އިންޓަރނޭޝަނަލް ޓީޗަރސް ކޮންފަރެންސް ކުޅުދުއްފުށި ސިޓީގައި ބާއްވަން ނިންމައިފި

އިންޓަރނޭޝަނަލް ޓީޗަރސް ކޮންފަރެންސް މިއަހަރު ކުޅުދުއްފުށި ސިޓީގައި ބާއްވަން ނިންމައިފިއެވެ.

ނެޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަން، އެން.އައި.އީން ކޮންމެ 2 އަހަރުން އެއް އަހަރު ބާއްވާ މި ކޮންފަރެންސަކީ ޓީޗަރުންނަށް އަމާޒުކޮށްގެން ރާއްޖޭގައި ބާއްވާ މިފަދަ އެންމެ ބޮޑު ކޮންފަރެންސެވެ. މިއީ މިކޮންފަރެންސް ބާއްވާ 6 ވަނަ ފަހަރެވެ. މިފަހަރުގެ ކޮންފަރެންސް ބޭއްވުމަށް ހަމަޖެހިފައިވަނީ އޮކްޓޫބަރު މަހުގެ 9 އިން 10 ވަނަ ދުވަހަށް ކުޅުދުއްފުށީ ސިޓީގައެވެ. މިފަހަރުގެ ކޮންފަރެންސްގެ ތީމަކީ މިހާރުގެ ތަޢުލީމީ ދާއިރާ އޮތްގޮތާއި ކުރިއަށްއޮތް ތަނުގައި ތަޢުލީމް ފޯރުކޮށްދިނުމަށް ކުރާނެ މަސައްކަތް ނުވަތަ ”ކަރަންޓް ޕަރސްޕެކްޓިވްސް އެންޑް ފިއުޗަރ ޑިރެކްޝަންސް“ އެވެ.

ޓީޗަރސް ކޮންފަރެންސަށް ވަމުންދާ ތައްޔާރީތަކާއި ގުޅޭގޮތުން އެން.އައި.އީގެ ޑިރެކްޓަރ ޖެނެރަލް އަޙްމަދު ޝަކީބް ވިދާޅުވީ ކޮންމެ 2 އަހަރުން އެއް އަހަރު މިކޮންފަރެންސް ބާއްވަމުން އަންނައިރު މިދިޔަ އަހަރު މި ކޮންފަރެންސް ނުބޭއްވުނީ ކޯވިޑްގެ ސަބަބަކުންކަމަށެވެ.

އެން.އައި.އީގެ ސީނިއަރ ކަރިކިއުލަމް އެނަލިސްޓް ޝުހުދާ ރިޒްވާން ވިދާޅުވީ، މިފަހަރުގެ ކޮންފަރެންސް މައިގަނޑު ގޮތެއްގައި އަމާޒުކޮށްފައިވަނީ މިހާރުގެ ތަޢުލީމީ ދާއިރާ އޮތްގޮތާއި ކުރިއަށްއޮތް ތަނުގައި ތަޢުލީމް ފޯރުކޮށްދިނުމަށް ކުރާނެ މަސައްކަތްތަކަށްކަމަށެވެ. ޝުހުދާ ވިދާޅުވީ މިއަހަރުގެ ކޮންފަރެންސްގައިވެސް ދިރާސީ ކަރުދާސްތައް ހުށައެޅުމުގެ ފުރުޞަތު އޮންނާނެކަމަށެވެ.

މިއަހަރުގެ ކޮންފަރެންސްގައި ކަރުދާސް ހުށައެޅުމުގެ ކުރިން ހުށައަޅަންޖެހޭ އެބްސްޓްރެކްޓް ހުށައެޅުމުގެ އެންމެ ފަހުގެ ތާރީޚަކީ އޯގަސްޓްމަހުގެ 7 ވަނަ ދުވަހެވެ. އަދި އެބްސްޓްރެކްޓްތައް ބެލުމަށްފަހު ކަރުދާސްތައް ހުށައަޅަންޖެހޭ އެންމެ ފަހުގެ ތާރީޚަކީ ސެޕްޓެމްބަރު މަހުގެ 15 ވަނަ ދުވަހެވެ. އެންއައިއީ އިން ވިދާޅުވީ މި ކޮންފަރެންސްގައި ބައިވެރިވުމަށް އޯގަސްޓްމަހުގެ 18 ވަނަ ދުވަހު ހުޅުވާލާނެކަމަށެވެ.

6 ވަނަ އިންޓަރނޭޝަނަލް ޓީޗާރސް ކޮންފަރެންސްގައި ރާއްޖޭގައި ތިބި މިދާއިރާގެ ތަޖުރިބާ ކާރުންނާއި ބޭރުގެ ތަޖުރިބާކާރުން ކީ ނޯޓް ސްޕީކަރުންގެ ގޮތުގައި ބައިވެރިވާނެ ކަމަށް އެންއައިއީ އިން ވިދާޅުވެއެވެ. އަދި މިކޮންފަރެންސްގައި 250 އަށްވުރެ ގިނަ ނޫން އަދަދަކަށް މީހުން ބައިވެރިކުރާ ގޮތަށް ވަނީ ހަމަޖެހިފައެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

އިޓަލީގައި ދިރިއުޅެމުންދިއަ ދިވެހި ފިރިހެނެއް އަނިޔާވެރިގޮތަކަށް މަރާލައިފި

އިޓަލީވިލާތުގެ އަންހެނަކާ ކައިވެނިކޮށްގެން އެ ގައުމުގައި ދިރިއުޅެމުންދިއަ ދިވެހި ފިރިހެނެއް އަނިޔާވެރިގޮތަކަށް މަރާލައިފިއެވެ. އެ ގައުމުގައި މަރާލާފައިވަނީ ހދ.ނޮޅިވަރަންފަރު، ...

ސްލޮވާކިއާ ބަލިކޮށް ދެވަަނަ ބުރަށް ދިއުމުގެ ފުރުސަތު ސްވިޑެން ތަނަވަސްކޮށްފި

ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ސްލޮވާކިއާ ބަލިކޮށް ދެވަަނަ ބުރަށް ދިއުމުގެ ފުރުސަތު ސްވިޑެން ތަނަވަސްކޮށްފިއެވެ. މިރޭ ސްލޮވާކިއާ އާއި ...