސްޓް  2022 ވަނަ ދުވަހު )  މީދޫގެ މިސްކިތްތަކުގައި  އިމާމުވެ ހުކުރު ކުރެއްވުމަށް ހަމަޖެހިފައިވާ ...

މަކަރާއި ހީލަތުން ފައިސާ ހޯދާފައިވާކަމަށް ތުހުމަތުކުރެވޭ، ހިތަދޫ މީހަކު ހޯދަނީ

އައްޑޫ ސިޓީ ހުޅުމީދޫ ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުންދާ، މަކަރާއި ހީލަތުން ފައިސާ ހޯދާފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލައިގެ ތަހުގީގަށް ...