ޑެލިވަރީކުރުން މުޅިން ހުއްޓާލަން ޖެހިދާނެ – ނަވީން

ޑެލިވަރީ ކުރުން މުޅިން ހުއްޓާލައި، ހަމައެކަނި ވިޔަފާރިކުރަން ދޫކުރާ ހުއްދައިގެ ދަށުން ބޭރަށް ނުކުމެވޭ ގޮތަށް ބަދަލުކުރަން ޖެހިދާނެ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން މިހެން ބުނެފައިވަނީ ރޭ ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި ކުރިއަށް ދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

މިބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން  އެސިސްޓެންޓް ޕޮލިސް ކޮމިޝަނަރު އިސްމާއިލް ނަވީން ވިދާޅުވީ، ރާއްޖޭގައި ކޮވިޑް19 ގެ ހާލަތު ބަދަލުވަމުން އަންނަ ގޮތަށް ބަލާއިރު  ޑެލިވަރީ ކުރުމުގައި ވެސް ގިނައިން ހަރަކާތްތެރިވަނީ ބިދޭސީން ކަމަށެވެ. މިގޮތުން ޑެލިވަރީކުރަން ތިބޭ ގިނަ ބިދޭސީންނަކީ ތޮއްޖެހިފައިވާ ތަންތަނުގައި ނިދާ، ކައިބޮއެ ހަދާ މީހުންކަން ނަވީން ފާހަގަ ކުރެއްވިއެވެ. އެހެންކަމުން ކުރިއަށް އޮތް ތަނުގައި ބިދޭސީންގެ ޑެލިވަރީގެ ކަންތައްތަކަށް އެހެން ގޮތެއް ނިންމަން ޖެހިދާނެ ކަމަށް ނަވީން ވިދާޅުވިއެވެ.

” ކުރިއަށް އޮތް ތަނުގައި ނިންމަން ޖެހިދާނެ ޑެލިވަރީގެ ކަންތައްތައް މިހާރަށް ވުރެ ވަރަށް ބޮޑަށް ސްކޭލް ޑައުން ކޮށްފަ، ޝޮޕިން ޕާމިޓް ލިބުނީމަ ޝޮޕިން ޕާމިޓް އޮންނަ ފަރާތްތަކުން، އެ ގަޑީގައި އެއްޗެހި ބައްލަވައިގަންނަން ނިކުންނަ ގޮތައް ހަމަޖައްސަން ،” ނަވީން ވިދާޅުވިއެވެ.

ނަވީން ވިދާޅުވީ ގެންނަންޖެހޭ  ބަދަލުތައް ގެންނާނީ ހާލަތަށް އަންނަ ބަދަލަށް ރިއާޔަތް ކުރުމަށްފަހުގައި ކަމަށެވެ. އަދި މިހާރުވެސް ޑެލިވަރީ ނިޒާމު އިންތިޒާމް ކޮށްފައި ވަނީ، ރަމަޟާން މަހާ ދިމާކޮށް ރައްޔިތުންނަށް ބޭނުންވާ ޒަރޫރީ ކާބޯތަކެތި ދަތި ނުވެ ލިބޭނެ ގޮތް ހެދުމުގެ ބޭނުމުގައިކަމަށްވެސް ނަވީން ވިދާޅިވިއެވެ.

“ހާލަތު ބަދަލުވާ ވަރަކުން، ރައްޔިތުންގެ ސަލާމަތާ ރައްކާތެރިކަން ކަށަވަރު ކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް ފުލުހުން އަޅާނެ ”   ނަވީން ވިދާޅުވިއެވެ.

ރާއްޖޭގައި ދިރިއުޅޭ ބިދޭސީންގެ މެދުގައި ބަލި ފެތުރެމުން އަންނާތީ ފުލުހުން ހާއްސަ ފިޔަވަޅުތަކެއް އަޅަމުން އަންނަ ކަމަށް ވިދާޅުވަމުން ނަވީން ވިދާޅުވީ މިހާރު ވެސް 800 އަށްވުރެ ގިނަ ބިދޭސީން ދިރިއުޅޭ 18 ތަނެއް ފުލުހުން މޮނިޓާ ކުރަމުން އަންނަ ކަމަށާ  ރާއްޖެއިން މިހާރު ކޮވިޑް19 އަށް 214 މީހަކު ޕޮޒިޓިވްވެފައި ވާއިރު އޭގެ ތެރޭގައި ގިނައީ ބިދޭސީންކަމަށްވެސް ނަވީން ވިދާޅުވިއެވެ.

ރޭ ބޭއްވުނު ނޫސްވެރީންގެ ބައްދަލުވުމުގައި  ޑރ. އިބްރާހިމް އަފްޒަލް ވެސް ވަނީ ޑެލިވަރީގައި ހަރަކާތްތެރިިވާ މީހުންގެ ސިއްހީ ހާލަތު ކޮންމެ ދުވަހަކު ވަރަށް ގާތުން މޮނިޓާ ކުރުމަށް، އެމީހުންނަށް ޒިންމާވާ ފަރާތްތަކަށް އިލްތިމާސް ކުރައްވައިފައެވެ.

“ކޮންމެ ދުވަހަކު އެމީހުންގެ ސިއްހީ ހާލަތު ހުރީ ކިހިނެތްތޯ ބަލައި، ކިރިޔާވެސް އަލާމާތެއް ހުންނަ މީހެއް ވިއްޔާ ވަގުތުން އަޅުގަނޑުމެންނަށް އަންގަން ޖެހޭނެ،” އަފްޒަލް ވިދާޅުވިއެވެ

މަސްދަރު: ސަން

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ހުރިހާ ރަށެއްގައި މާސްކުއެޅުން މިހާރުވެސް މަޖުބޫރު: އެޗްޕީއޭ

ކޮވިޑް-19 އިން ރައްކާތެެރިވުމަށް އަޅާފައިވާ ފިޔަވަޅެއްގެ ގޮތުން ރާއްޖޭގެ ހުރިހާ ރަށެއްގައި މާސްކު އެޅުން މަޖުބޫރުކޮށް އެންގި އެންގުން ...

ރިޔާސީ އިންތިޚާބުގައި ވާދަނުކުރެއްވުމަށް ޑރ މުނައްވަރު ނިންމަވައިފި

މިއަހަރު ބާއްވާ ރިޔާސީ އިންތިޚާބުގައި އަމިއްލަގޮތުން ވާދަކުރާނެ ކަމަށް އިއުލާނު ކުރެއްވި ކުރީގެ ބަންޑާރަ ނައިބު ޑރ. މުހައްމަދު ...

އޯޓިޒަމަށް ހޭލުންތެރިކުރުމުގެ ދުވަސް ފާހަގަކޮށްފި

ބައިނަލްއަގުވާމީ ގޮތުން ފާހަގަކުރާ އޯޓިޒަމަށް ހޭލުންތެރިކުރުމުގެ ދުވަސް ރާއްޖޭގެ އެކި ހިސާބުތަކުގައި ފާހަގަކޮށްފިއެވެ. ކޮންމެ އަހަރަކުވެސް އޭޕްރިލް މަހުގެ ...