ޝަރަފުއްދީން ސްކޫލާއި ފޭދޫ ސްކޫލް ކަޓުވާލުމަށްފަހު އަތޮޅުމަދަރުސާ އަދި ހިތަދޫ ސްކޫލް ފައިނަލަށް

އައްޑޫސިޓީ  16 އަހަރުން ދަށުގެ އިންޓަރ ސްކޫލް ފުޓްބޯޅަ މުބާރާތުގައި މިއަދު ކުޅެވުނު ސެމީ ފައިނަލުގެ ފުރަތަމަ މެޗުގައި ޝަރަފުއްދީން ބަލިކޮށް އަތޮޅުމަދަރުސާ މުބާރާތުގެ ފައިނަލަށް ދަތުރުކުރިއިރު މިއަދު ކުޅެވުނު ސެމީފައިނަލްގެ ދެވަނަމެޗްގައި  ފޭދޫ ސްކޫލް ބަލިކޮށް ހިތަދޫސްކޫލްވެސް  ވަނީ ފައިނަލަށް ދަތުރުކޮށްފި އެވެ.

މިއަދު މެންދުރު ފަހު 14:30 ގައި ހިތަދޫ ސްޓޭޑިއަމް ގައި ކުޅެވުނު ފުރަތަމަ ސެމީގައި އަތޮޅުމަދަރުސާއިން ޝަރަފުއްދީންގެ  މައްޗަށް ކުރިހޯދީ 4 – 3 ގެ ނަތީޖާއަކުންނެވެ . މިމެޗުގައި އަތޮޅުމަދަރުސާޓީމުން ކާމިޔާބުކުރި 4 ލަނޑުގެ ތެރެއިން 3 ލަނޑު ކާމިޔާބުކޮށްދިނީ ހަސަން ޒާމިލުއެވެ. އެޓީމުގެ 4 ވަނަ ލަނޑު ކާމިޔާބުކޮށްދިނީ މުހައްމަދު ނާހިލްއެވެ. މިމެޗްގައި ޝަރަފުއްދީން ސްކޫލުން ކާމިޔާބުކުރި 3 ލަނޑުގެ ތެރެއިން 2 ލަނޑު ކާމިޔާބުކޮށްދިނީ ޒާދު މުހައްމަދު ޚާލިދެވެ. ޝަރަފުއްދީންގެ 3 ވަނަ ލަނޑު ކާމިޔާބުކޮށްދިނީ މުހައްމަދު ނަހުވާން އެވެ.

މިއަދު ހަވީރު ކުޅެވުނު ދެވަނަ ސެމީފައިނަލްގައި ހިތަދޫ ސްކޫލުން ފޭދޫ ސްކޫލްގެ މައްޗަށް ކުރިހޯދީ 2 ލަނޑު 1 ލަނޑުންނެވެ.  މިމެޗްގައި ހިތަދޫ ސްކޫލުން ކާމިޔާބުކުރި 2 ދެލަނޑުވެސް ކާމިޔާބުކޮށްދިނީ މުހައްމަދު އައިމަން ހަސަންއެވެ. ފޭދޫ ސްކޫލް ޓީމުން މިމެޗްގައި ކާމިޔާބުކުރި ހަމައެކަނި ލަނޑު ކާމިޔާބުކޮށްދިނީ ހަސަން އުލްވާން ރަޝީދެވެ. .

އަތޮޅުމަދަރުސާއާއި ހިތަދޫ ސްކޫލް ބައްދަލުކުރާ ފައިނަލްމެޗް އަންނަ އާދިއްތަ ދުވަހު އޮންނާނީ ހިތަދޫ ސްޓޭޑިއަމްގައެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

މިއީ ލިބުނު ކާމިޔާބީއެއް، ދެކުނުގެ ބޯޑަރު ކޯސްޓްގާރޑުން ބަލަހައްޓާނެ: ރައީސް

ރާއްޖޭގެ ދެކުނުން އިޤްތިޞާދީ ސަރަޙައްދު ކަނޑައެޅުމާ ގުޅިގެން، ރާއްޖޭގެ ދެކުނުގެ ބޯޑަރު ކޯސްޓްގާރޑުން ބަލަހައްޓަމުން ގެންދާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް ...

އާބާދީގެ 90 އިންސައްތަ ވެކްސިން ފުރިހަމަކޮށްފައިވާ ރަށްރަށް ދަތުރުކުރުމުގައި ލުއިތަކެއް

ވެކްސިން ޖަހަންޖެހޭ އާބާދީގެ ތެރެއިން 90 ޕަސެންޓް މީހުން ވެކްސިންގެ ދެ ޑޯޒު ފުރިހަމަކޮށްފައި ވާ ނަމަ އެ ...

ޕޮލެންޑް ބަލިކޮށް ފްރާންސް ކުއާޓާ ފައިނަލަށް

ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ  ގަދަ 16ގައި ޕޮލެންޑް އަތުން 3-1 އިން މޮޅުވެ، އެންމެ ފަހުގެ ...