ޒައިދު، އާޒިމަށް: ކަޅު ދަބަހުގަ ދިޔާ އެއްޗެހި އުފުލާ ބޭފުޅަކު ޑރ.އިޔާޟާމެދު ދެކޭ ގޮތް މުހިންމެއްނޫން

ކަޅު ދަބަހުގައި ”ދިޔާ އެއްޗެހި“ އުފުއްލަވާ ބޭފުޅަކު ޑރ.މުޙައްމަދު އިޔާޟާމެދު ދެކޭ ގޮތް މުހިންމެއްނޫންކަމަށް އައްޝައިޚް ޢަލީ ޒައިދު ވިދާޅުވެއްޖެއެވެ.

ޑރ.އިޔާޟަކީ ރާއްޖެގައި މީސްތަކުންގެ މެދުގައި ފިތުނަ ފަސާދަ އުފައްދާ ރައްޔިތުންގެ މެދުގައި އޮތް އެކުވެރިކަން ނަގާލަން މަސައްކަތްކުރާ މީހެއް ކަމަށާއި ކީރިތި ޤުރުއާނުގެ ތަފްސީރު ކުލާސް ނެގުންފަދަ ފުރުސަތުތައް އޭނާއަށް ދޭން ހެޔޮނުވާނެކަމަށް މެދު ހެންވޭރު ދާއިރާގެ މެންބަރު ޢަލީ އާޒިމް މިއަދު ވަނީ ވިދާޅުވެފައެވެ.

އިޔާޟްގެ ދިފާޢުގައި ޒައިދު ވިދާޅުވީ ކަޅު ދަބަހުގައި ދިޔާ އެއްޗެހި އުފުއްލަވާ ބޭފުޅަކު އިޔާޟާމެދު ދެކޭ ގޮތް މުހިންމެއްނޫން ކަމަށެވެ. އަދި އިޔާޟަކީ ގިނަ ވަގުތު ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް މަސައްކަތް ކުރައްވާ ބޭފުޅެއް ކަމަށާއި މުޖުތަމަޢު އިސްލާހުކުރައްވަން ވަރަށް މަސައްކަތް ކުރައްވާ ބޭފުޅެއް ކަމަށެވެ.

އާޒިމާއި ކުރީގެ ނައިބު ރައީސް އަޙްމަދު އަދީބާއި ދެ ބޭފުޅުންގެ މެދުގައި ދެކެވިފައިވާ ވާހަކަތަކެއްގެ ސްކްރީން ޝޮޓްތަކެއް މިދިޔަ އަހަރު ވަނީ ލީކްވެފައެވެ. އެ ސްކްރީން ޝޮޓްތަކުގައިވާ ވާހަކަތަކާބެހޭ ގޮތުން އާޒިމް ވިދާޅުވެފައިވަނީ އަދީބާއި ބައްދަލުކުރެއްވީ ދެ ބޭފުޅުންގެ ގާތް ރަޙްމަތްތެރިއެއްކަމަށްވާ ޖަލީލު (ކޭން ސޭޓު) ވިދާޅުވެގެން ކަމަށެވެ. އަދީބު ގާަތަށް ދަބަހެއް ހިފައިގެން ވަޑައިގެންނެވީ ކޭން ސޭޓަށް އަދީބު ދެއްވި ހަދިޔާއެއް ބަލައި ކަމަށާއި, ދަބަހުގައި ގެންދެވީ “ދިޔާ އެއްޗެއް“ ކަމަށާއި, ދަބަހުގައި އެއްވެސް ބާވަތެއްގެ ކަރުދާހެއް ނުހުންނާނެ ކަމަށް ވެސް އާޒިމް ވަނީ ވިދާޅުވެފައެވެ.

މަސްދަރު: ދިޑެއިލީ

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ތަފާތު އޮފަރ ތަކަކާއެކު ސްޕަރ ނެޓް ބްރޯޑްބޭންޑްގެ ޚިދުމަތް އައްޑޫ ސިޓީއަށް

100 އެމްބީޕީއެސް އާއި ހަމައަށް ހަލުވި ސްޕީޑުތަކާއި އެކު، އުރީދޫ ސުޕަރނެޓް ފިކްސްޑް ބްރޯޑްބޭންޑުގެ ޚިދުމަތް އައްޑޫސިޓީގެ މަރަދޫއާއި ...

ސަލާމަތީ މަޖިލީހުގެ ގޮނޑި ރާއްޖެއަށް ކާމިޔާބެއް ނުކުރެވުނު

އދ ގެ ސަލާމަތީ މަޖިލީހުގެ ގޮނޑި ދިވެހިރާއްޖެއަށް ކާމިޔާބު ނުކުރެވި އެ ގޮނޑި އިންޑޮނޭޝިއާއިން ކާމިޔާބު ކޮށްފިއެވެ. ސަލާމަތީ ...

ފެނަކަ “ފުނަރު” ޕްރޮގްރާމްގެ ފުރަތަމަ އިމްތިހާން މިލަންދޫގައި

ފެނަކަ ކޯޕަރޭޝަން ލިމިޓެޑްއިން އެކި ރަށްރަށުގައި ކުރިއަށް ގެންދާ އެޕްރެންޓިސްޝިޕް ޕްރޮގްރާމް (ފުނަރު)ގެ ފުރަތަމަ އިމްތިހާން ށ. މިލަންދޫގައި ...