ސިންގަޕޫރުންވެސް ޓެކްސް އަދި ޖީއެސްޓީ ބޮޑުކުރަން ނިންމައިފި

ސިންގަޕޫރުންވެސް ޓެކްސް އަދި ޖީއެސްޓީ ބޮޑުކުރަން ނިންމައިފި

ސިންގަޕޫރުގައި މުދަލާއި ޚިދުމަތުން ނަގާ ޓެކްސް އަދި ޖީއެސްޓީ 7 އިންސައްތައިން 9 އިންސައްތައަށް ބޮޑުކުރަން އެޤައުމުން ނިންމައިފިއެވެ.

ސިންގަޕޫރަކީ މިސަރަހައްދުގައި އެންމެ ކުރިއަރާފައިވާ ޤައުމުތަކުގެ ތެރޭގައި ހިމެނޭ އެއްޤައުމެވެ. ސިންގަޕޫރުގައި ޖީއެސްޓީ ބޮޑުކުރަނީ ދެ މަރުހަލާއަކަށް ބަހާލައިގެންނެވެ. އެގޮތުން 2023 ވަނަ އަހަރުގެ 1 ޖެނުއަރީ އިން ފެށިގެން ޖީއެސްޓީ ބޮޑު ކުރަން ނިންމާފަވަނީ 7 އިންސައްތައިން 8 އިންސައްތައަށެވެ. އަދި 2024 ވަނަ އަހަރު 1 ޖެނުއަރީ އިން ފެށިގެން ޖީއެސްޓީ ބޮޑު ކުރަން ނިންމާފަވަނީ 8 އިންސައްތައިން 9 އިންސައްތަށެވެ.

ހޯމަ ދުވަހު ސިންގަޕޫރުން ބޭއްވި ޤާނޫނު ހަދާ މަޖިލީހުގެ ޖަލްސާގައި މަޖްލިސް މެމްބަރުންވަނީ ޖީއެސްޓީއަށް ގެންނަ ބަދަލާއި ގުޅޭ ގޮތުން ގިނަ ސުވާލުތައް އެޤައުމުގެ ފިނޭންސް މިނިސްޓަރ ލޯރެންސް ވޮންގްއާއި ކޮށްފައެވެ. ޖީއެސްޓީއަށް ގެންނަ ބަދަލަށް އަމަލު ކުރުން ލަސްކުރުމުގެ ވިސްނުން ސަރުކާރުން ގެންގުޅޭތޯވެސް ވަނީ ވޮންގާއި ސުވާލުކޮށްފައެވެ.

މިސުވާލުތަކަށް ޖަވާބުދެއްވަމުން ވޮންގް ވިދާޅުވީ ޖީއެސްޓީއަށް ގެންނަ ބަދަލަށް އަމަލުކުރުން ފަސްކުރުމުގެ ވިސްނުމެއް ނުގެންގުޅޭކަމާއި ޖީއެސްޓީއަށް ގެންނަ ބަދަލާއިއެކު އިޤްތިޞާދަށް ކޮށްފާނެ އަސަރުތަކަށް ސަރުކާރުން ތައްޔާރުވަމުންދާ ކަމަށެވެ. އަދި ޖީއެސްޓީ ނެގޭނެ ދާއިރާތަކާއި ނެގޭނެ ގޮތުގެ ކުޑަ ތަފްޞީލެއްވަނީ ދެއްވާފައެވެ.

ޖީއެސްޓީއަށް ގެންނަ ބަދަލުގެ އަސަރު ކުޑަކުރުމަށްޓަކައި ޙާއްސަ ފިޔަވަޅުތަކެއް އެޅުމަށް ސިންގަޕޫރުންވަނީ ނިންމާފައެވެ. ވުމާއިއެކު އާމްދަނީ މަދުން ލިބޭ ފަރާތްތަކާއި ރިޓަޔަރ ކޮށްފައިވާ ފަރާތްތަކަށް ދައުލަތުގެ “އެޝުއަރެންސް ޕެކޭޖު” ގެ ދަށުން އެހީތެރިކަން ފޯރުކޮށްދިނުން ހިމެނެއެވެ. މިއާއިއެކު ޖީއެސްޓީ އާއި އެހެން ބައެއް ޓެކްސްތައް ނަގަން ހަމަޖެހިފައިވާ ރޭޓަށްވެސް ބަދަލުތަކެއް ގެނައުމަށްވަނީ ހަމަޖެހިފައެވެ.

