ބޭރުގައި މާސްކު އަޅަން ނުޖެހޭ ގޮތަށް ސުޕެއިނުގައި ކަނޑައަޅައިފި

ބޭރުގައި މާސްކު އަޅަން ނުޖެހޭ ގޮތަށް ސުޕެއިނުގައި ކަނޑައަޅައިފިއެވެ.

ބޭރުގައި އުޅޭ އުޅުމުގައި މާސްކު އެޅުމަށް ސުޕެއިނުގައި މަޖުބޫރުކުރީ މީގެ އަހަރެއްހާ ދުވަސް ކުރިންނެވެ. އެ ޤައުމުގައި އަޅާފައިވާ ފިޔަވަޅުތަކަށް އެންމެ ފަހުން ދިން ލުއިތަކުގެ ދަށުން ބޭރުގެ މާހައުލުތަކުގައި މާސްކު އެޅުމަކީ މަޖުބޫރުކަމެއް ނޫނެވެ. ނަމަވެސް ގިނަ މީހުން އެއްވެ އުޅޭ ތަންތަނާއި އެތެރޭގެ މާހައުލުތަކުގައި އަދިވެސް މާސްކު އަޅަން ޖެހޭނެއެވެ. މާސްކު އެޅުމުގައި ލުއިތަކެއް ދިން ނަމަވެސް ގިނަ ޢަދަދެއްގެ މީހުން އަދިވެސް ބޭރަށް ނުކުންނަނީ މާސްކު އަޅައިގެންނެވެ.

ސުޕެއިނުގައި މިހާތަނަށް 3.7 މިލިޔަން މީހުންނަށް ކޯވިޑް-19 ޖެހި 80،779 މީހުންވަނީ މަރުވެފައެވެ. ފާއިތުވި 14 ދުވަހުގެ ތެރޭގައި އެ ޤައުމުގައި ބަލިޖެހިފައިވަނީ ކޮންމެ 100،000 މީހުންގެ ތެރެއިން 95 މީހުންނަށެވެ. މީގެ އެއް މަސް ދުވަސްކުރިން އެ ޢަދަދު ހުރީ 150ގައެވެ.

47 މިލިޔަން މީހުންގެ އާބާދީއެއް އޮންނަ ސުޕެއިނުގެ ގާތްގަނޑަކަށް ދެ ބައިކުޅަ އެއްބައި މީހުންވަނީ ކޯވިޑް-19ގެ ވެކްސިންގެ މަދުވެގެން އެއް ޑޯޒު ޖަހާފައެވެ.

މަސްދަރު: ޕީއެސްއެމް ނިއުސް

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ހުޅަނގު އައްސޭރީގައި 1،000 ހައުސިން ޔުނިޓް އަޅަން އިޒްރޭލް ސަރުކާރުން ނިންމައިފި

އިޒްރޭލްގެ ޔަހޫދީން ފަލަސްތީނުގައި ހިފާފައިވާ ބިންތަކުގައި ޔަހޫދީންނަށްޓަކައި އިތުރު ގެތައް އެޅުމަށް އިޒްރޭލްގެ ސަރުކާރުން ނިންމައިފިއެވެ. ބައިނަލްއަޤްވާމީ މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ...

އެމެރިކާގެ އިލެކްޓްރޯނިކް އުފެއްދުންތައް ތުރުކީން ބޯއިކެޓުކުރަނީ

އެމެރިކާގައި އުފައްދާ އިލެކްޓްރޯނިކް އުފެއްދުންތައް ބޯއިކޮޓް ކުރަން ތުރުކީން ނިންމައިފިއެވެ. ތުރުކީގެ ރައީސް އުރުދުޣާން ވިދާޅުވި އެމެރިކާއިން އުފައްދާ ...

ކޮވިޑް ވައިރަހުގެ މުޅިން އައު ވޭރިއެންޓެއް އިންޑިއާއިން އަނެއްކާވެސް ފެނިއްޖެ

ކޮވިޑް ވައިރަހުގެ މުޅިން އައު ވޭރިއެންޓެއް އިންޑިއާއިން ފެނިއްޖެކަމަށް އިންޑިއާގެ ކަމާބެހޭ އިދާރާތަކުން ހާމަކޮށްފިއެވެ. އަލަށް ފެނުނު ވޭރިއެންޓަށް ...