އީރާނުގެ ސްކޫލްތަކުގައި އިނގިރޭސި ބަސް ކިޔަވައިދިނުން މަނާކޮށްފި

އީރާނުގެ ޕްރައިމަރީ ސްކޫލްތަކުގައި އިނގިރޭސި ބަސް ކިޔަވައިދިނުން އެޤައުމުގެ ސަރުކާރުން މަނާކޮށްފިއެވެ.

އީރާނުގެ ސްކޫލްތަކުގައި އިނގިރޭސި ބަސް ކިޔަވައިދިނުން މަނާކުރީ، އެކަމުގެ ސަބަބުން ހުޅަނގުގެ ސަޤާފަތާއި އާދަކާދަތައް އެޤައުމުގައި ފެތުރުމަށް ޖާގަ ލިބިގެންދާނެކަމަށް އެޤައުމުގެ ރޫހީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ ވިދާޅުވެފައިވަނިކޮށެވެ. ޚާމަނާއީ ވިދާޅުވީ، ޕްރައިމަރީ މަރުހަލާއަކީ ދަރިވަރުންނަށް އީރާނުގެ ސަޤާފަތުގެ ބިންގާ އެޅިގެންދާ މަރުހަލާކަމަށެވެ.

އީރާނުގެ ހަޔަރ އެޑިއުކޭޝަން ކައުންސިލުގެ ރައީސް ވިދާޅުވީ، ސަރުކާރު ސްކޫލްތަކުގެ އިތުރުން އަމިއްލަ ފަރާތްތަކުން ހިންގާ ސްކޫލްތަކުގެ ޕްރައިމަރީ ގްރޭޑްތަކުގައިވެސް އިނގިރޭސި ބަސް ކިޔަވައިދިނުމަކީ މަނާކަމެއްކަމަށެވެ.

އީރާނުގެ ސްކޫލްތަކުގައި ޢާއްމު ގޮތެއްގައި އިނގިރޭސި ބަސް ކިޔަވައިދޭން ފަށަނީ ދަރިވަރުންގެ އުމުރުން 12 އަހަރާއި 14 އަހަރާ ދެމެދުއެވެ. ބައެއް ދަރިވަރުން އިނގިރޭސިބަސް ދަސްކޮށްދޭ ޚާއްސަ ކްލާސްތަކަށްވެސް ދެއެވެ. ނަމަވެސް އީރާނުގެ ހަރުކަށި ދީނީ ލީޑަރުން އަބަދުވެސް މިކަމަށް ދެކޮޅު ހަދައެވެ.

ޕްރައިމަރީ ގްރޭޑްތަކުގައި އިނގިރޭސިބަސް ކިޔަވައިދިނުން މަނާކުރުމުން، ސޯޝަލް މީޑިއާގައި އީރާނުގެ ރައްޔިތުންގެ ދަނީ އެކަމަށް ފާޑުކިޔައި، ޖޯކު ޖަހަމުންނެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

އެމެރިކާގެ ރައީސް ބައިޑެން ކޮވިޑަށް ޕޮޒިޓިވްވެއްޖެ

އެމެރިކާގެ ރައީސް ޖޯ ބައިޑެން ކޮވިޑަށް ޕޮޒިޓިވްވެއްޖެއެވެ. ސީއެންއެންއިން ރިޕޯޓުކުރި ގޮތުގައި ވައިޓް ހައުސްގެ މީޑިއާއިން މިއަދު ވަނީ ...

އެމެރިކާގެ އިލެކްޓްރޯނިކް އުފެއްދުންތައް ތުރުކީން ބޯއިކެޓުކުރަނީ

އެމެރިކާގައި އުފައްދާ އިލެކްޓްރޯނިކް އުފެއްދުންތައް ބޯއިކޮޓް ކުރަން ތުރުކީން ނިންމައިފިއެވެ. ތުރުކީގެ ރައީސް އުރުދުޣާން ވިދާޅުވި އެމެރިކާއިން އުފައްދާ ...

ހަމަނުޖެހުންތައް ބޮޑުވެފައިވަނިކޮށް ގޮތަބަޔާ ޤައުމު ދޫކުރައްވައި ރާއްޖެއަށް

ސްރީލަންކާގައި ބޮޑެތި ހަމަނުޖެހުންތަކެއް ހިނގަމުންދަނިކޮށް އެ ޤައުމުގެ ރައީސް ގޮތަބަޔާ ރާޖަޕަކްސަ ޤައުމު ދޫކުރައްވައި، ރާއްޖެއަށް ވަޑައިގަންނަވާފައިވާކަމަށް އިތުބާރުހުރި ...