ސިންގަޕޫރުން ޖީއެސްޓީ އިތުރުކުރުމަށް ނިންމާފަވަނީ ކޯވިޑު 19 ހާލަތުން އަރައިގަތުމަށް މީހުން ބިނާކުރުމާއި ސިއްހީ ދާއިރާ ތަރައްޤީކުރުމާއި މުޖުތަމަޢު އާރާސްތުކުރުމަށް ސަރުކާރަށް އާމްދަނީ އިތުރުކުރުމަށެވެ.

މިއީ ޖީއެސްޓީ ބޮޑުކުރުމަށް އެންމެ އެކަށީގެންވާ ދަނޑިވަޅުކަމާއި މެދު ގިނަ ބަޔަކު ސުވާލު އުފައްދަމުން ދިޔަ ނަމަވެސް ފިނޭންސް މިނިސްޓަރ ވޮންގް ވިދާޅުވީ ޖީއެސްޓީ ބޮޑުކުރަން ނިންމި އިރު ގިނަ ކަންތައްތަކަށް ބަލާފައިވާ ކަމަށާއި އަގުތައް އުފުލިގެން ދިޔުން ފަދަ ކަންތައްތަކަށް ސަރުކާރުން ތައްޔާރުވަމުންދާ ކަމަށެވެ.

2018 ވަނަ އަހަރުގެ ބަޖެޓު އިފްތިތާޙް ކުރުމަށް އެޤައުމުގެ ކުރީގެ މާލީ ވަޒީރު ހެންގް ސްވީ ކީޓްދެއްވި ޚިތާބުގައި ޖީއެސްޓީއަށް ބަދަލުގެންނާނެކަމަށްވަނީ ވިދާޅުވެފައެވެ. ނަމަވެސް ކޯވިޑު 19 ގެ ހާދިސާގައި މިކަން ވަނީ ފަސްކުރެވިފައެވެ.

ސިންގަޕޫރެކޭ އެއްގޮތަށް ދިވެހިރާއްޖޭގައިވެސް މުދަލާއި ހިދުމަތުގެ އަގުން ރައްޔިތުންގެ އަތުން ނަގާ ޓެކްސް 6% އިން 8%އަށް ބޮޑުކުރަން ރައީސް ސޯލިހުގެ ސަރުކާރުން ވަނީ ނިންމާފައިއެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

އެމެރިކާގެ ރައީސް ބައިޑެން ކޮވިޑަށް ޕޮޒިޓިވްވެއްޖެ

އެމެރިކާގެ ރައީސް ޖޯ ބައިޑެން ކޮވިޑަށް ޕޮޒިޓިވްވެއްޖެއެވެ. ސީއެންއެންއިން ރިޕޯޓުކުރި ގޮތުގައި ވައިޓް ހައުސްގެ މީޑިއާއިން މިއަދު ވަނީ ...

ކާބޯތަކެތި އެކްސްޕޯޓް ކުރަން ރަޝިއާ އާއި ޔޫކްރޭނުން އެއްބަސްވުމެއްގައި ސޮއިކޮށްފި

ޔޫކްރޭންގައި އުފައްދާ ކާބޯތަކެތި ދުނިޔޭގެ އެހެން ގައުމުތަކަށް އެކްސްޕޯޓް ކުރުމާއި ގުޅޭ ކަންކަން ކުރިއަށް ގެންްދާނެ ގޮތަކާއިމެދު ރަޝިއާ ...

އައްޑޫގައި ދާއިމީކޮށް ޓީޓީ ކޯޗަކު ބަހައްޓައި އެކުޅިވަރު އާލާކުރަނީ

އައްޑޫސިޓީ ކައުންސިލާއި ޓޭބަލް ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސް އާ ދެމެދު އެމް.އޯ.ޔޫއެއްގައި އިއްޔެ ސޮއިކޮށްފިއެވެ. މިއެމް.އޯ.ޔޫގެ ދަށުން ...