އިންތިހާބުގެ ނަތީޖާއާއި ދޭތެރޭ ޝައްކު ކުރާނެ އިތުރު ފުރުސަތެއް މިހާރު ނެތް ކަމަށް ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ރިޔާސީ ކެންޑިޑޭޓް، މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ރިޔާސީ އިންތިހާބުގެ ކެމްޕެއިން ދަތުރުފުޅުގައި ދ. އަތޮޅު މީދޫއަށް ވަޑައިގެން އެރަށުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ

ރައީސް ވިދާޅުވީ މިއަހަރުގެ ރިޔާސީ އިންތިހާބު އެއްބުރުން ކާމިޔާބު ކުރައްވާނެކަމަށާއި އަޅުގަނޑުމެން ކަން ކޮށް ދައްކާފައިވާ ކަމަށެވެ. އަދި ކުރިއަށް ރޭވިފައި ހުރި ކަންކަން ވެސް އެބަހުރި ކަމަށާއި ރައްޔިތުންނަށް މި ސަރުކާރު މިހާރުއޮންނާނީ ޓެސްޓު ކުރެވިފައި ކަމަށް ވެސް ވިދާޅުވިއެވެ.

މީގެ އިތުރުން މިއަހަރުގެ ރިޔާސީ އެމްޑީޕީއަށް ވޯޓު ދެއްވުމަށް އެދި ވަޑައިގެން ވިދާޅުވީ އެއްވެސް މީހަކު ބާކީއެއް ނުވާނެ ކަމަށާއި ވަކި ކުލަޔަކަށް ވަކި ރަށަކަށް ތަފާތުކޮށްފައި ނުވާނެ ކަމަށާއި އަދި ކުރިއަށް އޮތްތަނުގައި ވެސް އެކަން އޮންނާނީ އެގޮތުގައި ކަމަށެވެ.

“އިރާދަކުރެއްވިއްޔާ، ޕީޕީއެމް ވިޔަސް އެހެން ޕާޓީއެއް ވިޔަސް އަޅުގަނޑުމެން އެމީހުން ބަލިކޮށް އިންތިޚާބު ކާމިޔާބުކުރާނަން.” ރައީސް ވިދާޅުވިއެވެ

އެމަނިކުފާނު އިތުރަށް ވިދާޅުވީ ފައިސާ ހޯދައިގެން، މީހުން ތަމްރީން ކޮށްގެން، ކަންކުރާނެ ގޮތް ކަނޑައަޅައިގެން މަސައްކަތްކުރީމަ ފެންނަ ނަތީޖާ މިއަދު ރާއްޖޭގެ ހުރިހާ ރަށަކުން ފެންނަމުންދާ ކަމަށެވެ. އެަދި ކުރިއަށްވެސް އޮތީ އެފަދަ އުޖާލާ އަމާން ރާއްޖެއެއް ކަމަށް ވިދާޅުވިއެވެ.

advertisement
  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ވިލާ ގްރޫޕުން ދައްކަންޖެހޭ ފައިސާގެ އަދަދަކީ މިއަހަރަށް ލިބޭނޭކަމަށް ލަފާކުރި އާމްދަނީގެ 13.3 އިންސައްތަ- އާޒިމާ

ވިލާ ގްރޫޕުން މިހާތަނަށް ދައުލަތައް ދައްކަންޖެހޭ ފައިސާގެ ޖުމްލަ އަދަދު، މިއަހަރު ދައުލަތަށް ލިބޭނޭކަމަށް އަންދާޒާކޮށްފައިވާ އާމްދަނީގެ %13.3 ...

ސްޕެނިޝް ލަލީގާގެ ކުޅުންވެސް އަންނަމަހު ފެށޭތޯ މަސައްކަތް ކުރަން ފަށައިފި

ކޮވިޑް 19 އާއި ގުޅިގެން މެދުކަނޑާލާފައިވާ ލަލީގާގެ ކުޅުން އަންނަ ޖޫންމަހު ފަށަން ތައްޔާރުވަމުން އަންނަކަމަށް ސްޕެނިޝް ލީގުން ...

ގެއްލިގެން ހޯދަމުން ދިޔަ މީހާ ފެނިއްޖެ : ފުލުހުން

ހުޅުމާލޭ ފޭސް ދޭކުން ގެއްލިގެން ހޯދަމުން ދިޔަ މީހާ ފެނިފައިވާ ކަމަށް ފުލުހުން ބުނެފިއެވެ. ގެއްލިގެން ހޯދަމުން ދިޔައީ ...