ޕޮލެންޑް ބަލިކޮށް ފްރާންސް ކުއާޓާ ފައިނަލަށް

ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ  ގަދަ 16ގައި ޕޮލެންޑް އަތުން 3-1 އިން މޮޅުވެ، އެންމެ ފަހުގެ ޗެމްޕިއަން ފްރާންސް މުބާރާތުގެ ކުއާޓާ ފައިނަލަށް ދަތުރުކޮށްފިއެވެ.

މިމެޗްގައި ފްރާންސް އިން ކާމިޔާބުކުރި ފުރަތަމަ ލަނޑު  މެޗުގެ 44 ވަނަ މިނިޓުގައި ކާމިޔާބުކޮށްދިނީ ޖިރޫ އެވެ.  މިއީ ފްރާންސްގެ ގައުމީ ޓިމަށް ޖިރޫ ކާމިޔާބުކޮށްދިން 52 ވަނަ ލަނޑެވެ. އަދި މި ލަނޑާއެކު ޖިރޫ ވަނީ ފްރާންސްގެ ލެޖަންޑް ތިއޭރީ އޮންރީ ފަހަތަށް ޖައްސާލައި، ފްރާންސްގެ ގައުމީ ޓީމަށް އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިންގެ ލިސްޓުގެ އެއްވަނަ އަށް ޖެހިލައިފައެވެ.

މިމެޗުގެ ފްރާންސްއިން ކާމިޔާބުކުރި ދެވަނަ ލަނޑަކީ މެޗުގެ 74 ވަނަ މިނިޓުގައި އެމްބާޕޭ ކާމިޔާބުކޮށްދިން ލަނޑެކެވެ.  އެމްބާޕޭގެ މިލަނޑު ކާމިޔާބުކޮށްފައިވަނީ   ކައުންޓާ އެޓޭކެއްގައި ފްރާންސް އިން ތަނަވަސްކުރި ފުރުސަތެއްގައި، ޑެމްބެލޭ ދިން ޕާސް ޕެނަލްޓީ އޭރިޔާ ތެރެއިން ކޮންޓުރޯލްކޮށްލުމަށް ފަހު، ކާމިޔާބުކޮށްދިން ލަނޑެކެވެ.

އަދި މެޗުގެ އިތުރު ވަގުތުގައި ޕެނަލްޓީ އޭރިޔާ ތެރެއިން ބޯޅަ ހޯދުމަށް ފަހު، ގޯލުގެ ދުރު ކަނަށް ބޯޅަ ވައްދާލައިގެން އެމްބާޕޭ ވަނީ ފްރާންސްގެ ތިން ވަނަ ލަނޑު ކާމިޔާބުކޮށްފައެވެ. މިއީ މި އަހަރުގެ ވޯލްޑް ކަޕްގައި އެމްބާޕޭ ޖެހި ފަސް ވަނަ ލަނޑެވެ.

މެޗުގެ އިތުރު ވަގުތުގައި ލިބުނު ޕެނަލްޓީއަކުން، ޕޮލެންޑަށް ސުން ކަނޑުވާލަދިނީ އެ ޓީމުގެ ކެޕްޓަން ރޮބަޓް ލެވަންޑޮވްސްކީއެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ކުޅިވަރާބެހޭ ވަޒީރު މަހުލޫފާއި އޭއެފްސީގެ ރައީސް ބައްދަލު ކުރައްވަނީ

އޭޝިއަން ފުޓްބޯލް ކޮންފެޑެރޭޝަން (އޭއެފްސީ) ދައުވަތަކަށް ރާއްޖޭގެ ކުޅިވަރާ ބެހޭ ވަޒީރު އަހުމަދު މަހުލޫފު އޭއެފްސީގެ ރައީސް ބަހުރޭނުގެ ...

ޖޯލިއަންސް މިކްސް ވޮލީބޯޅަ މުބާރާތް: ފުރަތަމަމެޗް ކާމިޔާބުކުރީ ޓީމް ލިޓަސް ދެވަނަމެޗް ކާމިޔާބުކުރީ ޓީމް ގަރާޖް

Advertisement އައްޑޫސިޓީ ފޭދޫގައި “ޖޯލިއަންސް މިކްސް ވޮލީ މުބާރާތް ”  ނަމުގައި މިކްސް ވޮލީބޯޅަ މުބާރާތެއް ފަށައިފިއެވެ. ފޭދޫގެ ...

ޕެނަލްޓީ ޖަހައިގެން ފޭދޫ ސްކޫލް ބަލިކޮށް އަތޮޅުމަދަރުސާ ފައިނަލަށް

ޕެނަލްޓީ ޖަހައިގެން ފޭދޫ ސްކޫލް ބަލިކޮށް ހިތަދޫގައި ކުޅެވެމުންދާ ވޭންއޫދު 15 އަހަރުން ދަށުގެ އެފްއޭއެމް އިންޓަރ ސްކޫލް ...