ޢަދާލަތު ޕާޓީއަށް ނިސްބަތްވާ ޑރ.މުޙައްމަދު އިޔާޟަށް ކީރިތި ޤުރުއާނުގެ ތަފްސީރު ކުލާސް ނެގުމުގެ ފުރުސަތު ދޭން ހެޔޮނުވާނެކަމަށް މެދު ހެންވޭރު ދާއިރާގެ މެންބަރު ޢަލީ އާޒިމް ވިދާޅުވުމުން އިޔާޟް ވަރުގަދަ ރައްދެއް ދެއްވައިފިއެވެ.

އިސްލާމިކް މިނިސްޓްރީން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ ކީރިތި ޤުރުއާނުގެ ތަފްސީރު ކުލާސްތަކެއް ކޮންމެ އާދިއްތަ ދުވަހުގެރޭ މަޣްރިބް ނަމާދަށްފަހު އަންނަނީ ކުރިއަށް ގެންދަމުންނެވެ. އެ ކްލާސްތައް ނަންގަވައިދެއްވަނީ އިޔާޟެވެ.

އެ ގޮތުން އާޒިމް މިއަދު ވިދާޅުވީ ‏އިޔާޟަކީ ރާއްޖެގައި މީސްތަކުންގެ މެދުގައި ފިތުނަ ފަސާދަ އުފައްދާ ރައްޔިތުންގެ މެދުގައި އޮތް އެކުވެރިކަން ނަގާލަން މަސައްކަތްކުރާ މީހެއް ކަމަށާއި އެ ކަހަލަ ފުރުސަތު އޭނާއަށް ދޭން ހެޔޮނުވާނެ ކަމަށެވެ.

އާޒިމަށް ރައްދު ދެއްވަމުން އިޔާޟް ވިދާޅުވީ ފުރުސަތު ދޭން ހެޔޮވާވަރުގެ މީހުންނާއި އެ ނޫން މީހުން ކަނޑައަޅާނީ އާޒިމެއް ނޫން ކަމަށެވެ.

“ސައިޒް އޮޅިވަޑައިގެން ނޫޅުއްވާ.“ އިޔާޟް ވިދާޅުވިއެވެ.

މަސްދަރު: ދިޑެއިލީ

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

މުލަ ރޯދަަ ދުވަހަކީ ހޯމަ ދުވަސްކަމަށް ކަނޑައަޅައިފި

މިއަހަރުގެ ރަމަޟާންމަހުގެ މުލަ ރޯދަ ދުވަހަކީ އަންނަ ހޯމަ ދުވަސް ކަމުގައި ރަސްމީކޮށް ކަނޑައަޅައިފި އިއުލާންކޮށްފި އެވެ. އިސްލާމިކް ...

ޔޫއެފާ އެވޯޑަށް، ނޮމިނޭޓްވީ ރޮނާލްޑޯ ސަލާހު އަދި މޮޑްރިޗް

ޔުއޭފާ އިން 2011 ވަނަ އަހަރުން ފެށިގެން ހޮވާ އަހަރުގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ އެވޯޑަށް ނޮމިނޭޓް ...

ރައީސް ސޯލިހު ރަސްމީ ދަތުރުފުޅެއްގައި އިންޑިއާއަށް ވަޑައިގެންފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި އަނބިކަނބަލުން ފަޒްނާ އަހުމަދު ރަސްމީ ދަތުރުފުޅެއްގައި އިންޑިއާއަށް ވަޑައިގެންފި އެވެ. މިއީ ވެރިކަމާއި ...