ކުރީގެ ރައިސް މުހައްމަދު ނަޝީދު އަންނަ ރިޔާސީ އިންތިހާބުގައި ވާދަކުރެވޭނެ އެއްވެސް ޖާގައެއް ނެތް – ޕީޕީއެމް

ތޭރަ އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާ ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އަންނަ ރިޔާސީ އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު ނުދޭނެކަމަށް ޕީޕީއެމުން ބުނެފިއެވެ.

ރާއްޖޭގެ މީޑިއާއަކަށް މިއަދު ދެއްވި އިންޓަރވިއުއެއްގައި ނަޝީދު ވިދާޅުވެފައިވަނީ އިންޑިޔާއާއި އެމެރިކާ ދެމެދު ކުރަމުންދާ މަޝްވަރާތަކުގެ ނަތީޖާއަކަށް ވެގެންދާނީ އެމަނިކުފާނު ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ލިބިގެންދިޔުންކަމަށެވެ. ނަޝީދުގެ މި ވާހަކަތަކަށް ޕީޕީއެމުން މިއަދު ވަނީ ރައްދުދީފައެވެ.

ޕީޕީއެމުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން ޕީޕީއެމްގެ ނާއިބް ރައީސް ރައްޔިތުން މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެމްބަރު ޢަބްދުއްރަހީމް ޢަބްދުއްﷲ ވިދާޅުވީ އެއްވެސް ބައެއްގެ ނުފޫޒާއެކުވެސް އަންނަ ރިޔާސީ އިންތިހާބުގައި ނަޝީދު ވާދަކުރެއްވުމުގެ ފުރުޞަތު ނުދެއްވާނެކަމަށެވެ. އަދި އެކަމާއި ދެކޮޅަށް ކުރެވެންހުރި ހުރިހާ މަސައްކަތެއް ޕީޕީއެމުން ކުރާނެކަމަށްވެސް އަބްދުއްރަހީމް ވިދާޅުވިއެވެ. ޖިނާއީ ކުށެއްގައި ޖަލުހުކުމެއް ތަންފީޒުކުރަމުންދާ މީހަކަށް ރިޔާސީ އިންތިހާބެއްގައި ވާދަކުރުމުގެ ފުރުސަތު އޮންނާނީ ޤާނޫނު އަސާސީ ބަދަލުކޮށްގެންކަމަށާއި ޤާނޫނު އަސާސީ ބަދަލުކޮށްގެންވެސް އިންތިހާބުގައި ވާދަކުރުމުގެ ނަޝީދަށް ނުދެއްވާނެކަމަށް ޢަބްދުއްރަހީމް ވިދާޅުވިއެވެ.

ޕީޕީއެމްގެ ނާއިބު ރައީސް ޓޫރިޒަމް މިނިސްޓަރ މޫސާ ޒަމީޒު ވިދާޅުވީ ނަޝީދު މަސައްކަތް ކުރަމުންދަނީ، ދުނިޔޭގެ ނުފޫޒު ގަދަ ޤައުމަތައް ބޭނުންކޮށްގެން ރިޔާސީ އިންތިޚާބުގައި ވާދަކުރުމަށްކަމަށެވެ. އަދި ނަޝީދު ކުރައްވަމުން ގެންދަވާ އެކަންތައް ރާއްޖެއިން ބަލައި ނުގަންނާނެކަމަށްވެސް ޒަމީރު ވިދާޅުވިއެވެ.

މި ނޫސްވެރިންގެ ބައްދަލުވުމުގައި  ޕީޕީއެމްގެ ޕާލަމަންޓްރީ ގްރޫއްޕުގެ ބައެއް މެމްބަރުން ބައިވެރިވެ ވަޑައިގެންނެވިއެވެ. އެބޭފުޅުންގެ ވާހަކައިގައި ނަޝީދު އިންތިހާބުގައި ވާދަކުރުމަށްޓަކައި ބޭރުގެ ޤައުމުތަކުގެ ނުފޫޒު ބޭނުންކުރަމުންދާކަމަށް ބުނެ އެކަން ހުއްޓާލުމަށް ގޮވާލާފައިވެއެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ދުނިޔޭގެ ރީތީގެ ރާނީ މަނޫޝީ ފިލްމު ކުޅެން ޝައުގުވެރިވޭ

ދުނިޔޭގެ ރީތީގެ ރާނީ އަކަށް މިއަހަރު ހޮވުނު އިންޑިއާގެ ރީތީގެ ރާނީ މަނޫޝީ ޗިއްލާ ފިލުމީ ދާއިރާއަށް ޝައުގުވެރިކަން ...

މަހްލޫފްގެ މައްސަލައިގެ އިތުރު ހެއްކާއި ގުޅޭ ލިޔުންތައް ހުށައަޅަން ޕީޖީން އޭސީސީގައި އެދިއްޖެ

އެމްއެމްޕީއާރުސީގެ ކޮރަޕްޝަންގެ މައްސަލައިގައި ޔޫތު މިނިސްޓަރ އަޙްމަދު މަހްލޫފުގެ މައްޗަށް ދައުވާ ނުކުރަން ނިންމާފައި ނުވާކަމަށް ޕްރޮސިކިއުޓަރ ޖެނަރަލްގެ ...

އިންޑިއާ ހައިކޮމިޝަނުން ހުށަހެޅި މައްސަލަ ފުލުހުން ދަނީ ބަލަމުން

އިންޑިއާ ސިފައިން ރާއްޖޭގައި ގާއިމުވެތިބޭ މައްސަލައާ ގުޅިގެން، އާންމު ރައްޔިތުން މީސްމީޑިއާގައި “އިންޑިއާ އައުޓް” ކިޔުން މައްސަލައަކަށްވެ، ފުލުހުން ...