އެމެރިކާއާ ކުރިމަތިލުމުގައި ޕާކިސްތާނާއެކު ވާނަން- ޗައިނާ

އެމެރިކާގެ ބިރުދެއްކުންތަކާ ކުރިމަތިލުމުގައި ޕާކިސްތާނުގެ ފަހަތުގައި އޮންނާނެކަމުގެ ޔަޤީންކަން ޗައިނާއިން ދީފިއެވެ.

ޕާކިސްތާނުން ޓެރަރިޒަމަށް އެހީތެރިވާކަމަށް އަދި އެމެރިކާއަށް ދޮގާއި މަކަރު ހަދަމުން ގެންދާކަމަށް ތުހުމަތު ކުރައްވައި، އެމެރިކާއިން ޕާކިސްތާނަށް ދޭ އެހީތައް ކަނޑާލާނެކަމުގެ އިންޒާރު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދެއްވުމާ ގުޅިގެން އިސްލާމް އާބާދުގައި ހުންނަވާ ޗައިނާގެ ސަފީރު ޔައޯ ޖިންގް ވިދާޅުވީ، ޗައިނާއިން ޕާކިސްތާނާއެކު އަބަދުވެސް ދެމި އޮންނާނެކަމަށާއި، ޗައިނާއިން ޕާކިސްތާނަށް އިޙުތިރާމުކޮށް ޤަދަރުވެސް ކުރާކަމަށެވެ.

ޕާކިސްތާނުގައި ހުންނަވާ ޗައިނާގެ ސަފީރު ޔައޯ ޖިންގް އަންގާރަ ދުވަހުވަނީ ޕާކިސްތާނުގެ ޤައުމީ ސަލާމަތާބެހޭ އިދާރާގެ ވެރިޔާ ޖެނެރަލް ނާސިރު ޚާން ޖަންޖުއާއާ އިސްލާމްއާބާދުގައި ބައްދަލުކުރައްވާފައެވެ.

މީލާދީ އައު އަހަރު ފެށުމާއެކު ޓްރަމްޕް ކުރެއްވި ޓްވީޓާ ގުޅިގެން ޕާކިސްތާން ސަރުކާރުންވެސް ވަނީ އެމެރިކާއަށް ރައްދުދީފައެވެ.

އަދި ޓްރަމްޕްގެ ވާހަކަތަކަށް އިޙްތިޖާޖުކުރުމުގެ ގޮތުން އިސްލާމްއާބާދުގައި ހުންނަވާ އެމެރިކާގެ ސަފީރުވެސްވަނީ ޕާކިސްތާނުގެ ޚާރިޖީ ވުޒާރާއަށް ޙާޒިރުކޮށްފައެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ސިންގަޕޫރުންވެސް ޓެކްސް އަދި ޖީއެސްޓީ ބޮޑުކުރަން ނިންމައިފި

ސިންގަޕޫރުންވެސް ޓެކްސް އަދި ޖީއެސްޓީ ބޮޑުކުރަން ނިންމައިފި ސިންގަޕޫރުގައި މުދަލާއި ޚިދުމަތުން ނަގާ ޓެކްސް އަދި ޖީއެސްޓީ 7 ...

ދުނިޔެއަށް ބޮޑު ގެއްލުމެއް ލިބިފައިވޭ: އދ

ސްރީ ލަންކާގެ ވެރިރަށް ކޮލޮންބޯ ކައިރިން ރޯވެ ފެތިފައިވާ އާގުބޯޓުގެ ސަބަބުން ދުނިޔެއަށް ބޮޑު ގެއްލުމެއް ލިބިފައިވާކަމަށް އދން ...

އިންޑިޔާގައި ހޫނު ގަދަވެގެން 34 މީހުން މަރުވެއްޖެ

އިންޑިޔާގެ އުތުރުގެ ސަރަޙައްދުތަކުގައި އާދަޔާ ޚިލާފަށް ހޫނު ގަދަވެ މަރުވި މީހުންގެ ޢަދަދު 34 އަށް އަރައިފިއެވެ. ހޫނުގެ ...