އަންނަ ބުރާސްފަތި ދުވަސް ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖައްސައިފި

މި އަހަރުގެ މިނިވަންދުވަހާ ގުޅިގެން އަންނަ ބުރާސްފަތި ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖައްސައިފިއެވެ.

ރައީސް އޮފީހުން މިއަދު ބުނީ މި އަހަރުގެ މިނިވަންދުވަހާ ގުޅިގެން ކުރިން ވެސް ހަމަޖައްސަވާފައިވާ ގޮތުގެ މަތިން ސަރުކާރު ބަންދުވާނީ ޖުލައި މަހުގެ 28 ވާ ބުރާސްފަތި ދުވަހު ކަމަށެވެ.

މިނިވަންދުވަހާ ގުޅިގެން 26 ޖުލައި ވާ އަންގާރަ ދުވަހުން ފެށިގެން ސަރުކާރު ބަންދުވުމަށްފަހު އޮފީސްތައް ދެން ހުޅުވޭނީ ޖުލައި މަހުގެ 31 ވާ އާދީއްތަ ދުވަހުކަމަށް ރައީސް އޮފީހުން ބުންޏެވެ.

ރައީސް އޮފީހުން ބުނީ ޖުލައި މަހުގެ 24 ވަނަ ދުވަހާއި 25 ވަނަ ދުވަހު ސަރުކާރު ބަންދުކުރައްވާ ގޮތަށް ހަމަޖެހިފައެއް ނުވާ ކަމަށެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

މައިންބަފައިންނަށް އިހާނާތްތެރިކޮށް ހިތުމުން އާޚިރަތްދުވަހާއި ދުނިޔެމަތީގައިވެސް އެކަމުގެ އުގޫބާތް ލިބޭނެ- ހުކުރު ހުޠުބާ

މައިންބަފައިންނަށް އިހާނާތްތެރިކޮށް ހިތުމުން އާޚިރަށް ދުވަހުންލިބޭ އަޒާބުގެ އިތުރުން ދުނިޔެމަތީގައިވެސް އެކަމުގެ އުގޫބާތް ލިބޭނޭކަމަށް ހުކުރު ޚުތުބާގައި ބުނެފިއެވެ. ...

ޑެލިވަރީކުރުން މުޅިން ހުއްޓާލަން ޖެހިދާނެ – ނަވީން

ޑެލިވަރީ ކުރުން މުޅިން ހުއްޓާލައި، ހަމައެކަނި ވިޔަފާރިކުރަން ދޫކުރާ ހުއްދައިގެ ދަށުން ބޭރަށް ނުކުމެވޭ ގޮތަށް ބަދަލުކުރަން ޖެހިދާނެ ...

އިންތިހާބުގެ ނަތީޖާއާއި ދޭތެރޭ ޝައްކު ކުރާނެ އިތުރު ފުރުސަތެއް މިހާރު ނެތް: ރައީސް

އިންތިހާބުގެ ނަތީޖާއާއި ދޭތެރޭ ޝައްކު ކުރާނެ އިތުރު ފުރުސަތެއް މިހާރު ނެތް ކަމަށް ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ...