ޒައިދު، އާޒިމަށް: ކަޅު ދަބަހުގަ ދިޔާ އެއްޗެހި އުފުލާ ބޭފުޅަކު ޑރ.އިޔާޟާމެދު ދެކޭ ގޮތް މުހިންމެއްނޫން

ކަޅު ދަބަހުގައި ”ދިޔާ އެއްޗެހި“ އުފުއްލަވާ ބޭފުޅަކު ޑރ.މުޙައްމަދު އިޔާޟާމެދު ދެކޭ ގޮތް މުހިންމެއްނޫންކަމަށް އައްޝައިޚް ޢަލީ ޒައިދު ވިދާޅުވެއްޖެއެވެ.

ޑރ.އިޔާޟަކީ ރާއްޖެގައި މީސްތަކުންގެ މެދުގައި ފިތުނަ ފަސާދަ އުފައްދާ ރައްޔިތުންގެ މެދުގައި އޮތް އެކުވެރިކަން ނަގާލަން މަސައްކަތްކުރާ މީހެއް ކަމަށާއި ކީރިތި ޤުރުއާނުގެ ތަފްސީރު ކުލާސް ނެގުންފަދަ ފުރުސަތުތައް އޭނާއަށް ދޭން ހެޔޮނުވާނެކަމަށް މެދު ހެންވޭރު ދާއިރާގެ މެންބަރު ޢަލީ އާޒިމް މިއަދު ވަނީ ވިދާޅުވެފައެވެ.

އިޔާޟްގެ ދިފާޢުގައި ޒައިދު ވިދާޅުވީ ކަޅު ދަބަހުގައި ދިޔާ އެއްޗެހި އުފުއްލަވާ ބޭފުޅަކު އިޔާޟާމެދު ދެކޭ ގޮތް މުހިންމެއްނޫން ކަމަށެވެ. އަދި އިޔާޟަކީ ގިނަ ވަގުތު ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް މަސައްކަތް ކުރައްވާ ބޭފުޅެއް ކަމަށާއި މުޖުތަމަޢު އިސްލާހުކުރައްވަން ވަރަށް މަސައްކަތް ކުރައްވާ ބޭފުޅެއް ކަމަށެވެ.

އާޒިމާއި ކުރީގެ ނައިބު ރައީސް އަޙްމަދު އަދީބާއި ދެ ބޭފުޅުންގެ މެދުގައި ދެކެވިފައިވާ ވާހަކަތަކެއްގެ ސްކްރީން ޝޮޓްތަކެއް މިދިޔަ އަހަރު ވަނީ ލީކްވެފައެވެ. އެ ސްކްރީން ޝޮޓްތަކުގައިވާ ވާހަކަތަކާބެހޭ ގޮތުން އާޒިމް ވިދާޅުވެފައިވަނީ އަދީބާއި ބައްދަލުކުރެއްވީ ދެ ބޭފުޅުންގެ ގާތް ރަޙްމަތްތެރިއެއްކަމަށްވާ ޖަލީލު (ކޭން ސޭޓު) ވިދާޅުވެގެން ކަމަށެވެ. އަދީބު ގާަތަށް ދަބަހެއް ހިފައިގެން ވަޑައިގެންނެވީ ކޭން ސޭޓަށް އަދީބު ދެއްވި ހަދިޔާއެއް ބަލައި ކަމަށާއި, ދަބަހުގައި ގެންދެވީ “ދިޔާ އެއްޗެއް“ ކަމަށާއި, ދަބަހުގައި އެއްވެސް ބާވަތެއްގެ ކަރުދާހެއް ނުހުންނާނެ ކަމަށް ވެސް އާޒިމް ވަނީ ވިދާޅުވެފައެވެ.

މަސްދަރު: ދިޑެއިލީ

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

އޭޑީކޭ ހޮސްޕިޓަލުގެ 12 މުވައްޒަފަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެ

އޭޑީކޭ ހޮސްޕިޓަލުގެ 12 މުވައްޒަފަކު ކޮވިޑަށް ޕޮޒިޓިވް ވެއްޖެއެވެ. އޭޑީކޭ ހޮސްޕިޓަލުގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އަފްއާލް ވިދާޅުވީ، ...

ރައްޔިތުންގެ މަޖިލީހުގެ ހިންގުން މިހާރަށްވުރެ ހަރުދަނާ ކުރަންޖެހޭ – ރައީސުލްޖުމްހޫރިއްޔާ

ދުސްތޫރީ ނިޒާމުގެ ރޫފަ ހެޔޮކުރުމަށްޓަކައި، ރައްޔިތުންގެ މަޖިލީހުގެ ހިންގުން މިހާރަށްވުރެ ހަރުދަނާ ކުރަންޖެހޭކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ...

އިލްޔާސް ލަބީބު ހުޅުދޫގެ ރަށްޔިތުންނާ ބައްދަލުކުރައްވައިފި

ރަށްޔިތުންގެ މަޖިލިހުގެ ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބު ހުޅުދޫގެ ރައްޔިތުންނާ ބައްދަލުކުރައްވައިފި އެވެ. އިލްޔާސް ލަބީބު ހުޅުދޫ ...