އަންހެން ލީޑަރުން އުފެއްދުމަށް އެދެވޭ މަސައްކަތްތަކެއް ނުކުރެވޭ- ރޮޒެއިނާ

advertisement

އެމްޑީޕީން އަންހެން ލީޑަރުން އުފެއްދުމަށް އެދެވޭ މަސައްކަތެއް މިހާތަނަށް ކުރެވިފައިނުވާކަމަށާ އަންހެނުންނަކީ  ރޯދަމަހު ތަރާވީހަށް ހެދިކާ ހެދުމާއި އީދުދުވަހު ޕާޓީ ބާއްވަން ތިބޭ ބަޔަކަށް ވެގެންނުވާނެކަމަށް މީދޫ ދާއިރާގެ އެމްޑީޕީ މެމްބަރު ރޮޒެއިނާ އާދަމް ވިދާޅުވެއްޖެއެވެ.

ސަންގު ޓީވީގެ “ޚަބަރަށްފަހު” ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން ރޮޒެއިނާ ވިދާޅުވީ 13 އަހަރުދުވަސް ވަންދެން ޕާޓީގައި އަންހެނުންގެ ރޫހެއް އޮތްއިރު އަންހެން ލީޑަރުން އުފެއްދުމަށް ކުރެވުނު މާބޮޑެތި މަސައްކަތެއް ނެތް ކަމަށެވެ. އަދި އެކަން އޮތީ ވަރަށް ދަށްކޮށް ކަމަށް ރޮޒެއިނާ ވިދާޅުވިއެވެ. ރޮޒެއިނާ ވިދާޅުވީ ދުނިޔޭގެ ސިޔާސީ ޕާޓީ ތަކުގައި އަންހެނުންގެ ރޫހު ނުވަތަ އަންހެނުންގެ ގޮތްޕެއް އޮންނާތީ، އެއުސޫލުން އެމްޑީޕީގައި ވެސް އަދި އެހެން ޕާޓީތަކުގައި ވެސް އަންހެނުންގެ ރޫހެއް އޮތީ ކަމަށެވެ. ސިޔާސީ ޕާޓީތަކުގެ ހުރިހާ އަންހެން ގޮފިތައް ހިނގަނީ ދާދި އެއްގޮތަކަށް ކަމަށްވެސް ވިދާޅުވެ ވާހަކަފުޅު ދައްކަވަމުން ރޮޒެއިނާ ވިދާޅުވީ އަންހެނުންނަކީ  ރޯދަމަހު ތަރާވީހަށް ހެދިކާ ހެދުމާއި އީދުދުވަހު ޕާޓީ ބާއްވަން ތިބޭ ބަޔަކަށް ވެގެންނުވާނެކަމަށެވެ.   

އާންމުގޮތެއްގައި ސިޔާސީ ޕާޓީ ތަކުގެ އިސްވެރިންގެ ގޮތުގައި ފިރިހެން ބޭފުޅުން ތިއްބަވާއިރު އެބޭފުޅުންނަށް އަންހެނުންގެ ރޫހަކީ މާ މުހިއްމު އެއްޗަކަށް ނުވާކަމަށް ރޮޒެއިނާ ވިދާޅުވިއެވެ. ޕާޓީ ތެރޭގައި އަންހެނުންގެ ރޫހާއި ލީޑަރޝިޕްގެ ގުޅުން ރަނގަޅު ނޫންކަން ފާހަގަކުރައްވާ އެކަމަށް ގޮންޖެހުންތަކެއް ހުރިކަމަށްވެސް ރޮޒެއިނާ ވިދާޅުވިއެވެ

