އިރުމަތީ ޤުދުސަކީ ފަލަސްތީނުގެ ވެރިރަށް ކަމުގައި އޯ.އައި.ސީ އިން އިޢުލާންކޮށްފި

އިރުމަތީ ޤުދުސަކީ ފަލަސްތީނުގެ ވެރިރަށް ކަމުގައި އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން، އޯ.އައި.ސީ އިން ކަނޑައަޅައި އިޢުލާންކޮށްފިއެވެ.

އޯ.އައި.ސީން މިކަން އިޢުލާންކޮށްފައިވަނީ، އިސްތަންބުލްގައި މިހާރު ފަށައިގެން ކުރިއަށްދާ، އިސްލާމީ ޤައުމުތަކުގެ ޖަމާޢަތް އޯ.އައި.ސީގެ ސަމިޓްގައެވެ.

މިއާއެކު އޯ.އައި.ސީ އިން ވަނީ މި މައްސަލައިގައި އެމެރިކާއިން ނިންމާފައިވާ ނިންމުމަކީ ނުރައްކާތެރި ނިންމުމެއް ކަމުގައި ބުނެ، ބައިނަލްއަޤުވާމީ މުޖުތަމަޢުން، އޯ.އައި.ސީގެ މި ނިންމުން ބަލައިގަތުމަށް އިލްތިމާސްކޮށްފައެވެ.

މިއަދު ނެރުނު ބަޔާނެއްގައި 57 ޤައުމުގެ މައްޗަށް އެކުލެވިފައިވާ މި ޖަމިއްޔާއިން ވަނީ، އެ ޖަމިއްޔާއިން އަދިވެސް ބޭނުންވަނީ ވަކި ދެ ދަޢުލަތެއް އުފެއްދުމުގެ ނުވަތަ ޓޫ ސްޓޭޓް ސޮލިއުޝަނެއްކަމަށް ބުނެފައެވެ.

އަދި މި ޖަމިއްޔާއިން ވަނީ، އިސްރާއީލުން ފަލަސްތީނު އިސްތިޢުމާރުކޮށްފައި އޮންނަ އޮތުން ނިމުމަކަށް ގެނައުމަށް އދ އަށް ގޮވާލާފައެވެ.

މީގެ އިތުރުން އެމެރިކާއިން ޤުދުސަކީ އިސްރާއީލުގެ ވެރިރަށްކަމަށް އެމެރިކާއިން ބަލައިގަނެ ޓެލްއަވީވްގައި ހުންނަ އެ ޤައުމުގެ އެމްބަސީ ޤުދުސަށް ބަދަލުކޮށްފިނަމަ ދެން ނިކުމެދާނެ ނަތީޖާއެއްގެ ޒިންމާ އުފުލަން ޖެހޭނީ ޓްރަމްޕްގެ ސަރުކާރުން ކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.

އެއީ ނުރައްކާތެރި، އަދި އެއްވެސް ޤާނޫނީ ޙައިސިއްޔަތެއް ނެތް، ބާޠިލު ނިންމުމެއްކަމަށް އޯ.އައި.ސީން ބުނެފައިވެއެވެ.

މި ސަމިޓްގައި ވާހަކަދައްކަވަމުން ފަލަސްޠީނުގެ ރައީސް މަހްމޫދު އައްބާސް ވިދާޅުވީ، ފަލަސްޠީނާއި އިސްރާއީލާ ދެމެދު ސުލްޙަ ޤާއިމުކުރުމަށް ކުރާ މަސައްކަތުގައި އެއްވެސް ދައުރެއް އަދާކުރުމުން އެމެރިކާ އަމިއްލައަށް ބަރީޢަވެފައިވާކަމަށެވެ.

އަދި ކުރިއަށް އޮތް ތަނުގައި އެމެރިކާއިން މިކަމުގައި އަދާކުރާނެ އެއްވެސް ދައުރެއް ފަލަސްޠީނުން ބަލައި ނުގަންނަނާނެ ކަމަށާއި އެމެރިކާއިން މި ވަނީ އެ ޤައުމުން އޮތީ އިސްރާއީލުގެ ކޮޅުގައިކަން ސާބިތުކޮށްދީފައިކަމަށް އައްބާސް ވިދާޅުވިއެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

އޮޅިގެން ދެވުނު އިންޒާރުން ހަވާއީއަށް ބިރުވެރިކަން!

ޕެސިފިކް ކަނޑުގައި އޮންނަ 1.4 މިލިއަން މީހުންގެ އާބާދީގެ ޖަޒީރާއެއްކަމަށްވާ ހަވާއީއަށް މިދިޔަ ހޮނިހިރުދުވަސް ވެގެންދިޔައީ ބިރުވެރި ދުވަހަކަށެވެ. ...

ދޮގު ޙަބަރު ފަތުރާ ސޯޝަލް ނެޓްވޯކްތައް ޖޫރިމަނާކުރަނީ

ސޯޝަލް މީޑިއާގައި ހަޤީޤަތާއި ޚިލާފު، ދޮގު ޙަބަރު ފަތުރާ ފަރާތްތަކަށް ހަރުކަށި އަދަބުދޭ ޤާނޫނެއް ޖަރުމަންވިލާތުގައި ތަންފީޒުކުރަން ފަށައިފިއެވެ. ...

ހުޅަނގު އައްސޭރީގައި 1،000 ހައުސިން ޔުނިޓް އަޅަން އިޒްރޭލް ސަރުކާރުން ނިންމައިފި

އިޒްރޭލްގެ ޔަހޫދީން ފަލަސްތީނުގައި ހިފާފައިވާ ބިންތަކުގައި ޔަހޫދީންނަށްޓަކައި އިތުރު ގެތައް އެޅުމަށް އިޒްރޭލްގެ ސަރުކާރުން ނިންމައިފިއެވެ. ބައިނަލްއަޤްވާމީ މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ...