އަވަހާރަކޮށްލި ކުރީގެ ބޮޑުވަޒީރު ޝިންޒޯ އަބޭގެ ޕާރޓީއިން ޖަޕާނުގެ އިންތިޙާބު ކާމިޔާބު ކޮށްފި

ޖަޕާނުގައި ޖުލައި 10 ވަނަ ދުވަހު ބޭއްވުނު ހައުސް އޮފް ކައުންސިލާރސްގެ އިންތިޙާބު ޖަޕާނުގެ ވެރިކަން ކުރާ ޕާރޓީ ލިބަރަލް ޑިމޮކްރެޓިކް ޕާޓީ (އެލްޑީޕީ) ން ބޮޑު ތަފާތަކުން ކާމިޔާބު ކޮށްފިއެވެ.

އެލްޑީޕީން މިކާމިޔާބު ހޯދީ ޕާލިމެންޓުގައި ހިމެނޭ 248 ގޮނޑީގެ ތެރެއިން 125 ގޮނޑިއަށް މެމްބަރުން އިންތިޙާބު ކުރުމަށް ބޭއްވި އިންތިޙާބުގައިކަން ޖަޕަނީޒް ހައުސް އޮފް ކައުންސިލާރސް އިލެކްޝަން އިން ބުނެފަވެއެވެ.

މި އިންތިޙާބުގައި ވާދަކޮށްފަވަނީ 125 ގޮނޑިއަށެވެ. އަދި އެލްޑީޕީން ކާމިޔާބު ކޮށްފަވަނީ 63 ގޮނޑިއެވެ. ނަމަވެސް އެލްޑީޕީއާއިއެކު ކޯލިޝަން ހަދާފަވާ ކޮމޭޓޯއިން ކާމިޔާބު ކޮށްފަވަނީ 12 ގޮނޑިއެވެ. މިއާއިއެކު އިންތިޙާބުގައި އެލްޑީޕީގެ ކޯލިޝަނަށް 125 ގޮނޑި ތެރެއިން ޖުމްލަ 75 ގޮނޑިވަނީ ކާމިޔާބު ކުރެވިފައެވެ.

ޖަޕާނުގެ ޕާލަމެންޓް މެމްބަރުންގެ އަދަދަކީ 248 ކަމަށްވާއިރު މި އިންތިޙާބު ބާއްވަނީ ދެބަޔަކަށެވެ. އެގޮތުން ފުރަތަމަ ބާއްވަނީ 125 ގޮނޑީގެ އިންތިހާބެކެވެ. ދެވަނައަށް ބާއްވަނީ 123 ގޮނޑީގެ އިންތިޙާބެކެވެ.

އެލްޑީޕީއަށް އަށް ލިބިގެންދިޔަ އަޣުލަބިއްޔަތާއިއެކު ޖަޕާނުގެ ޤާނޫނު އަސާސީއަށް އިސްލާޙު ގެނައުމުގެ ފުރުޞަތު ވަނީ އެލްޑީޕީއަށް ލިބިފައެވެ.

މިކާމިޔާބާ ގުޅިގެން އެލްޑީޕީގެ ލީޑަރު އަދި ޖަޕާނުގެ ބޮޑުވަޒީފު ފޫމިޔޯ ކިޝީދާ ވިދާޅުވީ އެލްޑީޕީގެ ނުފޫޒުގަދަ ލީޑަރު އަދި ކުރީގެ ބޮޑުވަޒީރު ޝިންޒޯ އަބޭ އަވަހާރަ ކޮށްލިތާ ދެދުވަހުގެ ތެރޭގައި ބޭއްވި ބޮޑު އިންތިޙާބުން ކާމިޔާބު ލިބުމަކީ ފާހަގަކުރަންޖެހޭ ކަމެއްގެ ގޮތުގައެވެ.

މިއީ 2013 ވަނަ އަހަރަށް ފަހު އާއްމު އިންތިޙާބެއްގައި މިވަރުގެ ކާމިޔާބީއެއް އެލްޑީޕީއަށް ލިބުނު ފުރަތަމަ ފަހަރުކަން ކިޝީދާ ވަނީ ފާހަގަކުރައްވާފައެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

އީރާނުގެ ސްކޫލްތަކުގައި އިނގިރޭސި ބަސް ކިޔަވައިދިނުން މަނާކޮށްފި

އީރާނުގެ ޕްރައިމަރީ ސްކޫލްތަކުގައި އިނގިރޭސި ބަސް ކިޔަވައިދިނުން އެޤައުމުގެ ސަރުކާރުން މަނާކޮށްފިއެވެ. އީރާނުގެ ސްކޫލްތަކުގައި އިނގިރޭސި ބަސް ކިޔަވައިދިނުން ...

ކޮވިޑް 19 – ހަލުވިކަމާއެކު ފެތުރޭ ކޮވިޑުގެ އައު ވޭރިއަންޓެއް ސައުތް އެފްރިކާ އިން ފެނިއްޖެ

ހަލުވިކަމާއެކު ފެތުރޭ ކޮވިޑުގެ އައު ވޭރިއަންޓެއް ސައުތް އެފްރިކާ އިން ފެނިއްޖެ ކަމަށް ރިޕޯޓުތައް ބުނެފި އެވެ. ސައިންސްވެރިންނާ ...

އެމެރިކާ އާއި އިނގިރޭސިވިލާތް އަދި ފްރާންސް ގުޅިގެން ސީރިއާ އަށް ހަމަލާދޭން ފަށައިފި

އެމެރިކާ އާއި އިނގިރޭސިވިލާތް އަދި ފްރާންސް ގުޅިގެން ސީރިއާ އަށް ހަމަލާދޭން ފަށައިފި އެވެ. މި ހަމަލާތައް ދޭން ...