އެގޮތުން އެމްޑީޕީގެ ފަރާތުން ގާނޫން އަސާސީއަށް ބަދަލު ގެނެސްގެން 33 އިންސައްތަ އަންހެނުން ކައުންސިލްތަކުގައި ހިމަނައި، ލޯކަލް ކައުންސިލް އިންތިހާބުގައި ހޮވުނު އަންހެން މެމްބަރުންނާއި އަންހެނުންގެ ރޫހާއި އެއްވެސް ގުޅުމެއް ނެތްކަން ރޮޒެއިނާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. އަންހެނުންގެ ރޫހުގެ ފަރާތުން ރަށްރަށުގައިތިބި އަންހެން ކައުންސިލަރުންނާއި މިހާތަނަށް ގުޅާލެވިފައި ނެތްކަމަށާއި އެހެންކަމުން އަންހެނުންގެ ރޫހުގެ އަމާޒާއި މިސްރާބު މިވަގުތު އެންމެ ރަނގަޅު ނޫންކަމަށް ރޮޒެއިނާ ވިދާޅުވިއެވެ. ޕާޓީ ތެރޭގައި އަންހެނުން ބާރުވެރި ކުރުވުމުގެ މުހިންމުކަމަށް ފާހަގަކޮށް އެކަމަށް އަލިއަޅުއްވާލައްވާ ވާހަކަ ފުޅުދައްކަވަމުން ރޮޒެއިނާ ވިދާޅުވީ އަންހެނުންގެ ރޫހުގެ ރައީސް ކަމުގެ މަގާމަށް ކުރިމަތިލީ އަންހެން ލީޑަރުން އުފައްދައި ސިޔާސީ ގޮތުން އަންހެނުން ބާރުވެރިކުރުމަށް މަސައްކަތްތަކެއް ކުރެއްވުމުގެ ބޭނުމުގައިކަމަށެވެ. އަދި މަގާމަށް އިންތިހާބުވެއްޖެނަމަ މަސައްކަތްކުރާނީ ޕާޓީގެ ލީޑަރޝިޕާއި އަންހެނުންގެ ރޫހާއި އޮންނަ ގުޅުން ރަނގަޅުކޮށް ރަށްރަށުގައި ތިބި ޕާޓީގެ ލީޑަރުންނާއި ޕާޓީގެ ޓޮޕް ލީޑަރޝިޕާއި ގުޅުން ބަދަހި ކުރުމަށްކަމަށް ރޮޒެއިނާ ވިދާޅުވިއެވެ.

މަސްދަރު: ސަންގު

advertisement
  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

މަޖިލީހުގެ އިންތިޚާބީ ދާއިރާތައް ކަނޑައެޅިގޮތަށް ބައެއް ބަދަލުތައް ގެންނަނީ

ންނަ އަހަރު އޮންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް، އިންތިޚާބީ ދާއިރާތަކަށް އާބާދީ ކަނޑައަޅާފައިވާ ގޮތަށް ބައެއް ބަދަލުތައް ގެނައުމަށް ...

އައްޑޫ މޮނިޓަރިންއިން ނަގައި ދިނުމަށް އެޗުޕީއޭއަށް ދަންނަވައިފި

މޮނިޓަރިން ހާލަތުން އައްޑޫސިޓީ ނަގައިދިނުމަށް އެދި އައްޑޫސިޓީ ކައުންސިލުން އެޗުޕީއޭގައި އެދިވަޑައިގެންފިއެވެ. އެހެނަސް އެކަމާބެހޭ ގޮތުން އެޗުޕީއޭ އިން ...

ކުނިކޮށިން އަރަމުންދާ ބޯ ދުންތައް ރަށުގެ ބޮޑު ބަޔަކަށް ފެތުރި، އުނދަގޫތަކެއް  

ހުޅުމީދޫ ކުނިކޮށީގައިހުރި ކުނިތައް  ނައްތާލުމަށް އަލިފާން ޖެހުމުގެ  ސަބަބުން ރަށުތެރެއަށް  ދުމުގެ އަސަރުކޮށް ބޮޑެތި އުނދަގޫތަކާ ދަނީ ކުރިމަތިވަމުންނެވެ. ...