ރައުދާގެ މަރުގެ މައްސަލަ އަލުން ތަޙްޤީޤުކުރަން ކޯޓުން އަންގައިފި

ބަންގްލަދޭޝްގައި ޑޮކްޓަރުކަން ކިޔަވަމުންދިޔަ ދިވެހި މޮޑެލް ރައުދާގެ އާޠިފްގެ މަރުގެ މައްސަލަ އަލުން ތަޙްޤީޤުކުރަން އެ ޤައުމުގެ ކޯޓަކުން އަންގައިފިއެވެ

އެ މައްސަލަ އަލުން ތަޙްޤީޤުކުރަން ބަންގްލަދޭޝްގެ ފުލުހުންނަށް އެންގީ އެ ޤައުމުގެ ރާޖްޝާހީ މެޓްރޯޕޮލިއަން މެޖިސްޓްރޭޓް ކޯޓުންކަމަށް އެ ޤައުމުގެ ނޫސްތަކުގައި ރިޕޯޓުކޮށްފައިވެއެވެ.

ރައުދާ ދަންޖެހިފައި ހުއްޓައި ފެނުނުކަމަށް ބުނަނީ 2017 ވަނަ އަހަރުގެ މާޗުމަހު ބަންގްލަދޭޝްގެ ރާޖްޝާހީ ސިޓީގައި ހުންނަ އިސްލާމީ ބޭންކް މެޑިކަލް ކޮލެޖުގެ ހޮސްޓެލްގައި އޭނާ ދިރިއުޅުނު ކޮޓަރިތެރޭގައެވެ.

ރައުދާގެ މަރު ތަޙްޤީޤުކޮށް ބަންގްލަދޭޝްގެ ކަމާބެހޭ ފަރާތްތަކުން ނެރުނު ރިޕޯޓުގައި އޭރު ބުނެފައިވަނީ ރައުދާ ދަންޖެހިގެން މަރުވެފައިވަނީ އަމިއްލައަކަށް ކަމަށެވެ. ސަބަބެއްކަމުގައި ފާހަގަކޮށްފައިވަނީ ރައުދާގެ ލޯބިވެރިޔާއާއި ދެމެދު ޖެހުނު މައްސަލަތަކެވެ.

ނަމަވެސް ރައުދާގެ ބައްޕަ ވަނީ އެ ވާހަކަތައް ދޮގުކުރައްވައިފައެވެ. އެ ގޮތުން އޭނާ އަންނަނީ އެ މައްސަލަ ތަޙްޤީޤުކުރުމަށް ތަކުރާރުކޮށް އެދެމުންނެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ކޮވިޑާއި ގުޅިގެން އައްޑޫގައި އަޅާފައިވާފިޔަވަޅުތައް ވަރުގަދަކޮށް10 ގަޑިއިރަށް ކާފިއު

ކޮވިޑް-19 އާ ގުޅިގެން އައްޑޫ ސިޓީގައި އެޗްޕީއޭއިން އަޅާފައިވާ ފިޔަވަޅު އިތުރަށް ވަރުގަދަކޮށް މާދަމާ 18:00 ން ފަތިހު ...

ހުޅުމާލޭގައި ހިނގި އެކްސިޑެންޓުގައި ޒަޚަމްވި ޒުވާނާ މަރުވެއްޖެ

ހުޅުމާލޭގައި ރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ޒުވާނަކު ނިޔާވެއްޖެ އެވެ. ނިޔާވެފައިވަނީ މުހައްމަދު ޖަޒްލާން ނަމަކަށްކިޔާ ޒުވާނެކެވެ. މި ...

ސިޓީގެ ސާނޭ ގަތުމަށް ކުރަންޖެހޭ މަސައްކަތް ބަޔާނުން ފަށައިފި

މެންޗެސްޓަރ ސިޓީގެ ސާނޭ ގަތުމަށް ކުރަންޖެހޭ މަޝްވަރާތައް ބަޔާން މިއުނިކުގެ އިސްވެރީން ފަށައިފިއެވެ. ޖަރުމަނުގެ ސާނޭއަކީ މިދިޔަ ޖަނަވަރީގެ ...